Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުމީ ކާރިސާތައް

މޫސުމީ ކާރިސާތަކާ ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާން ޖެހެނީ އެ ގައުމުތަކުގެ މައްސަލައަކުން ނޫން - ސަލީމް

ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރު އަންނަނީ އިތުރު ވަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2021 | ބުދަ 07:08
ފުވައްމުލައް ގިރާ ސަރަހައްދު

ފުވައްމުލައް ގިރާ ސަރަހައްދު

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކާރިސާތަކާ ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާން ޖެހެނީ، އެ ގައުމުތަކުގެ މައްސަލައަކުން ނޫންކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް ވިދާޅުވީ، ރައީސް ނަޝީދު ކޮޕް26 ބައްދަލުވުމަށް ވަޑައިގެން މިކަން އެ ބައްދަލުވުމުގައި ބޮޑެތި ގައުމުތަކާ ހަމައަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވ. އަތޮޅު ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހެޅި ޤަރާރު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެ މަސައްކަތް ހުއްޓިފައި ނެތް ކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްތައް ގިރުން މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، ދައުލަތުން އަހައްމިއްޔަތުކަންދޭ މައްސަލައެއް ކަމުގައި ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ހަގީގަތެއް ކަމަށާއި، މިކަމުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރަނީ ހީނުކުރާވަރުގެ ގެއްލުން ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެމުން އަންނަ އެލަރޓްތަކުގެ އަދަދާއި، އައު ބާވަތްތަކުގެ އެލަރޓްތައް ނެރެމުން އަންނަ އައުން ދޭހަކޮށްދެނީ، މޫސުމަށް އަންނަ ބަދަލުގެ ނުރައްކާ އޮތް މިންވަރުކަމަށް ސަލީމް ވިދާޅުވިއެވެ. ބައެއް ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުން ސަލީމް ވިދާޅުވީ، 2020 ވަނަ އަހަރު އައިއިރު 437 ވައިޓް އެލަރޓް، 97 ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ. އަދި 2020ން ފެށިގެން އަލަށް އޮރެންޖް އެލަރޓް ނެރެންފަށާފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް 25 ފަހަރު ނުރައްކާތެރި އެލަރޓް ނެރެފައިވާ ކަމީ، މިކަމުގެ ނުރައްކާ އޮތް މިންވަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، ކަނޑުގެ ލޮނުގަނޑު ދުވަހެއް ދުވަހަކަށް އުފުލެމުން އަންނަ ކަމަށެވެ. އަދި އަހަރަކު 4 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނައިރު، މިއީ ނުރައްކާތެރިކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ނުގިރާ އެންމެ ރަށެއް ވެސް ނެތް ކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، 3 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 42 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން ޚަރަދުކޮށްފައިވާއިރު، 15 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 260 މިލިއަން ދައުލަތުން ޚަރަދުކުރަން ޖެހިފައިވާ ކަމަށެވެ. މިއީ ބަޖެޓުން ކުރަން ޖެހޭ ޚަރަދު ކަމަށާއި، ބޭރުގެ އެހީ މިކަމަށް ލިބުން ދަތި ކަމަށް ސަލީމް ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ސަލީމް ވިދާޅުވީ، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭރުގެ އެހީ ހޯދަން މަސައްކަތް ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށާއި، އަދިވެސް އެ އެހީ ފުރިހަމައަށް ލިބޭގޮތް ނުވާ ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރު އެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ. މިއީ ހިލޭ އެހީ ހޯދަން ކުރަންޖެހޭ ބުރަ މަސައްކަތް ކަމަށެވެ.

ގޮނޑުދޮށް ހިމާޔަތް ކުރިޔަސް ރާޅު ނާރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު