Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިފެންސް އެކްޝަން ޕްލޭން

ޑިފެންސް އެކްޝަން ޕްލޭންގައި ހުރި ކަންކަމުގެ ބައެއް މައުލޫމާތު ހާމަކޮށްފި

މި އެކްޝަން ޕްލޭންގައި މައިގަނޑު 10 ދާއިރާއެއް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2021 | ހޯމަ 03:27
މިނިސްޓަރ މާރިޔާ 241 ކޮމިޓީއަށް ވަޑައިގެން ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

މިނިސްޓަރ މާރިޔާ 241 ކޮމިޓީއަށް ވަޑައިގެން ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

2016 ވަނަ އަހަރު ކުރީ ސަރުކާރުން އިންޑިއާއެކު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް އެންޑް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ" ގައި ހިމެނޭ 10 ކަމެއްގެ އާންމުކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިީގައި މި ޕްލޭނާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ 2016 ވަނަ އަހަރުގެ އެކްޝަން ޕްލޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެވި ސްޓޭޓް ވިޒިޓެއްގައި ކޮންސަލްޓް ކުރެވިފައިވާ އެކްޝަން ޕްލޭނެއް ކަމަށެވެ. އަދި މީގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ފަރާތުން ކުރީގެ ހައިކޮމިޝަނަރ އަހުމަދު މުހައްމަދު ކަމަށާއި، އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުރީގެ ޑިފެންސް ސެކްރެޓަރީ މޯހަން ކުމާރު ކަމަށެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓްރީން ބުނީ މި އެކްޝަންޕްލޭންގައި ސޮއިކުރުމަށްފަހު 14 އެޕްރީލް 2016 ގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިނިސްޓްރީ އޮފް ޑިފެންސަށް ދަންނަވާފައިވަނީ އެކްޝަން ޕްލޭންގައި ސޮއިކުރެވުނު ކަމާއި އަދި އެ އެކްޝަން ޕްލޭނާ އެއްގޮތަށް ދެގައުމުގެ ދޭތެރޭގައި ގުޅުން ކުރިއަށް ގެންދިއުމަށެވެ. ފޮރިން މިނިސްޓްރީން ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެޕްރީލް މަހުގެ 10ން 11ށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެކްޝަން ޕްލޭން އޮން ޑިފެންސް އެންޑް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާގެ ކޮޕީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާ ގުޅޭ ގޮތުން މިނިސްޓްރީން ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ކަންތައްތަކާއިގެން ކުރިއަށް ދިއުމަށް ދަންނަވާ ކަމަށެވެ.

މި އެއްބަސްވުމުގައި ވަނީ ދެގައުމުގެ ދޭތެރޭގައި އޮތް ތާރީހީ ގުޅުމާއި، އަދި ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ޑިފެންސް ކޯޕަރޭޝަން ގުޅުމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ. އަދި ދެގައުމު ގުޅިގެން ސަރަހައްދުގެ ސަލާމަތާއި ދިފާއުއަށް މަސައްކަތް ކުރަން ޖެހޭނަކަމަށް އަލިއަޅުވާލާފައިވެއެވެ.

އެއްބަސްވުމުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ޑިފެންސް ކޯޕަރޭޝަންގެ މުޅި އެސެސްމަންޓަކަށް ބަލާއިރު ފާހަގަކުރެވުނީ މިއީ ވަރަށް ފޯވަރޑް ލުކިންގ އެކްޝަން ޕްލޭނެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ އަސްކަރިއްޔާގެ ބޭނުން ދެނެގަނެ އެއަށް މަގުފަހިކުރެވޭނެ އެކްޝަން ޕްލޭނެއް ކަމަށެވެެ. މި ހުރިހާކަމެއް ފެށިގެން އަންނަނީ 2016 ގައި ސޮއިކުރެވުނު އެކްޝަން ޕްލޭންގެ ތެރެއިން ކަމަށާއި، އެކްޝަން ޕްލޭންގެ ރޫހު އޮތީ ދެގައުމުގެ ދޭތެރޭގައި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އަދި ރައީސް ޔާމީންގައި ވާހަކަފުޅުގައި ވެސް ތާރީހީ ސަގާފީ ގުޅުމާއި ހުރިހާއެއްޗެއް ލެވެރޭޖް ކޮށްގެން މި ސަރަހައްދުގެ އަދި ގައުމީ ސަލާމަތަށް ބޭނުންވާ އޮޕަރޭޝަން ހިންގުމަށް އިންޑިއާގެ ނޭވީ އަދި ކޯސްޓް ގާޑުވެސް މީގެ ތެރޭގައި ޝާމިލްވެގެން ޖޮއިންޓް އޮޕަރޭޝަންސް ހިންގުމަށް މި އެކްޝަން ޕްލޭނުން މަގުފަހިކޮށްދޭ ކަމަށެވެ. އަދި ވަރަށް ބޮޑަށް މި ސަރަހައްދުގެ ސެކިއުރިޓީގެ ކަންކަމުގައި އިންޑިއާގެ ލީޑް ރޯލެއް މީގައި އެކްނޮލެޖްކޮށްފައި އިންޑިއާގެ އެހީގައި ރާއްޖޭގެ ގައުމީ އަސްކަރީ އަދި ދިފާއީދާއިރާއަށް ގާބިލްކަން ހޯދުމަށް މަގުފަހިކޮށްދޭ ކަމަށެވެ.

މި އެކްޝަން ޕްލޭނުން މަގުދައްކައިދީގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓުގެ ތެރޭގައި 2020ގައި ސްޓޭޝަން ކުރެވުނު ޑޯނިއަރ އަދި މާފިލާފުށި ސެންޓަރ ސިފަވަރުވަ މަސައްކަތް ކުރާ ކޯސްޓް ގާޑުގެ ޑޮކްޔާޑް އެންޑް ހާބަރ އަދި ޑިފެންސް އިމާރާތް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހައިޑްރޮގްރޮފީ އެމްއޯޔޫ ވެސް ހިމެނެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016 އަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެޤައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ"ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާކަންވަނީ ފާހަގަކުރައްވާފައެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާޢީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ ކަންކަމަކީ، މިއެކްޝަން ޕްލޭނަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރައްވާފައިވާ ކަންކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު