Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ހިޔާ މަޝްރޫއުގެ މައްސަލަ ބެލުމަށް އިދިކޮޅުން ވޯޓު ނުދިނީ އިޚުލާސްތެރިކަމެއް ނެތީމަ - ސަލީމް

އެ މަޝްރޫއުގެ ސަބަބުން ދައުލަތް ދަރާ ވިކިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2021 | އަންގާރަ 06:06
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ މެމްބަރު

ހިޔާ މަޝްރޫއުގެ މައްސަލަ ބެލުމަށް އިދިކޮޅުން ވޯޓު ނުދިނީ އިޚުލާސްތެރިކަމެއް ނެތުމުން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަަކަދައްކަވަމުންނެވެެ. ސަލީމް ވިދާޅުވީ، ހިޔާ ފްލެޓްގެ ކޮރަޕްޝަން މައްސަލަ ބަލަން ހުށަހެޅުމުން އެކަމަށް އިދިކޮޅު މެމްބަރުންނަށް ވޯޓު ދެއްވަން ކެރިވަޑައި ނުގެންނެވީ އިޚުލާސްތެރިކަމެއް ނެތުމުން ކަމުގައެވެ. ވެންޓިލޭޓަރުގެ މައްސަލަ ބެލުމަށް އެމްޑީޕީ މެމްބަރުން ވޯޓު ދެއްވިކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މި ސަރުކާރުން ހިންގި ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ނަމަ އެކަން ބައްލަވަން ކެރިވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ބޯހިޔާވަހިކަމުގެ ނަމުގައި ހަދާފައި ހުރި ތަންތަނުން  ބޯހިޔާވަހިކަން ނުލިބޭ ކަމަށާއި، އެތަންތަން ދީފައި އޮތީ، ނުހައްގުން ބޮޑު އަގުގައި ކަމަށް ސަލީމް ވިދާޅުވިއެވެ. އެ މަޝްރޫއުގެ ސަބަބުން ދައުލަތް ދަރާ ވިކިފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. މި މަޝްރޫއުގައި ރަނގަޅަށް ހިނގާފައި އޮތީ ކޮން ކަމެއްތޯ ސަލީމް ސުވާލު އުފެއްދެވިއެވެ.

ސަލީމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ގާނޫނެއް މިހާރުން މިހާރަށް ބޭނުންވާ ކަމަށެވެ. އެފަދަ ގާނޫނެއްގެ ތެރެއިން ނޫނީ، ހިޔާ މަޝްރޫއުގައި ދިމާވި މައްސަލަތައް ތަކުރާރު ނުވާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަސް ކުރަން ޖެހޭ ކަމަށާއި، އެ ގާނޫނުގެ ތެރެއިން ސޯޝަލް ހައުސިން އަކީ ކޮބައިގަން އެނގެން ޖެހޭ ކަމަށް ވިދާޅުވިއެވެ. ސޯޝަލް ހައުސިންގ އަކީ 62،000 ޑޮލަރަށް ޔުނިޓެއް ވިއްކުން ނޫން ކަމަށާއި، އެއަށްވުރެ އަގު ހެޔޮކޮށް ޖާގަ ތަނަވަސްކޮށް ސޯޝަލް ހައުސިންގ ރައްޔިތުންނަށް ދެވެން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސޯޝަލް ހައުސިން ކެޓަގަރީއަށް ފެތޭނެ މިންގަނޑުތައް ގާނޫނެއްގައި ބަޔާންވެފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. 400 އަކަފޫޓަކީ އާއިލާއެއް އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، ސޯޝަލް ހައުސިންގ ދިނުމުގެ ބޭނުމަކީ އާއިލާއާއެކު އުޅެވޭނެ ތަނަވަސް މާހައުލެއް ފޯރުކޮށްދިނުން ކަމަށެވެ.

ފްލެޓް ލިބުނު މީހުންގެ ތެރޭގައި އެހީތެރިކަން ބޭނުންވާ މީހުން އެބަތިކަމަށާއި، ޓާރގެޓް ސަބްސިޑީ އެ ފަރާތްތަކަށް ދޭން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ކޮވިޑްގެ މިހާލަތާއެކު އެތަނުގައި ދިރިއުޅެން ދިން މުއްދަތު އިތުރުކުރަން ޖެހޭނެކަން ގަބޫލް ކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު