Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު

ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމްވާ، ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ފާސްކޮށްފި

27 އޮކްޓޯބަރު 2021 | ބުދަ 10:54

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކުރީ، 48 މެމްބަރުންގެ ވޯޓުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޮކްޓޯބަރު 2021 | ބުދަ 10:54
ކުއްޔަށްދޭ ތަންތަނުގައި އަސާސީ ޚިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައި ހުންނަންޖެހޭ

ކުއްޔަށްދޭ ތަންތަނުގައި އަސާސީ ޚިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައި ހުންނަންޖެހޭ

ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ގޯތިގެދޮރު ފަދަ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމުވާ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި, ގޯތި ގެދޮރު ކުއްޔަށްދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކުރީ، 48 މެމްބަރުންގެ ވޯޓުންނެވެ. ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ އެންމެހައި ހައްގުތައް މި ބިލުގައިވަނީ ބަޔާން ކޮށްފައެވެ. ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ. ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގައި ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށްޓަކައި ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ހުށަހަޅަންޖެހެއެވެ. ހަތް ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓްރީކޮށްދޭންޖެހެއެވެ. ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ހުއްދަ ދިނުމުންކަމަށް ވެސް ބިލުގައިވެއެވެ. އަދި ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރު ބަލަހައްޓަން ޖެހެއެވެ.

ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ހުރިހާ ތަންތަނުގެ ދަފްތަރު އެކުލަވާލައި އެ ތަންތަން މޮނިޓަރ ކުރުމަށް ޓެނަންސީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. އެ ތަނެއް ކުއްޔަށް ދިނުމަށް ހުއްދަދޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެ ބޯޑަށް އަންގަންޖެހެއެވެ. ބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުންނަ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް އެ ބޯޑުން ގާއިމުކުރަންޖެހެއެވެ. ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑުތައް ވެސް ބިލުގައިވަނީ ބަޔާން ކޮށްފައެވެ. ކުއްޔަށްދޭ ތަންތަނުގައި އަސާސީ ޚިދުމަތް ލިބުމުގެ ވަސީލަތްތައް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައި ހުންނަންޖެހޭ ކަމަށް ބިލުގައި ވެއެވެ.

ކުއްޔަށްދޭ ތަންތަނަކީ އިމާރާތް ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތަކަށް ވާން ޖެހެއެވެ. މީގެ އިތުރުން، ކުއްޔަށްދޭ ތަނުގެ ކުޑަބޮޑު މިނަށް ބަލައި އެތަނުގައި ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ޖެހެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
15 ފެބުރުއަރީ 2017

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް