Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމިރޭޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިރޭޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

28 އޮކްޓޯބަރު 2021 | ބުރާސްފަތި 03:55

އެމިރޭޓްސްއިން ކުރަމުން އަންނަ ދަތުރުތައް ކުރިއަށްއޮތް ތަނަށް ވެސް ދަމަހައްޓަން އެއްބަސްވެފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 03:55
އެމިރޭޓްސްއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

އެމިރޭޓްސްއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

އެމިރޭޓްސްއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމިރޭޓްސްއާއި ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިވަގުތު ކުރިއަށްދާ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ވަފުދެއް އެގައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ބޮޑުވަޒީރު، އެމިރޭޓްސްގެ ޗެއާމަން އަދި ޗީފް އެގްޒެކިއުޓިވް ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ހުޅަނގު އޭޝިއާ ސަރަހައްދަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެސްވީޕީ ކޮމަރޝަލް އަހުމަދު ޚޫރީއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދެެވެ.

މި އެއްބަސްވުމުގެ ސަބަބުން އެމިރޭޓްސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އިތުރަށް ދެމެހެއްޓުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފަށައިގަތުމަށް ކުރެވޭ މަސައްކަތަށް އިތުރަށް އެހީވުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެސްވީޕި ކޮމަރޝަލް އަހުމަދު ޚޫރީ ވިދާޅުވީ ރާއްޖެއަކީ އެމިރޭޓްސްއަށް މުހިންމު މާކެޓެއް ކަމަށާއި، އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުމަށް ވެފައިވާ އެއްބަސްވުން އައުކުރެވޭކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވާތާ 34 އަހަރު ވެފައިވާކަމަށާއި، ރާއްޖެއާ ދެމެދު އޮތް މި ގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުގެ ވެސް ފަތުރުވެރިކަމާއި، ވިޔަފާރި ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ޚޫރީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ މި އަހަރުގެ މިހާތަނަށް އައިއިރު އެމިރޭޓްސްއިން ރާއްޖެއަށް 1،000 އަށްވުރެ ގިނަ ދަތުރުކޮށް 170،000 އަށްވުރެ ގިނަ ފަސިންޖަރުން ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އެމިރޭޓްސްއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތުގެ މުހިންމު ބައިވެރިއަކަށް ވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމިރޭޓްސްއާއެކު މި ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއާ އެހެން ގައުމުތަކާ ގުޅުވައިދީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެކަން ޔަގީންކުރައްވާ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަސިންޖަރުންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޔޫއޭއީންނެވެ. އަދި ފަތުރުވެރިކަމުގެ ޓޮޕް މާކެޓުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް