Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުބާއީ އެކްސްޕޯ 2020

ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ދައްކާ ވާހަކަތަކަށްވުރެ ޢަމަލު ގިނަކުރުމަށް ރައީސް އެދިވަޑައިގެންފި

އެއްޤައުމު، އަނެއް ޤައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުޞަތު ފަހިވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޮކްޓޯބަރު 2021 | ހޯމަ 17:47
ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ

ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަނީ

ދުބާއީ އެކްސްޕޯ 2020ގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމަށާއި, އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި, ދައްކާ ވާހަކަތަކަށްވުރެ ޢަމަލު ގިނަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެމެހެއްޓެނިވި، ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަޤްބަލަކަށް ވާޞިލުވުމަށްޓަކައި, ވަކިން ޚާއްޞަކޮށް ކޯވިޑް ޕެންޑަމިކްއިން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަޞީލަތްތައް ޤާއިމުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑް-19ގެ ޕެންޑަމިކްއިން މުޅި ދުނިޔެއާ ކުރިމަތިލާން ޖެހުނު ދަތި އުނދަގޫތަކުން އަރައިގަތުމުގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިޔަށްދާ މިފަދަ ދުވަސްވަރެއްގައި, ޔޫ.އޭ.އީގައި މިފަދަ ފުރިހަމަ އަދި ބޮޑު އެކްސްޕޯއެއް އިންތިޒާމުކޮށް, ބޭއްވެވީތީ ޔޫ.އޭ.އީގެ ލީޑަރޝިޕަށް ތައުރީފުކުރެއްވިއެވެ. އެގޮތުން ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ޤައުމު އެއްތަންކުރުމަކީ ޔޫ.އޭ.އީގެ ސަރުކާރުގެ ލީޑަރޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި, ދެ ޤައުމުގެ މެދުގައި އޮންނަ ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ދެ ޤައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާ ޔޫ.އޭ.އީއާ އޮންނަ މި ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ އިތުރުން ޖީ.ސީ.ސީއާއި އެމް.އީ.އެން.އޭއާއި ރާއްޖޭގެ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި, އެކްސްޕޯގައި ރާއްޖެއަށް ޚާއްޞަކުރި ދުވަހު ބޭނުންކުރި 'ދޯނި" ކޮންސެޕްޓުގެ ތަފްޞީލުދެއްވަމުން, ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދަށްވާއިރު, ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާ ގުޅިފައިވާ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެކްޕޯގައި ލިބޭފުރުޞަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަޤާފަތާއި އަދި ކުޑަޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަމާބެހޭ ގުޅުންހުރި ސްޓޭކްހޯލްޑަރުންކަމުގައިވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާފަރާތްތަކާއި ޢިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުންފަދަ ފަރާތްތައް ޝައުޤުވެރިކުރުމަށް ދުބާއީ އެކްސްޕޯފަދަ އެކްސްޕޯތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ޙައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތަޢާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުޞަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން, މި އެކްސްޕޯއަކީ އެއްޤައުމު އަނެއް ޤައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުޞަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަޤްބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުޞަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޔޫ.އޭ.އީގެ ކެބިނެޓް މެންބަރ، މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލްނަޙްޔާން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

16 މާރިޗު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 1،550 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު