Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑިފެންސް އެކްޝަން ޕްލޭން

ކުރީ ސަރުކާރުން ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭން ހަދާފައި އޮތް ވަރަށްވުރެ ހަނިކުރީ އަޅުގަނޑުމެން – މާރިޔާ

އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާޢީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް މި ސަރުކާރުން ކުރި ކަންކަމަކީ، މިއެކްޝަން ޕްލޭނަށް ޢަމަލީ ސިފަ ގެނައުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2021 | ހޯމަ 02:23
ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ (ކ) އަދި ޑިފެންސް މިނިސްޓަރ (ވ)

ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ (ކ) އަދި ޑިފެންސް މިނިސްޓަރ (ވ)

2016 ވަނަ އަހަރު ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލެންގައި ހުރި ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން މި ސަރުކާރުން ހަނިކޮށްފައިވާ ކަމަށާއި، އަމަލުކުރަމުންދަނީ ކުރީ ސަރުކާރުން އެއްބަސްވި އެގްރީމެންޓާ އެއްގޮތަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް އެކްޝަން ޕްލޭނާ ގުޅޭގޮތުން، އާދީއްތަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ކޯސްޓް ގާޑް ހާބަރެއް އުތުރު ތިލަފަޅުގައި ތަރައްގީ ކުރާ ވާހަކަ ދައްކަވަނީ އެ މުއައްސަސާއަށް އެކަމުގެ ބޭނުންތެރިކަން އޮތްވަރުން ކަމަށެވެ. 2016ގެ އެކްޝަން ޕްލޭންގައި ސޮއިކުރެވުނީމަ އެ ޕްލޭންގެ ތެރެއިން ތަރުތީބުވެގެން އޭގެ ތެރެއިން ދައުލަތެއް ހެން ޑިފެންސްގެ ކަންކަން ހިނގަމުން ދިއުން އެއީ އަލަށް އެގޮތަށް ތަރުތީބުވެގެން ކުރެވުނު ކަމެއް ކަމަށާއި، އެކަން ކުރީ 2016ގައި ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެކްޝަން ޕްލޭންގައި 2016 ގައި ސޮއިކުރި ފަހުން އިންޑިއާއެކު އާކަމެއް ނުކުރެވޭ ކަމަށެވެ. 2016ގެ އެކްޝަން ޕްލޭންގައި ވިސްނުވާފައި ހުރި ވިސްނުންތައް މުއައްސަސާއަށް އޮތް ބޭނުންތެރިކަމަށް ވިސްނާފައި އޮޕަރޭޝަނަލައިޒް ކުރެވެމުން ދާ ކަމަށެވެ.

ނަމަވެސް އެބޭފުޅުން ވިސްނުވާފައި އޮތްގޮތާއި ޚިލާފަށް، އޭގައި އެބޭފުޅުން ވިދާޅުވެފައި އޮތީ ގުޅިގެން ކުރައްވާނެކަމާއި، އެތަނުގެ ބޭނުންތައް އެމީހުންނަށް ވެސް ބޭނުން ކުރެވޭނެގޮތަށް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައި އޮތް އިރު، އަޅުގަނޑުމެންނާ ހަމައަށް އައި އިރު އަޅުގަނޑުމެންނަށް ވިސްނުނީ އަޅުގަނޑުމެން އެމީހުންގެ ފަރާތުން ބޭނުންވީ އެހީތެރިކަން ކަމަށެވެ.

އަދި އިންޑިއާއަށް ގޮސް (ކުރީގެ ސަރުކާރުން) ވިދާޅުވެފައިވަނީ އެމްއެންޑީއެފަށް ޑޮކްޔާޑަކާއި އެއްޗެހި ބޭނުންވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2016 ވަނަ އަހަރު ސޮއިކުރެވުނު ޕްލޭންގައި އޮތްގޮތަށް، ޕާޓްނަރ ކުރުމަށްވުރެ ބޭނުންވީ ސަޕޯޓްކުރާނެ ބަޔަކާއި، ޑިވެލޮޕް ކުރާނެ ބަޔަކާއި، އެތަން މެއިންޓެއިން ކޮށްދޭނެ ބަޔަކު ކަމަށެވެ. އަދި އެއީ އަދުގެ ހާލަތަށް ވިސްނުނު ގޮތް ކަމަށެވެ.

އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް 2019 ވަނަ އަހަރު އިންޑިއާއަށް މިނިސްޓަރ ކުރެއްވި ދަތުރުގައި އެކްޝަން ޕްލޭން ރިއެސެސްކުރާނެކަމަށް ވިދާޅުވެ، އެއިރު އެބެފުޅުން ވިސްނަވާފައި އޮތް ގޮތަށްވުރެ ހަނިކޮށް މިއަދު އެކަން ކުރަމުން ދަނީ އެގްރީމެންޓުގައި އޮތް ގޮތަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ސިފަވަރަކީ ރާއްޖޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ވެސް ހިމެނޭގޮތަށް އެތަނުގައި ތަރައްގީކުރެވޭ ހުރިހާ އެއްޗަކީ ދިވެހިންގެ މިލްކިއްޔާތެއްގެ ގޮތަށް އެކަން ކުރެވެމުންދާ ކަމަށެވެ. އަދި ކުރިން އެކްޝަން ޕްލޭންގައިވާ ކަންކަން ހަނިކޮށް މިހާރު ބޭނުންވަނީ ސަޕޯޓާއި މެއިންޓަނެންސް އެކަނި ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއް ހޯދުމަށް، 2013 އިން ފެށިގެން މިހާތަނަށް، ކޮންމެ ސަރުކާރަކުންވަނީ މަސައްކަތް ކުރައްވާފައެވެ. މިގޮތުން، 2013 ގައި އޭރުގެ ދިފާޢީ ވަޒީރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިންޑިޔާއަށް ކުރެއްވި ދަތުރުގަޔާއި، 2015 ގައި އޭރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވި ކުރެއްވުމުގައި، އުތުރުތިލަފަޅުގެ މަޝްރޫޢާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި 2016ގެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ޙަވާލުކުރެއްވި އޭރުގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރާއި އަދުގެ ސަރުކާރު ހިމެނޭހެން، ކޮންމެ ސަރުކާރަކުން ވެސް މިމަސައްކަތް ކުރައްވާފައިވަނީ ކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ނުހަނު ބޮޑުވެފައިވާތީ، އެކަމަށް އެކަށޭނަ ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު