Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލޯޓިންގ ސޯލާ ޓެކްނޮލޮޖީ ތައާރަފްކުރުން

ބިން ނެތުމުން، ފްލޯޓިންގ ސޯލާ ޓެކްނޮލޮޖީ ގާއިމްކުރަނީ!

އޭޑީބީގެ އެހީތެރިކަމާއެކު މުޅި ރާއްޖޭގެ ބޮޑު އިންސައްތައަކަށް ސޯލަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޮކްޓޯބަރު 2021 | ހުކުރު 03:09
ފްލޯޓިން ސޯލަރ،

ފްލޯޓިން ސޯލަރ،

ބިން ނެތުމުން ފްލޯޓިންގ ސޯލާ ޓެކްނޮލޮޖީ ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކަރަންޓު އުފެއްދުމަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ފޯރުކޮށްދޭ ނިޒާމުތައް ގާއިމުކުރުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިމަސައްކަތްތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު ވެސް ހަކަތަ ދާއިރާ ކުރިއެރުވުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވި، ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް ރާއްޖެއިން އަމާޒު ހިފާފައިވާތީ އެ ޓާގެޓަށް ދިއުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު އިންސްޓޯލް ކެޕޭސިޓީއަށް ބަލާއިރު ޕީކްގެ ވަގުތު އިޔާދަކުރަނިވި ހަކަތަ (ރިނިއުބަލް ސޯސް) ދެވެނީ ގާތްގަނޑަކަށް 12 އިންސައްތަކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، (އޭޑީބީ)ގެ އެހީތެރިކަމާއެކު މުޅި ރާއްޖޭގެ ބޮޑު އިންސައްތައަކަށް ސޯލަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ބެޓްރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ރަށްރަށުގައި ގާއިމް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް އައްޑޫ ސިޓީގައި އެއް މެގަވޯޓުގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ގާއިމް ކުރެވި ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝައުނާ ވިދާޅުވީ ސޯލާ އިންސްޓޯލް ކުރާއިރުގައި ބިން ބޭނުންވާ ކަމަށާއި، ރާއްޖޭގެ ގިނަ ރަށްރަށުގައި އެކަންކަން ކުރެވޭނެ ބިން ނެތް ކަމަށެވެ. އެހެންކަމުން ފްލޯޓިންގ ސޯލާ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. އަދި އައްޑޫގައި 10 މެގަވޯޓުގެ ފްލޯޓިން ސޯލަރ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށެވެ. އެހެންކަމުން ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ އެންމެ ފައިދާހުރިގޮތަކީ ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ބޭނުންކުރުމެވެ. އެގޮތުން އެފަދަ ގޮތްތައް ހޯދާ ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތަކަށްވާއިރު، ވަޔާއި، ކަނޑުގައި އުފެދޭ ރާޅާއި، އޮއިވަރާއި، ކަނޑުގެ އަޑިޔާއި މަތީފަށަލައިގެ ފިނިހޫނުމިން ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ ވެސް ދެމެހެއްޓެނިވި ގޮތުގައި ކަރަންޓު އުފެއްދުމަށް ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވަސީލަތެކެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު