Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިފެންސް އެކްޝަން ޕްލޭން

ކުރީގައި އޮތް ޑިފެންސް އެކްޝަން ޕްލޭން ބަދަލުކޮށް، މިހާރު އެ ޕްލޭންގެ ދަށުން ފޯރުކޮށްދޭނީ އެހީތެރިކަން – ޝަމާލް

ކުރިން މި ޕްލޭންގައި އޮތް ރޫހާ މިހާރާ އޮތް ތަފާތަކީ، ޑިފެންސް އެކްޝަން ޕްލޭންގައި އޮތީ ޖޮއިންޓް އޮޕަރޭޝަން ހިންގަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2021 | ހޯމަ 14:16
ޝަމާލް 241 ކޮމެޓީއަށް ހާޒިރު ކުރުން

ޝަމާލް 241 ކޮމެޓީއަށް ހާޒިރު ކުރުން

2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު ވެވުނު ޑިފެންސް އެކްޝަން ޕްލޭން އެއްބަސްވުމަށް ބަދަލު ގެނެވި, މިހާރު އެ އެ ޕްލޭންގެ ދަށުން އިންޑިއާއިން ފޯރުކޮށްދޭނީ އެހީތެރިކަން ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މި ޕްލޭންގައި އޮޕަރޭޝަނަލް ބޭނުމަށްޓަކައި އިންޑިއާ ނޭވީ (އުތުރު ތިލަފަޅު) ބޭނުންކުރުމާއި, އެފަދަ ވަރަށް ގިނަ ވާހަކަތަކެއް އެކްޝަން ޕްލޭންގައި ދައްކާފައި ހުއްޓެވެ. ނަމަވެސް 2019 ވަނަ އަހަރު މި ސަރުކާރުން އަލުން އިންޑިއާއާއެކު އެއްބަސްވުން ރިއެސެސް ކުރުމަށްފަހު ގިނަ ކަންކަން ވަނީ ހަނިކޮށްފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މި ޕްލޭނާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ; އިންޑިއާއާ ރާއްޖެއާއި އޮންނަ ދިފާއީ ގުޅުމަކީ 2 ގައުމުގެ ގުޅުމުގެ އެންމެ ވަރުގަދު އެއް ތަނބު ކަމަށެވެ. އަދި މި އެއްބަސްވުމުގައި އަންޑަރލައިންކޮށްފައި ވަނީ އިންޑިއަން އޯޝަން ރީޖަންގެ ސަލާމަތާއި ރައްކާތެރިކަމެވެ. އެއީ ކްރޮސް ބޯޑަރ ޓެރަރިޒަމް ކަމަށް ވިޔަސް, އަދި ޑްރަގުގެ ވިޔަފާރި ކަމަށް ވިޔަސް އަދި ޓްރފިކިންގ ފަދަ ހުރިހާ ކަމެއްވެސް, އަދި ނޭދެވޭ ކަންކަމުގައި ޑީލް ކުރުމަށްޓަކައި ގައުމީ ދިފާއީ ބާރުގެ ކެޕޭސިޓީ ބިލްޑް ކުރުމަކީ އިންޑިއާ އަސްކަރިއްޔާ ޝައުގުވެރިވާކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ޑިފެންސް އެކްޝަން ޕްލޭނަށް ބަލާލައިފިނަމަ އޭގައި ހުރި ގިނަ ކަންތައްތައް އެނގެމުންދާ ކަމަށާއި، މި ޕްލޭންގައި މައިގަނޑު ގޮތެއްގައި އޭގައި އޮތް ވިސްނުމަކީ ވެސް ދިފާއީ ބާރުން ގަބޫލުކުރާ ގޮތުގައި ފައިދާތަކެއް ހުންނާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އަދި އޭރު މި ޕްލޭންގައި އޮތް ރޫހާއި، މިހާރާއި އޮތް ތަފާތަކީ ޑިފެންސް އެކްޝަން ޕްލޭންގައި އޮތީ ޕާޓްނަރ ވެގެން ޖޮއިންޓް އޮޕަރޭޝަން ހިންގަން ކަމަށެވެ. އަދި ޖޮއިންޓް އޮޕަރޭޝަންގެ ގޮތުގައި އިންޑިއާ ސިފައިންނާއި ކޯސްޓްގާޑް ބޭނުންކޮށްގެން ޖޮއިންޓް އޮޕަރޭޝަން ހިންގަން ކުރިން އެއްބަސްވުމުގައި އޮތް ނަމަވެސް ރީ އެސެސް ކުރެވިގެން 2019ގައި މި އެގްރީމެންޓް ސޮއިކުރެވުނު ކަމަށެވެ.

ޝަމާލް ވިދާޅުވީ ޑޮކްޔާޑް ގާއިމު ކުރެވިއްޖެނަމަ ވެސެލްތަކުގެ މެއިންޓަނަންސްގެ މަސައްކަތް ރާއްޖޭގައި ކުރެވޭނެ ކަމަށެވެ. އަދި ކޯސްޓްގާޑް ޝިޕް ހުރަވީ ގްރައުންޑް ވެފައި އޮންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ, ހުރަވީއާއެކު ރާއްޖޭގައި ޓެކްނިކަލް ސަޕޯޓް ޓީމެއް ތިބޭ ކަމަށެވެ. ހުރަވީ ރާއްޖެއަށް ދިންތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި، މި މުއްދަތަށް ބަލާއިރު އިންޑިއާގެ ސަޕޯޓް ޓީމް ރާއްޖޭގައި ތިބެގެން އެސެސްމަންޓް ހަދައި, އަދި އައިސްގެންވެސް އެސެސްމަންޓް ހަދަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޒަމާނުއްސުރެ، އެމްއެންޑީއެފް ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއްގެ ބޭނުން އިންތިހާޔަށްވަނީ ބޮޑުވެފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ މިޖަޒީރާ ގައުމުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކުގައި މީހުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގަޔާއި، ބަލިމީހުން އެއްރަށުން އަނެއްރަށަށް ގެންދިޔުމުގައި ހަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ސީ އެމްބިއުލާންސް ފަދަ އުޅަނދުތައް ކަމަށްވާއިރު، ގަވާއިދުން މަރާމާތާއި މެއިންޓެނަންސަށް ބޭނުންވާ މިއުޅަނދުތަކަށް، ސީދާ ރާއްޖޭގެ އަމިއްލަ ޑޮކްޔާޑަކުން އެޚިދުމަތްދިނުމުން، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ލިބިގެންދާ ބޮޑެތި ލުއިފަސޭހަތައް ހިމެނެއެވެ.

ހަމައެހެންމެ، ގަވައިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި, މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ޖަރީމާތައް ހިންގާ ފަރާތްތައް އަތުލައިގަންނަން ކޯސްޓްގާޑުން ބޭނުންކުރާ "ކޯސްޓްގާޑްޝިޕް ހުރަވީ" ފަދަ އުޅަނދުތައް، މަރާމާތަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވަން ކުރަންޖެހޭ ބޮޑެތި ޚަރަދުތަކާއި އެތައް ވަގުތެއް ސަލާމަތްވުމުގެ އިތުރުން، އެއުޅަނދުތައް ނެތް ދަނޑިވަޅުގައި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވާ ނުރައްކާ ކުޑަވުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު