Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް ޞާލިޙުގެ ކެތްތެރިކަމާއި، ހިތްތިރިކަން ޝަހީމަށް އެނގިވަޑައިގެންނެވީ ކުޑަތަންކޮޅެއް ލަހުން!

އާންމުން ބުނެފައިވާ ގޮތުގައި، ތަންކޮޅެއް ކުރިން ޝަހީމަށް އެކަން އެނގިވަޑައިގެންނެވި ނަމަ، ޝަހީމް ވެސް ހުންނަވާނީ ރައީސް ޞާލިޙު އާއެކުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2023 | އާދީއްތަ 02:48
ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަކީ ކެތްތެރިކަމާއި، ހިތްތިރިކަމުގެ ލާމަސީލު ނަމޫނާއެއް ކަން ދިވެހި ގިނަ ރައްޔިތުން ދަންނާނެ އެވެ. ވެރިކަމުގެ ފަސް އަހަރު ދުވަސް އެމަނިކުފާނު އެ ނިންމަވާލައްވަނީ އެއްވެސް މީހަކަށް ބަދު ބަހެއް ވެސް ބުނެ ނުލަ އެވެ. އަނެއްކޮޅުން، އެކި ގޮތްގޮތުން އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ރައްދު ކުރަމުން އައި ބަސްތަކާއި، އަމަލުތަކަށް ވެސް ކުރިމަތިލެއްވީ ޙިކުމަތްތެރިކަމާއެކު އެވެ. ވިސްނުންފުޅު އިސްކުރައްވާ، ވިދާޅުވާ ކޮންމެ ވާހަކައެއްމެ ވިދާޅުވަނީ ވަރަށް ފުންކޮށް ވިސްނަވާފަ އެވެ. އެމަނިކުފާނަކީ އަޚުލާޤު ރަނގަޅު، ބޭފުޅެއްކަމަށް ގިނަ ރައްޔިތުން އައި ބުނަމުންނެވެ.

ރައީސް ޞާލިޙުގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ވަނީ އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފުރަތަމަ ކޯލިޝަން އެވެ. ވެރިކަމަށް ވަޑައިގެންނެވީ ގިނަ ޕާޓީތަކެއް ހިމެނޭހެން، ކޯލިޝަނަކުން ކަމަށް ވާތީ، އަބަދު ވެސް ރައީސް ޞާލިޙު ބެއްލެވީ ކޯލިޝަން އެގޮތުގައި ދެމެހެއްޓެވޭތޯ އެވެ. ވެރިކަމަށް ދެ އަހަރުވެ، ރަނގަޅަށް ހިންދެމިނުލެވިގެން އުޅެނިކޮށް، ކޯލިޝަންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދުނެވެ. އެކި އެކި މައްސަލަތަކުގަ އެވެ. ކޯލިޝަން ސަރުކާރެއް ނުހިންގޭނެ ކަމަށް ވިދާޅުވެ، އަމިއްލަފުޅު ޕާޓީގެ ރައީސް އަބަދުމެ އެ ވާހަކަ ދެއްކެވި އެވެ. ނަމަވެސް، ފަސް އަހަރުގެ ދައުރު ރައީސް ޞާލިޙު އެ ނިންމަވާލަނީ ކޯލިޝަން އެގޮތުގައި ބާއްވައިގެންނެވެ.

ކޯލިޝަންގެ ތެރެއިން ވެސް އެކި އެކި މައްސަލަތައް ކުރިމަތިވި އެވެ. ހުރިހާ ލީޑަރުން ހިތްޕުޅާވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެތާ އެވެ. އެހެންވިޔަސް، ތަފާތު ޚިޔާލުތަކުގެ ގިނަ ބަޔަކު ގޮވައިގެން ފަސް އަހަރުގެ ދައުރެއް ނިންމަވާލެވޭނީ، ޙިކުމަތްތެރި ލީޑަރަކަށެވެ. ފަހު ވަގުތު ކޯލިޝަންގެ ބައެއް ލީޑަރުން ސީދާ ސަރުކާރާ ދެކޮޅަށް ނިކުންނެވި އެވެ. ނަމަވެސް، އެއިން އެއްވެސް ޕާޓީއެއްގެ ބޭފުޅަކު ސަރުކާރުގެ މަގާމުން ވަކިކޮށްފައެއް ނެތެވެ. ހެނދުނު ރަސްމީ ގަޑިން ފެށިގެން ގޮސް، ރަސްމީ ގަޑި ނިމެންދެން ބައެއް ވަޒީރުން ދެއްކެވީ ސަރުކާރުގެ މޮޅު ވާހަކަ އެވެ. އޮއްސާލައްވަނީ ރައީސް ޞާލިޙަށް ތައުރީފުގެ ބަސްތަކެވެ. އެކަމަކު، ރޭގަނޑު އަމިއްލަ ޕާޓީން ބާއްވާ ޖަލްސާގައި ވިދާޅުވަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވަން ޖެހޭ ވާހަކަ އެވެ. މިވަރަށް ކޯލިޝަންގެ ބައެއް ބޭފުޅުން ކަންތައް ކުރެއްވި ނަމަވެސް، ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނުނީ ވީ ވައުދާ އެއްގޮތަށް ކޯލިޝަން ހިފެހެއްޓެވި މަންޒަރެވެ.

ދެން ރައީސް ޞާލިޙަށް ކުރިމަތިވީ އަމިއްލަފުޅު ޕާޓީގެ އެތެރޭގެ ފިއްތުންތަކެވެ. ޒަމާންވީ އެންމެ ގާތް ރަޙުމަތްތެރިޔާ، ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ސަޕޯޓަރުން ސީދާ ރައީސް ޞާލިޙާ ދެކޮޅަށް ނިކުނެންވި އެވެ. ރައީސް ޞާލިޙާ ގުޅޭ ގޮތުން އެތަކެއް ދޮގު ވާހަކަތަކެއް ދައްކައި، ރައީސް ޞާލިޙުގެ އަބުރުފުޅު ކަތިލެއްވުމަށް މަސައްކަތް ކުރެއްވި އެވެ. މިކަންކަމާ ވެސް ރައީސް ޞާލިޙު ކުރިމަތިލެއްވީ ޙިކުމަތްތެރިކަމާއެކު އެވެ. އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވީ ވެސް ވަރަށް ހަމަޖެހިގެން ހުންނަވަ އެވެ. ރައްދުގައި އެއްވެސް މީހަކަށް ބަދު ބަހެއް ނުވަތަ ދެރަ ބަހެއް ވިދާޅެއް ނުވެ އެވެ. އަމުދުން ހުުތުރު ބަހަކުން މުޚާތަބެއް ނުކުރައްވަ އެވެ.

ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ވެސް އިދިކޮޅު ކެންޑިޑޭޓުން ރައީސް ޞާލިޙާ ގުޅިވައިގެން އެތަކެއް، އެތަކެއް ދޮގު ވާހަކަތަކެއް ފެތުރި އެވެ. ނަމަވެސް އެކަންކަމާއެކު ވެސް ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނިލެއްވީ ލާމަސީލު ނަމޫނާ އެކެވެ. އެއިން އެއްވެސް ވާހަކައެއްގައި ޖެހިވަޑައިގެން، އެމަނިކުފާނުގެ ފަރާތުން ގޯސް ސިފައެއް ފެނިފައެއް ނުވެ އެވެ. މުޅި ކެމްޕެއިން ނިންމަވާލެއްވީ، އިދިކޮޅު އެއްވެސް ފަރާތަކަށް ބަދު ބަހެއް ވިދާޅުނުވެ އެވެ.

ރިޔާސީ އިންތިޚާބު ނިމި، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާއިރު ވެސް، ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނިފައި ވަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އާއެކު އިލެކްޝަންސް ކޮމިޝަނުން ވެސް ވިދާޅުވީ އެ ވާހަކަ އެވެ. މީގެ ކުރީ އިންތިޚާބުތަކުގައި، ސަރުކާރުގައި ހުންނަވާ ބޭފުޅާ ބަލިވުމުން، އިލެކްޝަންސް ކޮމިޝަންގެ އިންސާފުވެރިކަމާމެދު ސުވާލު އުފެއްދި ނަމަވެސް، މިފަހަރު އެ މަންޒަރެއް ނުފެނެ އެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކޮށް، ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ. ބަދަލުގައި ހުރިހާ ކަމެއްގައި ގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ.

އެކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރުން ވެސް ޤަބޫލުކުރައްވަ އެވެ. އިންތިޤާލީ ކޮމެޓީގައި އިސްކޮށް އުޅުއްވާ، ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙުގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ސުލްހަވެރި، އަޚުލާޤީ ސިޔާސަތެެކެވެ. އެގޮތުން އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޞާލިޙު ހުރަސްއަޅުއްވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއާއެކު ސޯޝަލް މީޑިއާ ގައި ބައެއް އާންމުން ބުނަމުން ގެންދިޔަ އެވެ. ރައީސް ޞާލިޙުގެ ކެތްތެރިކަމާއި، ޙިކުމަތްތެރިކަން ޑރ ޝަހީމަށް އެނގިވަޑައިގެންނެވީ މާލާހުންނެވެ. އެމަނިކުފާނުގެ މުޅި ފަސް އަހަރުން ވެސް ފެންނަން ހުރީ އެކަންތައްތައްކަން ފާހަގަކޮށް އާންމުން ބުނެފައިވާ ގޮތުގައި، ތަންކޮޅެއް ކުރިން ޝަހީމަށް އެކަން އެނގިވަޑައިގެންނެވި ނަމަ، ޝަހީމް ވެސް ހުންނަވާނީ ރައީސް ޞާލިޙު އާއެކު އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު