Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނބާ އައިސާ ރަނިކިލެގެފާނު

ބާރަށުގައި ހުންނަ ކަނބާ އައިސާ ރަނިކިލެގެފާނުގެ މަޤްބަރާ ހިމާޔަތްކޮށް ފަތުރުވެރިންނަށް ދައްކާލަނީ

މަޤްބަރާ މިހާރު ހުންނަނީ މަގުމަތީގައި ދުއްވާތަކެތި ދުއްވާ ހާމަ މަގެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 09:56
ހއ. ބާރަށުގައި ހުންނަ ކަނބާ އައިސާ ރަނިކިލެގެފާނު މަޤްބަރާ

ހއ. ބާރަށުގައި ހުންނަ ކަނބާ އައިސާ ރަނިކިލެގެފާނު މަޤްބަރާ

ހއ. ބާރަށުގައި ހުންނަ ކަނބާ އައިސާ ރަނިކިލެގެފާނުގެ މަޤްބަރާ ހިމާޔަތްކޮށް، ސަޤާފީ ފަތުރުވެރިކަމުގެ ތެރެއިން ފަތުރުވެރިންނަށް ދައްކާލެވޭނެފަދަ "ޓޫރިސްޓް ސްޕޮޓް" އަކަށް އެތަން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކަނބާ އައިސާ ރަނިކިލެގެފާނުގެ މަޤްބަރާ މިހާރު ހުންނަނީ މަގުމަތީގައި ދުއްވާތަކެތި ދުއްވާ ހާމަ މަގެއްގައެވެ. އެހެންވުމުގެ ސަބަބުން އެ މަޤްބަރާ ތާރީޚީ ގޮތުން ރައްކާތެރިކޮށް، އެތަނަކީ ފަތުރުވެރިންނަށް ވެސް ޝައުޤުވެރިވާނެ ފަދަ ތަނަކަށް ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބު ހެރިޓޭޖް މިނިސްޓްރީގެ ޓީމަކުން އައިސް އެ ސަރަޙައްދު ބަލައި، އެކަމާ ގުޅޭ މަޝްވަރާތައް ކައުންސިލާއެކު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޕްރޮކިއުމަންޓު އުސޫލުން 35،000ށް ވުރެ އަގުދަށް މަސައްކަތްތައް ބިޑު ކުރުމަކާ ނުލައި ކުރެވޭ އުސޫލުން "އަގު ބަލާ" ފޯމު ހުށައެޅުމަށް ހުޅުވާލައި، އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކާ މަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެތަން ރައްކާތެރިކޮށް މަޤްބަރާ ފާހަގަވާނޭހެން އެ ސަރަޙައްދު ތަރައްޤީ ކުރުމަށް ބޭނުންވާ ޑިޒައިން މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު މިނިސްޓްރީގެ ބަޖެޓުން މި މަސައްކަތް ކުރެވޭނެކަން އަންގަފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކަނބާ އައިސާ ރަނިކިލެގެފާނަކީ ޢަލީ ރަސްގެފާނުގެ އަނބިކަނބަލުންނެވެ.

އޭގެ އިތުރުން، ކަޅުއޮއްފުންމި ބަނުމަށްޓަކައި ބާރަށުގައި ހަދާފައިވާ ހަރުގެ އަލުން މަރާމާތުކޮށް، ސަޤާފީ ތަރިކައެއްގެ ގޮތުގައި އެތަން ރައްކާތެރި ކުރުމަށްފަހު، އުތީމުގައި މިހާރު އޮތް ކަޅުއޮއްފުންމި ވެސް އެ ހަރުގެއަށް ގެނެސް، ސަޤާފީ ފަތުރުވެރިކަމަށް ބޭނުން ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. މި މަސައްކަތް އަންނަ އަހަރު ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އޮނިގަނޑެއް މިހާރު އެކުލަވާލަމުން ގެންދަވާކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ސަގާފީ ފަތުރުވެރިކަމަކީ އިޤްތިޞާދީ މުހިއްމު ވަސީލަތެއް ކަމަށާއި، ސަގާފީ ފަތުރުވެރިކަން އާލާކުރުމަށް ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ސަގާފި ތަރިކަ އަކީ ފަތުރުވެރިކަން ވިއްކުމުގައި ދުނިިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ގެންގުޅޭ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ.

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސަގާފަތާއި ތަރިކާ އަކީ ނަތީޖާ ރަނގަޅު ކަމެއް ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ސަބަބަށްޓަކައި ތަރިކަ ރައްކާތެރިކުރަން ޖެހޭނީ އާމްދަނީ ލިބޭ ވަސީލަތެއް ކަމަށް ދެކިގެން ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން އަންނަ ލޮޅުންތަކުން އަރައިގަންނަން އެކަމަށް އިސްކަން ދިނުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު