Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯހަން މާޒިޔާއާ ހަވާލުވުން

މާޒިޔާގެ އައު ކޯޗަކަށް މޯހަން

28 އޮކްޓޯބަރު 2021 | ބުރާސްފަތި 10:58

ވިޑަކޮވިޗް ވަނީ އެއްބަސްވުން ފުރިހަމަކޮށް އެ ޓީމު ދޫކޮށްލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 10:58
މުޙައްމަދު ޝިޔާޒް (މޯހަން) މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

މުޙައްމަދު ޝިޔާޒް (މޯހަން) މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އައު ކޯޗަގުގެ މަގާމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު މޯހަން މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖެއްސިއިރު، އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ފުރިހަމަކޮށް އިންޑޮނީޝިއާގެ ކުލަބު ބޯނިއޯއާ ގުޅިފައެވެ.

ކުރިއަށް އޮތް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، އެންމެ ފަހުން އޭނާ އިރުޝާދުދީފައިވަނީ މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު ދާދި ފަހުން ސަސްއިން ވަނީ ދެ ފަރާތް އެއްބަސްވެގެން މޯހަންގެ އެއްބަސްވުން އުވާލާފައެވެ. ސަސްއާ ހަވާލުވުމުގެ ކުރިން މޯހަން ކޯޗުކަން ކޮށްދީފައިވަނީ ކުލަބު އީގަލްސްއަށެވެ. އެ ފަހަރު އީގަލްސް ދޫކޮށް މޯހަން ސަސްއަށް ބަދަލުވީ މިދިޔަ ސީޒަނުގައި އޭނާއާއެކު އީގަލްސްގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެންނެވެ.

މޯހަންއަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް އިރުޝާދުދޭނެ ދިވެހި ހަތަރުވަނަ ކޯޗެވެ. މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޯހަން ބުނީ މޯހަން ބުނީ އޭނާއާ މާޒިޔާއާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށާއި. އެ ޓީމަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށެވެ. އަދި މާޒިޔާއާ ހަވާލުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، އެގޮތުން ކޮންމެ ގޮތަކުންވެސް މާޒިޔާއާ އެކުގައި ކާމިޔާބު ހޯދަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ދިވެހި ކޯޗެއް ހަމަޖެއްސިއިރު، މިދިޔަ ސީޒަންވެސް އެ ޓީމުން ފަށާފައިވަނީ ދިވެހި ކޯޗަކާއެކުއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެންމެ ފުރަތަމަ މާޒިޔާއަށް އިރުޝާދުދިން ނަމަވެސް، ސީޒަން ފަށައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމްބެ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފައެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ އެ ކުލަބުން އަނެއްކާވެސް ދިވެހި ކޯޗަކާ އެކީ ކުރިއަށްދާން ނިންމި އެންމެ ބޮޑު ސަބަބަކީ މިކަމުގައި މާޒިޔާގެ ޗެއާމަން އަޙްމަދު ސާޖިދުގެ އިސްނެންގެވުންވެސް އޮތުމުން ކަމަށެވެ. އަދި ދިވެހި ކޯޗުންނަކީ ހަގީގަތުގައި ތަޖުރިބާ ނެތް ބައެއް ނޫން ކަމަށާއި، އެހެންކަމުން ދިވެހި ކޯޗުންނަށް ފުރުސަތުތަކެއް ލިބެންޖެހޭ ކަމަށްވެސް ބުންޏެވެ.

 ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ މޯހަންއަށް ސަސްގައި ހޭދަކުރި ކުރު މުއްދަތުގައި އެ ޓީމާއެކު ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، މީގެ ކުރިން އީގަލްސްގައި މޯހަން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާއާއެކު އީގަލްސްއިން ވަނީ އެ ޓީމުގެ ތާރީޚުގައި މުޅިން އަލަށް އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދައި، މުޅިން އަލަށް މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައިވާ މޯހަން ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއެކު 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކުރިއަށް ސީޒަނަށް މޯހަން މާޒިޔާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް