Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާއަށް ހަމަޖެހުމެއް

ތާވަލުގެ ފަސްވަނައިގައި ޔުނައިޓެޑް އޮތީ 17 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 20:57
ޓޮޓެންހަމާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ

ޓޮޓެންހަމާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާއަށް ހަމަޖެހުމެއް ލިބިއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި މިދިޔަ ހަފުތާގައި ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިއީ ޔުނައިޓެޑުގެ ތާރީޚުގައި ލިވަޕޫލް އަތުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ.

އެއާއެކު ޔުނައިޓެޑުގެ ކޯޗުގެ މަގާމުން ސޯލްޝޭއާ ވަކިކުރާނެ ކަމަށް ބެލުވުނު ނަމަވެސް، ޔުނައިޓެޑުގެ ބޯޑުން ވަނީ ސޯލްޝެއާއަށް އިތުރު ފުރުސަތެއް ދީފައެވެ. އަދި އެ ކަމަށް ޔުނައިޓެޑުގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަންވެސް އެއްބަސްވި ކަމަށް ރިޕޯޓުކުރެވުނެވެ.

އެއާއެކު ސޯލްޝެއާއަށް ޔުނައިޓެޑް މެޗު މުހިންމުވިއިރު، މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑު ނެގިއިރު، ބްރޫނޯ ފެނާންޑޭސް ހުރަސްކޮށްދިން ބޯޅައަކުން މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އަދި މެޗުގެ 64 ވަނަ މިނެޓުގައި ރޮނާލްޑޯ ދިން ޕާހަކުން އެޑިންސަން ކަވާނީ ވަނީ ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރި މާކަސް ރެޝްފޯޑެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ އަށްވަނައިގައި 10 މެޗުން 15 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު