Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީބީ ނައްތާލުން

2025 ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތާލަން ދަނީ މަސައްކަތްކުރަމުން: މިނިސްޓަރ ނަސީމް

ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަން މިނިސްޓަރ ފާހަގަކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 އޮކްޓޯބަރު 2021 | އަންގާރަ 13:09
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

2025ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްްޖެއެވެ.

ހެލްތް މިނިސްޓަރ މިފަދައިން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި، ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް, އާހިތްވަރަކާއެކު ސަރަހައްދުން ޓީބީ ނައްތާލުމާ ގުޅޭގޮތުން ވަރޗުއަލްކޮށް ކުރިއަށްދިޔަ ހައި ލެވެލް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މި ސަރަހައްދުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި، ޚާއްސަ މަންދޫބުންނާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާ ބައިވެރިވެ ވަޑައިގެން މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވަނީ, ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. 2025ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަމުގައި ހާމަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކައިގައި، މިސަރަޙައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި ޓީބީ ޖެހޭ މިންވަރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޓީބީ ދެނެގަތުމަށްހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި, މި ސަރަޙައްދުން ޓީބީ ނައްތާލުމާއި، ޓީބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސިއްހަތާބެހޭ ވަޒީރުން "ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް"އެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިގޮތުން 2030ވަނަ އަހަރު ޓީބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރުންވަނީ މި ސްޓޭޓްމެންޓްގައި އެއްބަސްވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު