Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް މުޙައްމަދު ހަސަން

ޝެއިޚް މުޙައްމަދު ހަސަންގެ ދީނީ ތަޤުރީރު ކުރުމުގެ ހުއްދަ ހިފެހެއްޓީ ރަނގަޅަކަށް ނޫން: ސިވިލް ކޯޓު

26 އޮކްޓޯބަރު 2021 | އަންގާރަ 08:17

އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާކުރުމުގެ ޙައްޤު ލިބިގެންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2021 | އަންގާރަ 08:17
ޝެއިޚް މުޙައްމަދު ހަސަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޝެއިޚް މުޙައްމަދު ހަސަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޝެއިޚް މުޙައްމަދު ހަސަންގެ ދީނީ ތަޤުރީރު ދެއްވުމުގެ ހުއްދަ ހިފެހެއްޓީ ރަނގަޅަކަށް ނޫންކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޝެއިޚް މުޙައްމަދު ހަސަންއަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ "ދިވެހި ރާއްޖޭގައި ދީނީ ތަޤުރީރު ކުރުމާއި ވައުޠު ބުނުމުގެ ހުއްދަ" ހިފަހައްޓާފައިވަނީ ޤާނޫނާއި ޤަވާއިދާއި، އަދުލު އިންސާފުގެ އާންމު ހަމަތަކާ ޚިލާފަށް ކަމަށް ބަޔާންކޮށް، ހުއްދަ އަނބުރާ ދޫކުރުމާއި އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދައުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

Advertisement - newsAdvertisement

ދައުލަތަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވަމުން މިނިސްޓްރީން ބުނެފައިވަނީ ތަޤުރީރު ކުރުމުގެ ހުއްދަ 17 ޑިސެމްބަރު 2019 ގައި ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ.

ޝެއިޚް މުޙައްމަދު ހަސަންގެ މައްޗަށް މިިނިސްޓްރީން ކުރާ ތުހުމަތުތައް ބިނާވަނީ ދީނީ ޖަމާއަތަކުން ކޮށްފައިވާ ޓްވީޓުތަކެއްގެ މައްޗަށް ނަމަވެސް، އެއީ ޝެއިޚް މުޙައްމަދު ހަސަން ކުރައްވާފައިވާ ޓްވީޓުތަކެއްކަން އެނގެން ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޖަމިއްޔާއަކީ ދައުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެއްކަމާއި، ދައުވާކުރާ ފަރާތާއި ސީދާ ގުޅުމެއް އޮތް ޖަމިއްޔާއެއްކަން ވެސް އިންޓެލް ރިޕޯޓުން އެނގެން ނެތްކަން ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޝެއިޚް މުޙައްމަދު ހަސަން ސޯޝަލް މީޑިއާގައި ލިއުއްވާފައިވާ ޕޯސްޓުތަކެއް މިނިސްޓްރީން ހުށަހަޅާފައިވީނަމަވެސް، އެ ޕޯސްޓުތަކުގައި ދީނީ އެއްބައިވަންތަކަން ގެއްލިގެންދާ ވަރުގެ ވާހަކައެއް އޮތްކަން ޝަރީއަތަށް ޤަބޫލު ނުކުރެވޭކަން ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ 26 އޮކްޓޯބަރު ވާ އަންގާރަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ތަޤުރީރު ކުރުމުގެ ހުއްދަ އަނބުރާ ދިނުމަށް އަންގައި އަމުރުކޮށްފައެވެ. އަދި ހުއްދަ ހިފެހެއްޓުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ އަގުވަޒަންކޮށް، ބަދަލު ހޯދުމަށް ވަކިން ދައުވާ ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ވަނީ ޙުކުމް ކޮށްފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

04 ޖޫން 2017

ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި

04 ޖޫން 2017
ދީނީ ދަރުސް ދިނުމުގެ ހުއްދަ ޝައިޚް އިލްޔާސަށް އަލުން ދީފި
16 މެއި 2017

މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

16 މެއި 2017
މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި
23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް