Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް ކޮލިފައިން

ބަހްރޭން އަތުންވެސް ބަލިވެ ރާއްޖެ ކަޓައިފި

27 އޮކްޓޯބަރު 2021 | ބުދަ 14:48

ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ކުވެއިތާ ދެކޮޅަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އޮކްޓޯބަރު 2021 | ބުދަ 14:48
ކޮލިފައިންގައި ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

ކޮލިފައިންގައި ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިންވަނަ މެޗުން ބަހްރޭން އަތުންވެސް ބަލިވެ، ރާއްޖެ ކަޓައިފިއެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރޭނުގެ އިތުރުން ސައުދީ އަރަބިއްޔާ އާއި، ކުވައިތު އަދި ގަތަރެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅޭއިރު، މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ކޮލިފައިންގައި ބުދަ ދުވަހު ކުޅުނު މެޗުން ބަހްރޭން އަތުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ބަހްރޭނުން ނިންމީ ހޮވުމަށެވެ. އެއާއެކު ރާއްޖެ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 88 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 31 ލަނޑު ހެދި އުމަރު އާދަމާއި 15 ބޯޅައިން 15 ލަނޑު ހަމަކުރި މުޙައްމަދު ރިޝްވާނެވެ.

ޖަވާބުގައި ބަހްރޭން ކުޅެން އަރައި ވަނީ ހަތްވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މި ބައިގައި ބަހްރޭނުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ޔޫނިސް އާއި އަށް ބޯޅައިން 23 ލަނޑު ހަމަކުރި އަނާސިމް ޚާނެވެ.

މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެފައެވެ. އަދި ދެވަނަ މެޗުން ވަނީ ގަތަރު އަތުން 98 ލަނޑުން ބަލިވެފައެވެ.

މި ނަތީޖާތަކާއެކު ރާއްޖެ އޮތީ ގްރޫޕް އޭގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. އެއްވަނައިގައި އޮތް ބަހްރޭނާއި، ދެވަނައިގައި އޮތް ގަތަރު އަދި ތިންވަނައިގައި އޮތް ސައުދީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކުވެއިތަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފަހު މެޗުގައި ބުރާސްފަތު ދުވަހުގެ ހެނދުނު ރާއްޖޭން ނުކުންނާނީ ކުވެއިތާ ދެކޮޅަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރަމުން އަންނައިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުތް ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް