Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެއަށް ހިޖުރަކުރާ ދޫނި

ފްލެމިންގޯގެ ފޮޓޯ ނުލަނީ ކޮން ބައެއް؟

21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:04

އާންމުންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ފްލެމިންގޯ ހިފައި އަގުބޮޑުކޮށް ވިއްކަން ހުރުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:04
ފްލެމިންގޯ

ފްލެމިންގޯ

މިދުވަސްވަރަކީ ރާއްޖެއަށް އެކި ބާވަތްބާވަތުގެ ދޫނި ހިޖުރަކުރަން ފަށާފައިވާ ދުވަސްވަރެކެވެ. ދުނިޔޭގެ މޫސުން ބަދަލުވާ ދުވަސްވަރެވެ. މިދުވަސްވަރު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެންދިޔަ އެއްކަމަކީ ފްލެމިންގޯއެއް ވިއްކުމަށް ސޯޝަލް މީޑިއާގައި ކުރެވުނު ޕޯސްޓެކެވެ. ދޫނި ވިއްކުމަށް ސޯޝަލް މީޑިއާގައި ހުށައަޅާފައިވާ އަގަކީ 30،000ރ އެވެ.

މިކަމަކީ ނުހަނު ސީރިއަސް މައްސަލައެއް ނަމަވެސް މިކަންވީ ބައެއް މީހުންނަށް މަޖާ ކަމަށެވެ. މިއާއެކު ސޯޝަލް މީޑިއާ އެއްކޮށް ފުރާލީ ފްލެމިންގޯގެ ޕޯސްޓުތަކުންނެވެ. ބައެއް މީހުން ފްލެމިންގޯ ލުމަށްފަހު ފޮޓޯ އެޑިޓްކޮށް "ސެލްފީ ވިތް ފްލެމިންގޯ" ޖަހަން ފަށާފައިވާއިރު އަނެއްބައި މީހުން ވަނީ ފްލެމިންގޯގެ ފޮޓޯ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އަޕްލޯޑްކޮށްފައެވެ. އަދި ބައެއް މީހުން ވަނީ "ދެން އަހަރެން މި ރާއްޖެއަކަށް ނާންނާން" ކަމަށް ބުނެ ވެސް ފްލެމިންގޯގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

މިވަރަކުން އަދި ނިމުނީއެއް ނޫނެވެ. ގޭގައި ފްލެމިންގޯގެ ބުދެއް ހުއްޓަސް އެވެސް ސޯޝަލް މީޑިއާގެ ސްޓޯރީތަކަށް ލާން ފެށީއެވެ. މިއީ ދެން އަހަރެންގެ ގޯއްޗަށް ޖެއްސި ދޫންޏެކޭ ކިޔައި ބައެއް މީހުން ސްޓޯރީތައް އަޕްލޯޑް ކުރަމުން ދިޔައިރު މިކަމުގެ މަޖާ ބައެއް މީހުން ދިޔައީ ނަގަމުންނެވެ. މުޅި ސޯޝަލް މީޑިއާއަށް ބަލާލިޔަސް ފެނިގެން ދިޔައީ ހުސް ފްލެމިންގޯގެ ފޮޓޯތަކެވެ.

ބަޔަކު މަޖާ ނެގިޔަސް މިކަމަކީ ހަގީގަތުގައި ވަރަށް ސީރިއަސް މައްސަލައެކެވެ. މޫސުމީ ދޫނީގެ ދިގުރާސްތާ ދަތުރުގައި އެ ދޫނިތައް އުތުރުން ދެކުނަށް، ރާއްޖެ ހުރަސްކޮށް ދަތުރުކޮށްފައިދެއެވެ. އަދި ބައެއް ދޫނިތައް ވަރުބަލި ފިލުވާލަން، ކުޅި، ފާ، ޗަސްބިން އަދި ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކުގައި ޖައްސާލައިގެން ތިބެއެވެ. މިހެން ތިބޭ ދޫނިތައް ހިފައި ހައްޔަރު ކޮށް އެއިން، ނަފާ ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.

މި މައްސަލަ މިހާރު އީޕީއޭއިން ބަލަން ފަށާފައިވާއިރު ހިޖުރަ ކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެކި މޫސުންތަކުގައި ދިވެހިރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާކޮށް އެތަކެތީގެ ހިޖުރައިގެ ރާސްތާއަށް ހުރަސްއެޅޭ ބާވަތުގެ ކަންކަން ހުއްޓުމެއްނެތި ކުރަމުންދާ ދިއުމަކީ އެކަމާމެދު ކޮމިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން މިހާރުން މިހާރަށް އެކަންކަން ހުއްޓާލުމަށާއި، ހިޖުރަ ކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސްކަމެއް ނުކުރުމަށް ކޮމެޓީން ވަނީ ގޮވާލާފައެވެ.

ސޯޝަލް މީޑިއާއަށް ފްލެމިންގޯގެ ފޮޓޯލުމަކީ މައްސަލައެއް ނޫނެވެ. އެކި ގޮތްގޮތަށް ފޮޓޯ އެޑިޓް ކުރުމަށްފަހު ލުމަކީވެސް މައްސަލައެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖެއަށް ހިޖުރަކުރާ މި ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާކޮށް އެތަކެތީގެ ހިޖުރައިގެ ރާސްތާއަށް ހުރަސްއެޅޭ ބާވަތުގެ ކަންކަން ކުރުމަކީ މައްސަލައެކެވެ.

ފްލެމިންގޯއަކީ މޫސުން ބަދަލުވާ ދުވަސްވަރު ވަރަށް ކުރީ ޒަމާނުން ފެށިގެންވެސް ރާއްޖޭގައި ޓްރާންސިޓްކުރާ ދޫންޏެކެވެ. އެކަމަކު ކުރީގެ ދިވެހިން އެޔަށް ފްލެމިންގޯއެކޭ ނުކިޔައެވެ. އޭރުގެ ދިވެހިން ކިޔަނީ ގުޑުގުޑާ ދޫންޏެވެ. ގުޑުގުޑާ ދޫންޏޭ ކިޔަނީ އޭގެ ކަރު ދިގުވެފައި ތިންގުދު ނޮޅިޔަކާ ވައްތަރުވުމުންނެވެ.

ސަފުހަދާ ދޫންޏޭ ކިޔަނީވެސް މިއަށެވެ. މިހެން މިކިޔަނީ މިދޫނީގެ އޮޅިއޮޅި އާއްމުގޮތެއްގައި ފެންނަނީ ސަފުސަފަށް ވަރަށް ރީއްޗަށް އެތުރިގެން ތިއްބައި ކަމަށްވާތީއެވެ. ފްލެމިންގޯގެ އާއިލާގެ ހަތަރު ވައްތަރެއް ދުނިޔޭގައި އުޅެއެވެ. އޭގެތެރެއިން ދެ ވައްތަރެއް އުޅެނީ ދެކުނު އެމެރިކާ އާއި ކެރީބިއަންގެ ގައުމުތަކުގައެވެ. އަނެއް ދެ ވައްތަރު އުޅެނީ އެފްރިކާ އާއި އޭޝިއާ އަދި ޔޫރަޕުގެ ސަރަހައްދުތަކުގައެވެ.

ކެރީބިއަންގެ ގައުމެެއް ކަމަށްވާ ބަހާމާސްގެ ގައުމީ ދޫންޏަކީވެސް ފްލެމިންގޯއެވެ. ދުނިޔޭގެ ފުޓްބޯޅަޔަށް އެންމެ ވަރުގަދަ ބްރެޒިލްގެ އެންމެ ޒަމާންވީ އެންމެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ރިއޯޑިޖެނޭރޯގެ އެންމެ ބޮޑު ކުލަބުގެ ނަމަކީވެސް ފްލެމިންގޯއެވެ. ރޮމާރިއޯ އާއި ރޮނާލްޑީނިއޯ އަދި ޒިކޯ އާއި ލިއޮނާޑޯ ފަދަ ކުޅުންތެރިން ވިދާލީވެސް އެ ކުލަބުގައެވެ. އެކަމަކު މިއީ ފްލެމިންގޯ ދޫންޏަށް ނިސްބަތްކޮށްފައި ކިޔާ ނަމެއް ނޫނެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް