Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ކޫމަން ވަކިކުރުން

ވަޔެކާނޯ އަތުން ބަލިވުމާއެކު ބާސާއިން ކޫމަން ވަކިކޮށްފި

28 އޮކްޓޯބަރު 2021 | ބުރާސްފަތި 02:01

ބާސާގެ އައު ކޯޗަކަށް ޒަވީ ގެންނަން މަސައްކަތްކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 02:01
ބާސާގެ ކޯޗުގެ މަގާމުން ވަކިކުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސާގެ ކޯޗުގެ މަގާމުން ވަކިކުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯ އަތުން ބަލިވުމާއެކު، ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ.

މި ފަހަކަށް އައިސް ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ވަޔެކާނޯ އަތުން ބާސާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ވަޔެކާނޯ އަތުން ބާސާ އެންމެ ފަހުން ބަލިވީ 2002 ވަނަ އަހަރެވެ.

ވަޔެކާނޯގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޑަމެލް ފަލްކާއޯއެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މެމްފިސް ޑިޕާއި ފޮނުވާލި ޕެނަލްޓީ ވަޔެކާނޯގެ ގޯލްކީޕަރު ވަނީ ހުއްޓުވާފައެވެ.

މި މެޗަށްފަހު ބާސާއިން އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 58 ކޫމަން ވަކިކުރަން ނިންމީ ބޯޑު މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. އެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބާސާއިން ބުނީ ކޯމަން ވަކިކުރަން ނިންމިކަން އޭނާއަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ އަންގާފައިވާ ކަމަށެވެ.

ބާސާއިން ކޫމަން ވަކިކުރިއިރު، ބާސާގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، މި އަހަރުގެ މާޗު މަހު ބާސާގެ އައު ރައީސްގެ މަގާމަށް ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޫމަން ވަކިކޮށް ބާސާއިން ދެން އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރަނީ ގަތަރުގެ އަލް ސާދަށް އިރުޝާދުދެމުން އަންނަ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭސްއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވަޔެކާނޯ އަތުން ބަލިވުމާއެކު ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އޮސަސޫނާއާ ލަނޑެއް ނުޖެހި އެއްވަރުވި ރެއާލް މެޑްރިޑެވެ. އެ ޓީމަށް ވަނީ 10 މެޗުން 21 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް