Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފްލެމިންގޯގެ ރީތި ބައެއް އާދަތައް

ލީޑަރޝިޕާއި ކެތްތެރިކަމާއި ވަފާތެރިކަމުގައި ފްލެމިންގޯ ވަރަށްވެސް ތަހުޒީބެވެ.

22 އޮކްޓޯބަރު 2021 | ހުކުރު 17:32

ކެތްތެރިވާންޖެހޭ ހާލަތުގައި އަޖާއިބުކުރުވަނިވި ދަރަޖައަކަށް ކެތްތެރިކަން ފާޅުކުރޭ

| 22 އޮކްޓޯބަރު 2021 | ހުކުރު 17:32
ފްލެމިންގޯ ޖޯޑެއް: ރޮމޭންސްގެ ގޮތުން ވަރަށް ފާހަގަކުރެވޭ ރީތި އާދަތަކެއް ތަމްސީލުކޮށްދޭ ދޫންޏެއް

ފްލެމިންގޯ ޖޯޑެއް: ރޮމޭންސްގެ ގޮތުން ވަރަށް ފާހަގަކުރެވޭ ރީތި އާދަތަކެއް ތަމްސީލުކޮށްދޭ ދޫންޏެއް

ފްލެމިންގޯއަކީ ދިވެހީންނަށް ވަރަށް އައު ނަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އެނަން ކިޔާ ދޫންޏަކީ ދިވެހީންނަށް އައު ދޫންޏެއް ނޫނެވެ. އެ ދޫނީގެ އާދަތަކާއި ސިފަޔަށް ނިސްބަތްކޮށްފައި ދިވެހީން އެޔަށް އެކިކަހަލަ ނަންނަން ކިޔަމުން އައިސްފައިވާކަމީ އެދޫންޏާއި ދިވެހިން ނުހަނު ބޮޑަށް ދޯޅުކަމަށް ދަލީލުކުރާ ކަމެކެވެ. ގުޑުގުޑާ ދޫންޏޭވެސް ކިޔައެވެ. އެހެން ކިޔަނީ ކަރުދިގުވެފައި ތިންގުދު ނޮޅިޔަކާއި ވައްތަރުކަމުންނެވެ. ސަފުހަދާ ދޫންޏޭވެސް ކިޔައެވެ. އެއީ އައިންއައިނަށް ޖަމާއަތެއްގެ ގޮތަށް ވަރަށް ތަރުތީބުން އުޅޭ އަދި އިޖުތިމާއީ ގުޅުންތަކަށް އިސްކަންދޭ ދޫންޏަކަށްވާތީއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހާއި އަނެއް އަހަރުގެ މާރިޗްމަހާއި ދޭތެރޭގައި މިދޫނިތައް ދުނިޔޭގެ އެކި ބިތްބިތަށް ދަތުރުކޮށް އުޅެއެވެ. އެގޮތުން ރާއްޖޭގައިވެސް ޓްރާންސިޓް ކުރަނީއެވެ.

އެސޮރުމެންގެ އަމިއްލަ ވަޒަނަކަށް ހަދައިގެން މުޅިއަހަރު ދިވެހިރާއްޖޭގައި ނޫޅުނަސް އިންސާނުން މިރަށްތަކުގައި ދިރިއުޅެން ފެށުމުގެ މާކުރިންވެސް ފްލެމިންގޯ ދޫނިތަކުގެ ދަތުރުފަތުރުގެ މަންޒިލަކަށް ރާއްޖެ ހިމެނިފައިވާނޭކަމީ ކަށަވަރު ކަމެކެވެ. މޫސުމީ ދޫންޏެއްގެ ގޮތުގައި އެސޮރުމެން ދިވެހީންނަށް އެނގި ދަސްވިތާ އެތައް ހާސް އަހަރެއް ވާނީ ވެފައެވެ. ކޮންމެ އަހަރަކުވެސް ފިނިމޫސުމުގެ އަސަރުތައް ފެންނާންފެށީމާ އެސޮރުމެން އެކުރާ ދަތުރުގައި ދިވެހިރާއްޖޭގައި އަންނަނީ މަޑުކުރަމުންނެވެ. އެކިއަހަރު އެކި މިންވަރަށެވެ. މިއަހަރު ތަންކޮޅެއް ގިނައީކަންވެސް ނޭނގެއެވެ. މުޅިން އައު އެއްޗެއް ފެނިގެން އުޅޭ ބީދަޔަކުން ވަރަށް ގިނަބަޔަކު އެސޮރުމެންގެ ފޮޓޯ ހިއްސާކުރަމުން ލިޔުންތައް ލިޔަމުންދާތީ އެބަފެނެއެވެ. އެހެންވެދާނެއެވެ. ކުރީޒަމާނުގައި ކުއްޅަވައް ނޭނގޭކަމަށް ހެދޭ މީހުންގެ ވާހަކަވެސް މީހުން ކިޔައި އުޅުނެވެ.

ފްލެމިންގޯ އާއިލާއަށް ނިސްބަތްވާ ހައެއްކަ ވައްތަރު އުޅޭކަމަށްވެއެވެ. އެސޮރުމެން އާއްމުގޮތެއްގައި ދިރިއުޅެނީ ދެކުނު އެމެރިކާއާއި އެފްރިކާ އަދި އޭޝިއާގެ އެކި ސަރަހައްދުތަކުގައެވެ. މާ ހަލުވި ދޫންޏެއް ނޫނެވެ. ކަރުދިގުވެފައި ފައިވެސް ދިގުވެފައި ހަށިގަނޑުގެ ސައިޒުވެސް ބޮޑުވީމާ ކަމަށް ވެދާނެއެވެ. އެކަމަކު މިއީ އިޖުތިމާއީ އަދަބުސަދަބާއި އެކުވެރިކަމާއި އެކަތި އަނެކައްޗަށް އޮންނަ ކުލުނާއި ވަފާތެރިކަމުގެ ގޮތުން ވަރަށްވެސް ލާމަސީލު ދޫންޏެކެވެ. ދޫނިސޫފާސޫފީގެ ތެރޭގައި ގިނައީ ކުކުޅުހާލުގެ އުސޫލަށް ތަބާވާ ތަކެއްޗެވެ. ބައިވެރިޔަކު ޚާއްސަކޮށްގެން ކަންކަން ހިއްސާކޮށްގެން ޒިންމާދާރުވެގެން އުޅުމުގެ ސިފަ އެއްވެސް ވަރަކަށް ނުހުރެއެވެ. އެކަމަކު ދިވެހީން ކުއްލިޔަކަށް އެސޮރުމެންގެ ވާހަކަ ދައްކަމުންމިދާ ފްލެމިންގޯ ދޫނި މުޅިން ތަފާތެވެ.

އެންމެ ޚާއްސަ އެއްސިފަޔަކީ ފްލެމިންގޯ ދޫންޏެއް ބޮޑުވެ ފުރާފުރިހަމަ ވުމަށްފަހުގައި އިޚުތިޔާރުކުރާ ބައިވެރިޔަކީ ގިނަދުވަހުގެ ބައިވެރިއަކަށް ވުމެވެ. ފެންނަހާ ދޫންޏަކަށް ހިތްކިޔަމުން މައްލަވަކުރަމުން ފޭލިދެމުން ނޫޅޭނެއެވެ. ވަފާތެރިކަމުގައި ނަމޫނާ ދައްކާނެއެވެ. އެހީތެރިވުމުގައިވެސް ނަމޫނާ ދައްކާނެއެވެ. އަންހެން ދޫނި އާއްމުގޮތެެއްގައި އަޅާނީ ބޮޑު އެއްބިހެވެ. އޭގެ ބައްޓަން ކުކުޅުބިހާއި ދާދި އެއްގޮތެވެ. މަދުފަހަރެއްގައި ދެބިސްވެސް އަޅައިފާނެއެވެ. ކޮންމެއަކަސް އެބިސް ފީކޮށް ފިޔޮކަކަށް ބަދަލުވެ ބޮޑުވާންދެންވެސް ފިރިހެން އެތީގެ އެހީތެރިކަން ބަރާބަރަށް ލިބެމުންދާނެއެވެ. ބިސްއަޅައިގެން އޮންނައިރު ނުވަތަ ޅަތަކެއްޗާއެކު އަންހެންދޫނި އުޅޭނެ ހާލަކަށް އުޅޭން ފިރިހެންއެތި ދުލެއް ނުކުރެއެވެ. އެހެން ބައިވެރިޔަކު ހޯދުމެއްވެސް ނޯވެއެވެ.

އަންހެން ދޫންޏާއި ފިރިހެންދޫނީގެ ލޯބީގެ ހަރަކާތްތައްވެސް ނުހަނު ރޮމޭންޓިކެވެ. ތިންގުދު ނޮޅިޔަކާ ވައްތަރުގެ ކަރެއް ލިބިގެންވާތީ އެކަތި އަނެކައްޗާ މުއާމަލާތުކުރާއިރު ބައެއްފަހަރަށް ހިތުގެ ބައްޓަމެއްވެސް ސިފަވެގެންދެއެވެ. ހިތަކީ އިންސާނުންގެ ލޯބި ރަމްޒުކޮށްދޭ އެއްޗެކެވެ. ފްލެމިންގޯ ދޫނީގެ ޖޯޑެއް ރޮމޭންޓިކް ގޮތްގޮތަށް އުޅޭއުޅުމުގައި ދެތުން ކައިރިކޮށްގެން ތިބޭ ވަގުތު ސިފަވާނީ މަތީގައިވާ ފޮޓޯއިން އެފެންނަ ގޮތަށް ހިތަކާއެވެ. އެހެންވީމާ ފްލެމިންގޯއަކީ ހަގީގަތުގައިވެސް ރޮމޭންޓިކް ދޫންޏަކީއެވެ. އޭގެ އިޖުތިމާއީ އަދި އާއިލީ ޒިންމާތަކުން އިންސާނުންނަށް ވެސް އެއްޗެއް، ނުވަތަ ދޭއްޗެއްވަރު ދަސްކުރެވިދާނެއެވެ. ދިވެހީންވެސް ހިމެނޭގޮތުންނެވެ. އެހެނީ އާއިލީ ޒިންމާޔާއި އިޖުތިމާއީ ޒިންމާތައް އަދާނުކުރެވިގެން ނުކުންނަ މައްސަލަތަކުގެ ވާހަކަ ކޮންމެ ދުވަހަކުވެސް މިދަނީ އިވެމުންނެވެ.

ފްލެމިންގޯއަކީ އެކަނިއެކަނި ނަފްސީވެގެން އުޅޭ ދޫންޏެއް ނޫނެވެ. އެހެންވީމާ ލީޑަރޝިޕްގެ ކަންކަމުގައިވެސް އެސޮރުމެންގެ ކިބައިން އިންސާނުން ދަސްކުރާންވީ ކަންކަން އެބަހުއްޓެވެ. ހިޖުރައިގެ ދަތުރުގައި ވީއަކުރުގެ ބަައްޓަމަށް އެކަތި ކުރީގައި އޮވެގެން އެތައް ސަތޭކަ ނުވަތަ އެތައްހާސް ދޫންޏެއް އޭގެ ފަހަތުން އުދުހިފައިދާއިރު އެންމެ ބުރަކޮށް އުޅޭނީ އެންމެ ކުރީގައި އޮންނަ ދޫންޏެވެ. އެއީ ލީޑަރެވެ. އެސޮރު އަވަހަށް ވަރުބަލިވާނެތީ އޭގެ ބަދަލުގައި ވަކި ތަރުތީބަކުން އެހެން ދޫނިތައްވެސް އެމަގާމަށް އަންނާނެއެވެ. ލީޑަރޝިޕަކީ ހިއްސާކުރެވޭ ޒިންމާއެކެވެ. އެއީ އިނާމެއް ނޫނެވެ. އެއީ ހަކަތަ އެންމެ އަވަހަށް ހުސްވެގެންދާ އެންމެ ބޮޑު ޒިންމާއެވެ. ދޫނި އައިނުގެ ތެރެއިން އެންމެ އެއްޗަކަށް ނުރައްކަލެއް ކުރިމަތިވިޔަސް އެ ނުރައްކަލަކާ ކުރިމަތިލާނީ މުޅި ލަޝްކަރެވެ. ވާނެ އެއްޗެއް ވާން ދުލެއް ނުކުރާނެއެވެ.

ފްލެމިންގޯގެ ޚާއްސަ އަނެއް ސިފަޔަކީ ކެތްތެރިކަމެވެ. އެއްފައިމަތީގައި ގުޑާވެސް ނުލައި ހުރުން ތަބައީގޮތުން އެސޮރަށް ފަސޭހައަކީ ނޫނެވެ. އެކަމަކު ކާބޯތަކެތި އެއްކުރުމުގައި ކެތްތެރިވާންޖެހޭ ހާލަތުގައި އެއްފައިމަތީގައި ހަތަރު ގަޑިއިރުވެސް ގުޑާނުލައި ހުރެދާނެއެވެ. އެސޮރުމެންގެ ކެތްތެރިކަން ހުންނަނީ އެފެންވަރުގައެވެ. އިންސާނުންނަށްވެސް އެއްފައިމަތީގައި ތިބެވިދާނެއެވެ. އެކަމަކު އެއްފައިމަތީގައި މިނިޓެއްހާއިރުވެސް ކެތްކޮށްލުމަކީ ގިނަފަހަރު ނުކުރެވޭ ކަމެކެވެ. ކޮންމެއަކަސް ފްލެމިންގޯގެ އާދަޔާ ޚިލާފު މި ސިފަތަކުގެ ސަބަބުން ވަރަށް ގިނަ ސަގާފަތްތަކުގައި އެސޮރުމެންނަށް ޚާއްސަ މަގާމެއް ދެވިފައިވެއެވެ. ކެރީބިއަންގެ ބައެއް ގައުމުތަކުގެ ގައުމީ ދޫންޏަކީވެސް ފްލެމިންގޯއެވެ. އެސޮރުމެން ހިފައި ހައްޔަރުކޮށް ގޯނާކުރުމަކީ ގާނޫނީގޮތުން ކުށެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖުލައި 2025

ފުނަދޫ ދަށްފަޅު ފްލެމިންގޯގެ ޚާއްސަ މަންޒިލެއް

19 ޖުލައި 2025
ފުނަދޫ ދަށްފަޅު ފްލެމިންގޯގެ ޚާއްސަ މަންޒިލެއް
29 އޮކްޓޯބަރު 2023

ރައީސް ޞާލިޙުގެ ކެތްތެރިކަމާއި، ހިތްތިރިކަން ޝަހީމަށް އެނގިވަޑައިގެންނެވީ ކުޑަތަންކޮޅެއް ލަހުން!

29 އޮކްޓޯބަރު 2023
ރައީސް ޞާލިޙުގެ ކެތްތެރިކަމާއި، ހިތްތިރިކަން ޝަހީމަށް އެނގިވަޑައިގެންނެވީ ކުޑަތަންކޮޅެއް ލަހުން!
23 ޖޫން 2022

ފްލެމިންގޯއެއްހެން ކިހާ އިރެއް ވަންދެން ހުރެވިދާނެ؟

23 ޖޫން 2022
ފްލެމިންގޯއެއްހެން ކިހާ އިރެއް ވަންދެން ހުރެވިދާނެ؟
03 މާރިޗު 2022

ދިވެހީން ދަތުރުކުރާން އޮތް ކުޅިވަރުގެ މަގު ވަރަށްވެސް ދިގު

03 މާރިޗު 2022
ދިވެހީން ދަތުރުކުރާން އޮތް ކުޅިވަރުގެ މަގު ވަރަށްވެސް ދިގު
21 އޮކްޓޯބަރު 2021

ފްލެމިންގޯގެ ފޮޓޯ ނުލަނީ ކޮން ބައެއް؟

21 އޮކްޓޯބަރު 2021
ފްލެމިންގޯގެ ފޮޓޯ ނުލަނީ ކޮން ބައެއް؟
30 އެޕްރީލު 2021

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

30 އެޕްރީލު 2021
މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
27 މެއި 2020

ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!

27 މެއި 2020
ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!
10 ޖުލައި 2019

ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތާއިއެކު ކުޅިވަރަށްވެސް އާ އުއްމީދެއް

10 ޖުލައި 2019
ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތާއިއެކު ކުޅިވަރަށްވެސް އާ އުއްމީދެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް