Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒިނޭގެ ކުށް ސާބިތުކުރުން

ޑީއެންއޭއަށް ރިއާޔަތްކޮށް ޒިނޭ ސާބިތު ކުރެވިދާނެ، ދެވޭނީ ތައުޒީރީ އަދަބެއް: ސުޕްރީމް ކޯޓު

ނަސަބު ސާބިތުކުރުމުގެ މައްސަލައަކީ ވަކި މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 09:08
ސުޕުރީމް ކޯޓް- ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ގޮތް ނިންމަވާފައިވަނީ އާދިއްތަ ދުވަހު

ސުޕުރީމް ކޯޓް- ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ގޮތް ނިންމަވާފައިވަނީ އާދިއްތަ ދުވަހު

ޑީއެންއޭއަށް ރިއާޔަތްކޮށް ޒިނޭ ސާބިތުކުރެވިދާނެ ކަމަށާއި، ނަމަވެސް އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ޙުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީއަތަށް ބަލާއިރު، ޒިނޭކުރިކަން ޝަރީއަތަށް ސާބިތުވާނީ ޒިނޭ ކުރި މީހާގެ އިއުތިރާފު ނުވަތަ މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަަމަށް ބަޔާންކޮށް، ޒިނޭގެ މައްސަލައެއް ސާބިތުނުވާ ކަމަށް ހައިކޯޓުން ޙުކުމް ކޮށްފައިވާ މައްސަލައެއްގެ އިސްތިއުނާފުގައެވެ. އެގޮތުން އެ މައްސަލައިގައި ހައިކޯޓުން ވަނީ ޒިނޭގެ ތުހުމަތު ރައްދުވާ މީހާއާއި، އޭނާގެ ދަރިއެއްކަމަށް ބުނާ ކުއްޖާގެ ޑީއެންއޭ ދިމާވި ނަމަވެސް، އަންހެން މީހާ ބުނާ ބުނުމާއި، ޑީއެންއޭއަށް ބަލައި ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެކަމަށް ނިންމާފައެވެ.

މި ނިންމުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި އިސްތިއުނާފުގައި ސުޕްރީމް ކޯޓުން ގޮތް ނިންމަވާފައިވަނީ އާދިއްތަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޤާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނު އަޅާކިޔާއިރު ޖިންސީ ކުށުގެ ގާނޫނުގައި ސާބިތުކުރުމުގެ މިންގަނޑުން އެންމެ ބާވަތެއްގެ ޒިނޭއެއް އޮތްއިރު، ގާނޫނުލްއުގޫބާތުގައި ސާބިތުކުރުމުގެ މިންގަނޑުން ބަލާނަމަ، ދެ ބާވަތެއްގެ ޒިނޭއެއް އެބައޮތް ކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުލްއުގޫބާތުގައި ސާބިތުކުރުމުގެ މިންގަނޑުން ގިންތި ކުރެވިފައިވާ ދެ ބާވަތުގެ ޒިނޭއަކީ އިއުތިރާފު ނުވަތަ ހެކިންގެ ހެކިބަހުން ސާބިތުވާ ޒިނޭއާއި، ގަރީނާ ފަދަ އެ ނޫން ވަސީލަތްތައް ބޭނުންކޮށްގެން ސާބިތުވާ ޒިނޭކަމަށް ޕްރޮސިކިއުޝަނުން ސުޕްރީމް ކޯޓުގައި ބުނެފައިވާކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ދެބާވަތުގެ ހެކި ބޭނުންކޮށްގެން ސާބިތުކުރެވޭ ދެބާވަތުގެ ޒިނޭގެ ކުށަށް ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ އަދަބުގެ މިންވަރުވެސް ތަފާތުކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޑީއެންއޭއަށް ރިއާޔަތްކޮށް ޒިނޭ ސާބިތު ކުރެވިދާނެ ކަމަށާއި، ނަމަވެސް އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއްކަމަށް ސުޕްރީމް ކޯޓުންވެސް ނިންމާފައިވަނީ މި އަސާސްތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.

މި ބާވަތުގެ މައްސަލަތަކުގައި ޑީ.އެން.އޭ ހެކި ބޭނުންކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާގެ ނަސަބު އޮޅިގެން ހިނގައިދާނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވީނަމަވެސް ނަސަބު ސާބިތުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ހިނގާކަމެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ. އަދި މިބާވަތުގެ މައްސަލަތަކުގައި ނިންމާ ނިންމުމަކުން ކުއްޖާގެ ނަސަބުގެ ހައްގަކަށް އެއްވެސް މިންވަރަކަށް އަސަރެއް ނުކުރާނެ ކަމަށާއި، އަދި މި މައްސަލައިގައި ޑީ.އެން.އޭ ހެކި ބޭނުންކުރުމަކީ ވަކިގޮތަކަށް ކުއްޖާގެ ނަސަބާމެދު ގޮތެއް ކަނޑައެޅިގެންދާނެ ކަމެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވެއެވެ.

ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ މައްސަލައަކީ ވަކި މައްސަލައެއް ކަމަށާއި އެ މައްސަލަ ސާބިތުކުރަން ހުންނަ ޝަރުއީ އަދި ގާނޫނީ އުސޫލުތައްވެސް ތަފާތުކަން ޕީޖީ އޮފީހުން މި މައްސަލައާ ގުޅިގެން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޑީ.އެން.އޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ، އެ ގަރީނާ އަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތުކުރުމަށް ފުދޭނޭ ވަސީލަތެއް ކަމަށެވެ. ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރުގެ އަދަބެއްކަން ފާހަގަކޮށް ސުޕްރީމް ކޯޓުން ބުނީ، މިފަދަ މައްސަލަތަކުގައި އެއްވެސް ހާލެއްގައި ހައްދުގެ އަދަބު ދީގެންނުވާނެ ކަމަށެވެ. އެއާއެކު، މި މައްސަލައިގައި ޒިނޭގެ ކުށް ސާބިތުވާކަމަށް ވަނީ ޙުކުމް ކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ރާއްޖެ އިސްލާހުގެ މަގަށް ޖަހައިފިކަން ވޯޓުން ސާބިތު ވެއްޖެ: މަވޯޓާ ޝަރީފް

11 މެއި 2017
ރާއްޖެ އިސްލާހުގެ މަގަށް ޖަހައިފިކަން ވޯޓުން ސާބިތު ވެއްޖެ: މަވޯޓާ ޝަރީފް
18 އެޕްރީލު 2017

ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ

18 އެޕްރީލު 2017
ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
04 އެޕްރީލު 2017

މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި

04 އެޕްރީލު 2017
މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި
28 މާރިޗު 2017

ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ

28 މާރިޗު 2017
ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު