Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލައިފް ޖެކެޓު އެޅުމުގެ ގަވާއިދު

ލައިފް ޖެކެޓް ގަވާއިދަށް އޭޖީގެ ލަފާ ހޯދައިފި، މިހާރު ކުރިއަށްދަނީ ގެޒެޓު ކުރުމުގެ ފަހު މަރުހަލާ

30 އޮކްޓޯބަރު 2021 | ހޮނިހިރު 07:01

ސްޓޭކް ހޯލްޑަރުންގެ ލަފައެއް ހޯދުމަށް ފޮނުވާފައިވަނީ 17 އޮކްޓޯބަރުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޮކްޓޯބަރު 2021 | ހޮނިހިރު 07:01
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް- މޫސުން ގޯސް ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް- މޫސުން ގޯސް ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ

އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އެޅުމާއި ގުޅޭ އުސޫލު ހިމަނައި، އެކަންކަން ނުކޮށްފިނަމަ އަންނާނެ އަދަބުތައް ހިމަނައިގެން އެކުލަވާލާފައިވާ ލައިފް ޖެކެޓު ގަވާއިދަށް ބަންޑާރަނާއިބުގެ ލަފާ ހޯދައިފިއެވެ.

މި ގަވާއިދަކީ ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީގެ ލަފަޔާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ. އެގޮތުން މި ގަވާއިދަށް ސްޓޭކް ހޯލްޑަރުންގެ ލަފައެއް ހޯދުމަށް ފޮނުވާފައިވަނީ 17 އޮކްޓޯބަރު ވީ އާދިއްތަ ދުވަހުއެވެ. އޭރު ސްޓޭކް ހޯލްޑަރުންނަށް ވަނީ ލަފާ ފޮނުވުމަށް ހަފުތާއެއްގެ މުއްދަތެއް ދީފައެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ ކަންކަމާ ގުޅޭ ސްޓޭކް ހޯލްޑަރުންގެ ތެރޭގައި ކޯސްޓްގާރޑާއި، މެރިން ޕޮލިސް، އެމްޕީއެލް އަދި ސެންޓަރ ފޯރ މެރިޓައިމް ކޯޑިނޭޝަން ހިމެނެއެވެ. 

އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފާ ހޯއްދެވުމަށްފަހު މި ގަވާއިދާ ގުޅޭގޮތުން އޭޖީ އޮފީހުގެ ލަފާވެސް މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގަވާއިދު ގެޒެޓު ކުރުމުގެ ފަހު މަރުޙަލާކަންވެސް ހަމަދު ފާހަގަ ކުރެއްވިއެވެ.

ސްޓޭކް ހޯލްޑަރުންގެ ކޮމެންޓު ލިބުމުން، ފައިނަލް ޑްރާފްޓް ބަންޑާރަނާއިބުގެ އޮފީހަށް ފޮނުވައި، ލަފާ ހޯދުމަށްފަހު، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގަވާއިދު ގެޒެޓު ކުރާނެކަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދެއްގެ ފަސިންޖަރުންނާއި ފަޅުވެރިން ލައިފް ޖެކެޓް އަޅަން މަޖުބޫރުކޮށް، އެކަންކަން ނުކޮށްފިނަމަ އަންނާނެ އަދަބުތައް މި ގަވާއިދުގައި ހިމެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީން ވަނީ އެ ކޮމިޓީން އެކުލަވާލި ވާރކިން ގްރޫޕުގައި މަޝްވަރާކޮށް އެކުލަވާލެވުނު ގަވާއިދަށް އަމަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމުގައި އިއުތިރާޒެއް ނެތްކަމަށް ޓްރާންސްޕޯޓު އޮތޯރިޓީއަށް މީގެ ކުރިން ވެސް އަންގާފައެވެ. އެގޮތުން ގަވާއިދު ހެދުމުގެ ބާރު ދީފައި އޮންނަނީ ޓްރާންސްޕޯޓު އޮތޯރިޓީއަށް ނަމަވެސް، ބައެއް އިދާރީ މައްސަލަތަކުގެ ސަބަބުން ގަވާއިދު ގެޒެޓު ކުރުން ފަސްވެގެން ދިޔައީއެވެ.

މިފަހުން ކަނޑުމަތީގެ ހާދިސާތައް އިތުރުވެގެން ދިއުމާއެކު، ލައިފް ޖެކެޓު ގަވާއިދުގެ ވާހަކަތައްވެސް ފެންމަތިވެގެން ދިޔައެވެ. އެގޮތުން މޫސުން އިންތިހާއަށް ގޯސްވެ، ދަތުރުފަތުރުގެ ސަމާލުތައް ނެރެފައި އޮއްވައި ކަނޑުމައްޗަށް ނުކުތް ލޯންޗެއްގައި ތިބި ބަޔަކު ކަނޑަށް ވެއްޓުނު ޙާދިސާގައި 33 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ތުއްތު ދަރިފުޅު އަދިވެސް ނުފެނެއެވެ. އެއީ އުމުރުން އެންމެ 4 އަހަރުގެ ކުއްޖެކެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
09 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ

09 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ހޯމަ ދުވަހު ޖަލްސާ ބާއްވަނީ
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް