Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގެ ބަޣާވާތް

ބާރުތައް ނިގުޅައިގަތީ ދާޚިލީ ހަމަނުޖެހުން ހުއްޓުވަން

27 އޮކްޓޯބަރު 2021 | ބުދަ 03:44

ހައްޔަރުކުރީ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ މިނިސްޓަރުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 އޮކްޓޯބަރު 2021 | ބުދަ 03:44
ސޫދާންގެ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް އަބްދުލް ފައްތާޙް އަލްބުރްހާން

ސޫދާންގެ އަސްކަރިއްޔާގެ ޗީފް، ޖެނެރަލް އަބްދުލް ފައްތާޙް އަލްބުރްހާން

ސަރުކާރުގެ ބާރުތައް ނިގުޅައިގަތީ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވަން ކަމަށް ސޫދާންގެ އަސްކަރިއްޔާގެ ޗީފް ޖެނެރަލް އަބްދުލް ފައްތާޙް އަލްބުރްހާން ވިދާޅުވެއްޖެއެވެ.

ސޫދާންގެ އަސްކަރިއްޔާއިން ވަނީ ބަޣާވާތްކޮށް މިދިޔަ ހޯމަ ދުވަހު އެގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކްގެ އިތުރުން ގިނަ މިނިސްޓަރުންތަކެއް ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުންތަކެއް މުޒާހަރާ ކުރަމުން އަންނަނިކޮށް މީޑިއާ އާ މުޚާތަބުކޮށް އަބްދުލް ފައްތާޙް ވިދާޅުވީ ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް ސަރުކާރުގެ ބާރުތައް ނިގުޅައިގަތީ ގައުމުގެ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވަން ކަމަށެވެ. މިއީ މިނިސްޓަރުން ހައްޔަރުކުރުމާ ގުޅިގެން ސޫދާންގެ އަސްކަރިއްޔާއިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ފައްތާހު އިތުރަށް ވިދާޅުވީ ހައްޔަރުކުރީ އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މިނިސްޓަރުން ކަމަށެވެ. އަދި ހައްޔަރުކުރި ފަރާތްތަކަށް އެއްވެސް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި އެމީހުން މިހާރު ވަނީ ފައްތާޙްގެ ގެއަށް ގެންގޮސްފައި ކަމަށެވެ. "ބޮޑުވަޒީރު މީގެ ކުރިން ހުންނެވީ އޭނާގެ ގެކޮޅުގައި. އެކަމަކު އޭނާއަށް ލިބިދާނެ ގެއްލުމަކަށް ބަލައި މިހާރު ވާނީ އަޅުގަނޑު (ފައްތާޙް) ގެ ގެއަށް އޭނާ ގެނެވިފައި" ކަމަށް ވެސް ފައްތާޙް ވިދާޅުވިއެވެ.

ފައްތާޙްގެ ގޭގައި ބެހެއްޓުމަށްފަހު ހަމްދޫކް އާއި އޭނާގެ އަނބިކަނބަލުން މިހާރު ވަނީ އެމީހުންގެ ގެއަށް ދޫކޮށްލާފައެވެ. އެކަމަކު އޭނާއަށް އޮތީ ކިހާ ވަރެއްގެ މިނިވަންކަމެއްކަން ނުވަތަ މީޑީއާ އާ ވާހަކަ ދެއްކުމުގެ ހުއްދަ އޮތްކަމެއް އަދި ހާމައެއް ނުކުރެއެވެ.

ސޫދާންގައި ބަޣާވާތްކޮށް ވެރިކަން ފުރޮޅާލީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އެގައުމު ހިންގަމުން އަންނަނީ ސަރުކާރާއި އަސްކަރިއްޔާ އާ ދެބައިންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ

17 އޯގަސްޓު 2017
ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
28 ޖުލައި 2017

އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

28 ޖުލައި 2017
އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
06 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

06 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
27 މެއި 2017

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް