Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤަސިމް - މައުމޫން

ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން

ދައްކާ ބިރަށް ބެލުމެއް ނެތި ޤާސިމް ވަޑައިގަންނަވަނީ ކުރިއަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 20 މާރިޗު 2017 | ހޯމަ 16:55
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމުން ޢަބްދުލްޤައްޔޫމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމުން ޢަބްދުލްޤައްޔޫމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ، އެކި ފަރާތްތަކުން ދައްކާ ބިރާއި، ކުރިމަތި ކުރުވާ ފިއްތުންތަކަށް ބެލުމެއް ނެތި ޤައުމައްޓަކައި ސާބިތުކަމާ އެކު ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ، ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ތަޢާރަފު ކުރުމަށް އަދީއްތަ ދުވަހުގެރޭ ބޭއްވި ޙަފްލާގައި، ޤާސިމް އިބްރާޙިމް ދެއްކެވި ވާހަކަފުޅުތަކަށް މަރުހަބާ ކިޔައި، އެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޖަލްސާގައި ޤާސިމް ދެއްކެވި ވާހަކަފުޅުން އެމަނިކުފާނު ޤައުމުގެ އިސްލާޙީ މަސައްކަތުގައި ސާބިތުކަމާ އެކު އަދިވެސް ހުންނެވިކަން ދައްކަވައިދެއްވި ކަމަށެވެ. އަދި ހަމަ އެއާ އެކު، އެމަނިކުފާނަކީ އެކި ފަރާތްތަކުން ދައްކާ ބިރާއި، ކުރިމަތި ކުރުވާ ފިއްތުންތަކަށް ބެލުމެއް ނެތި ޤައުމައްޓަކައި ސާބިތުކަމާ އެކު ކުރިޔަށް ވަޑައިގަންނަވާނެ ބޭފުޅެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޤާސިމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ އާއި ތަޢުލީމީ ދާއިރާ އާއި އުމުރާނީ ތަރައްޤީގެ ދާއިރާއިން އަގުނުކުރެވޭނެ ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް އަބަދުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށް، މައުމޫން ފެކްޝަނުން ބުނެފައި ވަނީ ޤާސިމަކީ އަބަދުވެސް ޤައުމާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނުހަނު އިޚުލާސްތެރި ޤައުމީ ބަޠަލެއް ކަމަށެވެ.

ޤާސިމަކީ މިހާރު އޮތް ސަރުކާރު ގެނައުމަށްޓަކައި އަގުނުކުރެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވީނަމަވެސް، އަދުގެ ސަރުކާރުން އެމަނިކުފާނުގެ ވިޔަފާރިއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށާއި، އެކަމާ ހިތާމަކުރާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ޤާސިމްގެ "ހިތްވަރާއި ސާބިތުކަމާއި، ކެރުމަށާއި، ޤައުމުގެ އިސްލާހައްޓަކައި ކެނޑިނޭޅި ކުރައްވާ ޤައުމީ މަސައްކަތްޕުޅަށްޓަކައި"، ސާބަސް ކިޔައި، މައުމުން ފެކްޝަނުން ބުނެފައި ވަނީ، ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކައި އެންމެން އެއްކޮށް، އެއްމިސްރާބަކަށް ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017
ލާމަރުކަޒީ ނިޒާމް ދިފާއުކުރުމަށް މަސައްކަތް ކުރާނަން، ސާބިތުކަމާއި އެކު ދެމި ހުންނާނަން: ސޯބެ

ލާމަރުކަޒީ ނިޒާމް ދިފާއުކުރުމަށް މަސައްކަތް ކުރާނަން، ސާބިތުކަމާއި އެކު ދެމި ހުންނާނަން: ސޯބެ

04 ޖޫން 2017
އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫން ނިކުމެވަޑައިގަތުމަކީ ޤައުމު ސަލާމަތް ކުރުމަށް ޖިހާދަށް ނުކުމެވަޑައިގަތުން:ތޯރިޤް

30 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

އިސްލާހީ މަސައްކަތުގައި ތިއްބެވި މެންބަރުންނަށް ސެލިއުޓް ކުރަން، މިއަދުވެސް މި ލިބުނީ ކާމިޔާބީއެއް: މައުމޫނު

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު