Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފްލެމިންގޯ ޓެސްޓު

ފްލެމިންގޯއެއްހެން ކިހާ އިރެއް ވަންދެން ހުރެވިދާނެ؟

ބްރިސްޓަލް މެޑިކަލް ސްކޫލްގެ ތަޖުރިބާކާރުންވެސް ހިމެނޭހެން ބައިނަލްއަގުވާމީ ރިސާޗަރުންގެ ޓީމަކުން ވަނީ، އުމުރުން 51 އަހަރާއި 75 އަހަރާއި ދެމެދުގެ 1702 މީހެއްގެ މައުލޫމާތު ވަޒަން ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 05:41
އެއް ފައި މައްޗަށް ބެލެންސް ކޮށްގެން ކަސްރަތު ކުރަނީ

އެއް ފައި މައްޗަށް ބެލެންސް ކޮށްގެން ކަސްރަތު ކުރަނީ

ފުރިހަމަ ޞިއްޙަތަކީ ކޮންމެ އިންސާނަކަށްވެސް މި ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމަށް ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ސަބަބުތައް ބައިވެރިވަރެވެ. އަމިއްލަ ނަފުސަށް އަޅާލުމާއި އޯގާތެރިވުމާ ހިސާބުން ބެލިކަމުގައިވިއަސް، ޞިއްޙަތަށް ފަރުވާތެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ނަމަވެސް، ޅަ، ޒުވާން ދުވަސްވަރު، ޞިއްޙަތަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތް، ގިނަ ފަހަރު އޮންނަނީ ނުވެފައެވެ. އެކަމުގެ ކޮޅުމަތި ފެންނަން ފަށަނީ މެދު އުމުރަށް އަޅާ ހިސާބުންނެވެ. ކަން މިހެން އޮތް އިރު، މެދު އުމުރުގެ ދުވަސްވަރަށް ފެށުމުން، އެއް ފައިމައްޗަށް ބެލަންސް ކޮށްގެން ހުރެވޭތޯ ދޭތެރެ ދޭތެރެއިން ޓެސްޓުކޮށްލުން މުހިންމު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ، އެއް ފައި މައްޗަށް ބެލަންސް ކޮށްގެން 10 ސިކުންތު ނުހުރެވޭ މީހުން، ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި މަރުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ. އެއްވެސް މީހަކަށް، މަރު އޭނާއާ ބައްދަލު ކުރާނެ ވަގުތެއް ނޭނގޭނެއެވެ. ނަމަވެސް ހަށިގަނޑުން ދޭ އިންޒާރުގެ ސިގުނަލްތަކަށް ސަމާލުވެ، ދުނިޔޭގައި ހުރި ދުވަހު، ދުޅަހެޔޮ ޞިއްޙަތެއް ހޯދަން މަސައްކަތް ކުރެވިދާނެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މެދު އުމުރާއި ދޮށީ އުމުރުގެ އަންހެނުންނާ ފިރިހެނުން ލައްވާ "ފްލެމިންގޯ ޓެސްޓު" ނުވަތަ އެއް ފައި މައްޗަށް ބެލަންސް ކުރުމުގެ ޓެސްޓު ހައްދައިގެން، އެމީހެއްގެ ފުރާނައަށް ނުރައްކާ ވެފައި ވާ މިންވަރު ވަޒަން ކުރުމާ ބެހޭ މުހިންމު މައުލޫމާތުތަކެއް ލިއްބައިދޭނެއެވެ.

ބްރިސްޓަލް މެޑިކަލް ސްކޫލްގެ ތަޖުރިބާކާރުންވެސް ހިމެނޭހެން ބައިނަލްއަގުވާމީ ރިސާޗަރުންގެ ޓީމަކުން ވަނީ، އުމުރުން 51 އަހަރާއި 75 އަހަރާއި ދެމެދުގެ 1702 މީހެއްގެ މައުލޫމާތު ވަޒަން ކޮށްފައެވެ. އެމީހުންނަކީ ބްރެޒީލް މީހުންނެވެ. ދިރާސާގައި ބައިވެރިވި އެންމެންވެސް ވަނީ އެމީހުންގެ ޞިއްޙަތާ ބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ. އަދި އެމީހުންގެ ހެލްތު-ޗެކަޕްތައް ހެދުމުގެ ތެރެއިން، އިތުރު އެއްވެސް އެހީއަކާ ނުލާ، 10 ސިކުންތު ވަންދެން، 1 ފައި މައްޗަށް ބެލަންސް ކުރަން ޖެއްސިއެވެ.

ފްލެމިންގޯ ޓެސްޓު ހެދުމަށްޓަކާ އެމީހަކު އަރައިގެން ހުންނަ ފައިވާން، ބޫޓު އަދި އިސްޓާކީނުވެސް ބާލަން ޖެހެއެވެ. ބިމުން މައްޗަށް ހިއްލާ ފައިތިލައިގެ މަތި، އަނެފައިގެ ފަހަތުގައި ޖައްސަންޖެހެއެވެ. ދެ އަތް ހުންނަންޖެހޭނީ ދެ ފަރާތަށް ދޫކޮށްލާފައެވެ. އަދި މޫނު ސީދަލަށް ބަހައްޓާ، ކުރި މައްޗަށް ބަލަން ހުންނަން ޖެހެއެވެ. އެ ގޮތަށް 10 ސިކުންތު ހުންނަން ޖެހެއެވެ. ކޮންމެ ބައިވެރިއަކަށްވެސް 3 ފުރުޞަތު ދިނެވެ.

ދިރާސާގެ ނަތީޖާއަށް ބަލާއިރު ކޮންމެ 5 މީހަކުން 1 ނުވަތަ 20 ޕަސެންޓް މީހުން ވަނީ ޓެސްޓުން ފެއިލްވެފައެވެ. އުމުރުން ދޮށީ ވަމުން ދިޔަ ވަރަކަށް އެ ނިސްބަތް ދިޔައީ އިތުރު ވަމުންނެވެ. އުމުރުން 51 އަހަރާއި 55 އަހަރާ ދެމެދުގެ 5 ޕަސެންޓް މީހުން ޓެސްޓުން ފެއިލްވިއިރު، އުމުރުން 71 އަހަރާއި 75 އަހަރާ ދެމެދުގެ 54 ޕަސެންޓް މީހުން ވަނީ ފެއިލްވެފައެވެ.

ޓެސްޓުން ފެއިލްވި ގިނަ މީހުންނަކީ އުމުރުން ދޮށީ، ބަރުދަނުގެ ގޮތުން ބުރަހެލި އަދި ހަކުރު ބައްޔަށް ޑައެގްނޯޒް ވެފައިވާ މީހުން ކަމުގައިވުމުގެ ފުރުޞަތު ބޮޑެވެ.

ބްރިޓިޝް ޖާނަލް އޮފް ސްޕޯޓްސް މެޑިސިންގައި ޝާއިއު ކޮށްފައި ވާ ދިރާސާގެ ބައިވެރިންގެ ހާލަތު، އެތައް އަހަރެއް ވަންދެން ވަނީ ވިލަރެސް ކޮށްފައެވެ.

ފޮލޯ-އަޕް އޮތީ 7 އަހަރު ފަހުންނެވެ. ފޮލޯ-އަޕްއަށް ދިޔަ އިރު ބައިވެރިންގެ 7 ޕަސެންޓް ނުވަތަ 123 މީހަކު މި ދުނިޔެއާއި ވަކިވެއްޖެއެވެ. ޓެސްޓުން ފެއިލްވި މީހުންގެ 17.5 ޕަސެންޓް މީހުން އޭގެ ތެރޭގައި ހިމެނުނުއިރު، ފާސްވި މީހުންގެ ތެރެއިން މަރުވި މީހުންގެ ލިސްޓުގައި ހިމެނުނީ 4.6 ޕަސެންޓް މީހުންނެވެ.

ތަފާތު އެކި ސަބަބުތައް ބަލާ ހޯދާ، ވަޒަން ކުރުމަށްފަހު ދިރާސާ ޓީމުން ނިންމުމެއް ނިންމިއެވެ. އިތުރު އެހީއަކާ ނުލާ، 10 ސިކުންތު ވަންދެން އެއް ފައި މައްޗަށް ބެލަންސް ކުރަން ފެއިލްވުމަކީ، މަރާ ކުރިމަތިލާން ޖެހުމުގެ ނުރައްކާ، 84 ޕަސެންޓަށް ބޮޑު ކުރާ ކަމެއް ކަމުގައި ކަނޑައެޅިއެވެ.

ފްލެމިންގޯ ޓެސްޓަކީ ހަދާލަން ފަސޭހަ، އަދި އެކަމަކަށް ހޭދަ ކުރަން ޖެހޭ ވަގުތުވެސް މަދު ޓެސްޓަކަށް ވާ އިރު، މިއީ ގަވައިދުން ކުރަން މުހިންމު ޓެސްޓެއް ކަން ރިސާޗަރުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއީ މީހާގެ ސްޓެޓިކް ބެލަންސްއާ ބެހޭ  މުހިންމު މައުލޫމާތު ފޯރުކޮށްދޭ ޓެސްޓެއް ކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޑީސެންޓްރަލައިޒޭޝަން: ތަރައްގީ ކުރުމުގައި ރާއްޖެއާ ގުޅެނީ ކިހާވަރަކަށް؟

ފިސްކަލް ޑީސެންޓްރަލައިޒޭޝަން: ތަރައްގީ ކުރުމުގައި ރާއްޖެއާ ގުޅެނީ ކިހާވަރަކަށް؟

24 އޯގަސްޓު 2018
ޖަޒީރާ ނޭވާލުން – ކިހާ ވަރަކުން ދާނެބާ؟

ޖަޒީރާ ނޭވާލުން – ކިހާ ވަރަކުން ދާނެބާ؟

23 ޖޫން 2018
މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

މުދާ އުފުލާ ގަވާއިދަށް ގެނައި ބަދަލުގެ މަގްސަދު ހާސިލު ވާނީ ކިހާވަރަކަށް؟

01 އެޕްރީލު 2018
މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

20 ނޮވެމްބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު