Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީ20 ވޯލްޑް ކަޕް

ޕާކިސްތާނަށް ދެވަނަ މޮޅު، ވެސްޓް އިންޑީޒަށް އަނެއްކާވެސް ނާކާމިޔާބު

26 އޮކްޓޯބަރު 2021 | އަންގާރަ 23:34

ވެސްޓް އިންޑީޒް ބަލިވީ ސައުތު އެފްރިކާ އަތުން އަށް ވިކެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އޮކްޓޯބަރު 2021 | އަންގާރަ 23:34
ނިއު ޒީލެންޑާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން

ނިއު ޒީލެންޑާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި އަންގާރަ ދުވަހު ކުޅުނު މެޗުތަކުން ނިއު ޒީލެންޑް އަތުން ޕާކިސްތާން މޮޅުވިއިރު، ސައުތު އެފްރިކާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިވެއްޖެއެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޕާކިސްތާނުން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުން މޮޅުވީ ނިއު ޒީލެންޑް އަތުން ފަސް ވިކެޓުންނެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ހޮވުމަށެވެ. އެއާއެކު އެންމެ ފުރަތަމަ ނިއު ޒީލެންޑް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 134 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 27 ލަނޑު ހެދި ޑެރީލް މިޗެލް އާއި 24 ބޯޅައިން 27 ލަނޑު ހަމަކުރި ޑެވޮން ކޮންވޭއެވެ.

ޖަވާބުގައި ޕާކިސްތާން ކުޅެން އަރައި 18.4 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 135 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 33 ލަނޑު ހެދި މުޙައްމަދު ރިޒްވާން އާއި، 12 ބޯޅައިން 27 ލަނޑު ހަމަކުރި އާސިފް އަލީގެ އިތުރުން 20 ބޯޅައިން 26 ލަނޑު ހެދި ޝުއައިބް މާލިކެވެ.

މި މެޗުން މޮޅުވެ ގްރޫޕް ދޭއްގެ އެއްވަނައިގައި ޕާކިސްތާން އޮތްއިރު، އެ ގައުމުން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވާދަވެރި އިންޑިއާ އަތުން 10 ވިކެޓުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މިއީ ވޯލްޑް ކަޕެއްގައި އިންޑިއާ އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ކުޅުނު މެޗުން މި ފަހަރުގެ މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީޒް ބަލިވީ ސައުތު އެފްރިކާ އަތުން އަށް ވިކެޓުންނެވެ.

މި މެޗުގެ ޓޮސް ދިމާވުމުން ސައުތު އެފްރިކާއިން ނިންމީ ހޮވުމަށެވެ. އެއާއެކު އެންމެ ފުރަތަމަ ވެސްޓް އިންޑީޒް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 143 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 56 ލަނޑު ހެދި އެވިން ލެވިސްއެވެ.

ޖަވާބުގައި ސައުތު އެފްރިކާ ކުޅެން އަރައި 18.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 144 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 51 ލަނޑު ހެދި އައިޑެން މާކްރަމް އާއި، 51 ބޯޅައިން 43 ލަނޑު ހަމަކުރި ރަސީ ވެން ޑާ ޑަސަންއެވެ.

މި މެޗުން ވެސްޓް އިންޑީޒް ބަލިވިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ގައުމު ވަނީ އިންގްލެންޑް އަތުން ހަ ވިކެޓުން ބަލިވެފައެވެ. އެއާއެކު ވެސްޓް އިންޑީޒް މި ވަގުތު އޮތީ ގްރޫޕް އެކެއްގެ ފުލުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް