Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ ދުވަސް 2021

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން މިއީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް: ރައީސް

24 އޮކްޓޯބަރު 2021 | އާދީއްތަ 10:38

ޒަމާނީ ޓެކްނޮލޮޖީއަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން މިވަގުތު އެންމެ ބޭނުންވާ ކަންތައް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 10:38
އިބްރާހީމް މުޙައްމަދު ޞާލިޙް، ޒުވާނުންގެ ޖަލްސާގައި ވާހަކަ ދެއްކަވަނީ

އިބްރާހީމް މުޙައްމަދު ޞާލިޙް، ޒުވާނުންގެ ޖަލްސާގައި ވާހަކަ ދެއްކަވަނީ

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން މިއީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހޮނިހިރު ދުވަހުގެރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޒުވާނުންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވަނީ އެކި ދާއިރާތަކުން އެވޯޑް ހާސިލު ކުރި 10 ޒުވާނަކަށް އެވޯޑް ދީފައެވެ.

އެވޯޑް ލިބުނު ޒުވާނުންނަށް އިޝާރާތް ކުރައްވައި, ރައީސް ޞާލިޙް ވިދާޅުވީ، އެވޯޑް ޙާޞިލްކުރި ދާއިރާތަކުން އެ ޒުވާނުން ކުރެއްވި މަސައްކަތްތަކުން ވެސް، ޤައުމުގެ ކަންކަން ރަނގަޅު ކުރުމުގެ ޢަޒުމް ދިވެހި ޒުވާނުންގެ ކިބައިގައި ވަރަށް ރަނގަޅަށް އެބަހުރިކަން ސާބިތުވާ ކަމަށެވެ.

އެވޯޑް ޙާޞިލްކުރި ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ޙިމާޔަތްކުރުން، ދަނޑުވެރިކަން ކުރިއެރުވުން، އަދި މަސްވެރިކަމާއި ފަންނުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ.

މި ޖަލްސާގައި ވަނީ އެ ޒުވާނުންނާ ބެހޭ ވީޑިއޯ ތަޢާރަފެއް ވެސް ދީފައެވެ.

ރައީސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ކުރިއެރުވުން މިއީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. މަސްވެރިކަން ވެސް އަދި ދަނޑުވެރިކަމާއި އެހެނިހެން މަސައްކަތްތައްވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށް ވުރެ މާބޮޑަށް މާލުއިފަސޭހަކޮށް، ތަރައްޤީކޮށް ކުރިއެރުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްޞާ އިތުރުކުރުމަށް ސަރުކާރުން ވަރަށް މުހިންމު މަސައްކަތް ކުރައްވާ ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޭގެ ތެރެއިން އެއް ކަމަކީ މަސައްކަތުގެ ހުނަރު ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށްޓަކައި، މިއަހަރު ފަށައިގެން ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ.

ޤައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫޙު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ކުރިއަށްދާ ކަމަށާއި، މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއަރސް ޕްރޮގްރާމްގައި މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް, މިހާރު އަންނަނީ ޤައުމީ ކަންކަމުގައި ބައިވެރިވަމުންނެވެ. ކޮވިޑް ފެސިލިޓީތަކުގައި ވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް