Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް26 ސަމިޓް

މޫސުމީ ބަދަލުތަކާ ގުޅިގެންދޭ ފަންޑު އިތުރުކުރުމަށް އީޔޫއިން ކޮޕް26 ސަމިޓްގައި ބާރުއަޅަނީ

މުއްސަނދި ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ 100 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ވާސިލުވުމަށް ބާރު އަޅާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 18:31
ޔޫރަޕިއަން ޔޫނިއަން

ޔޫރަޕިއަން ޔޫނިއަން

ކުރިޔަށް އޮތް ކޮޕް26 ސަމިޓްގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން, ފަގީރު ގައުމުތަކަށް މޫސުމީ ބަދަލުތަކާ ގުޅިގެން ދޭ އެހީ އިތުރުކުރުމަށް ބާރު އަޅާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެކަމާގުޅިގެން އީޔޫން ބުނެފައިވަނީ; މޫސުމީ ބަދަލުތަކާއި ގުޅިގެން މުއްސަނދި ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ 100 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ވާސިލުވުމަށް ކޮޕް26 ސަމިޓްގައި އެގައުމުތަކަށް ބާރު އަޅާނެކަމަށެވެ. އީޔޫގެ ބަޔާނުގައި ބުނެފައިވަނީ އީޔޫގައި ހިމެނޭ 27 ގައުމުން މިހާރުވެސް އަހަރަކު 25 ބިލިއަން އެމެރިކާ ޑޮލަރު ދެމުންދާކަމަށެވެ.

2009 ވަނަ އަހަރު މުއްސަނދި ގައުމުތަކުން ވަނީ 2020 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރު ފަގީރު ގައުމުތަކަށް ދޭނެކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެޓާގެޓަށް ވާސިލުވެވިފައެއްނުވެއެވެ.

މިހަފްތާތެރޭގައި ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޓާގެޓަށް 2030 ވަނަ އަހަރުގެ ކުރިން ވާސިލެއް ނުވާނެއެވެ. މިއާއެކު އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ފެށޭ ކޮޕް26 ސަމިޓްގައި އަނެއްކާވެސް ހުސްވާހަކަތެއް ދެކެވިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

މިއަހަރުގެ ކޮޕް26 ސަމިޓްގައި ބައިވެރިވުމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން މިހާރު ގެންދަވަނީ އިނގިރޭސިވިލާތަށް ވަޑައިގަންނަވަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ:މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި

10 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރަ:މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި
09 ޖުލައި 2018

ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

09 ޖުލައި 2018
ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
06 ޖުލައި 2018

ޗައިނާ އިން ފަންޑުކުރާ 22 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް މެލޭޝިއާއިން ހުއްޓުވައިފި

06 ޖުލައި 2018
ޗައިނާ އިން ފަންޑުކުރާ 22 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް މެލޭޝިއާއިން ހުއްޓުވައިފި
26 ޖެނުއަރީ 2018

އެމެރިކާ-މެކްސިކޯ ބޮޑު ފާރަށް ފަންޑު ދޭން ޝަރުތުކޮށް އިމިގްރޭޝަން އިސްލާހުތަކެއް ޓްރަމްޕް ހުށަހަޅުއްވަނީ

26 ޖެނުއަރީ 2018
އެމެރިކާ-މެކްސިކޯ ބޮޑު ފާރަށް ފަންޑު ދޭން ޝަރުތުކޮށް އިމިގްރޭޝަން އިސްލާހުތަކެއް ޓްރަމްޕް ހުށަހަޅުއްވަނީ
10 ޖެނުއަރީ 2018

ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި

10 ޖެނުއަރީ 2018
ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު