Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރުގެ ޚާރިޖީ ސިޔާސަތު

ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތާއިއެކު ކުޅިވަރަށްވެސް އާ އުއްމީދެއް

ކޮމަންވެލްތުން ވަކިވުމުން ކުޅިވަރުގެ ދާއިރާއަށް ބޮޑު އަސަރެއްކުރި

| 10 ޖުލައި 2019 | ބުދަ 10:02
ސީޝެލްގެ ރައީސާއެކު މިނިސްޓަރ އަބްދުﷲ ޝާހިދު

ސީޝެލްގެ ރައީސާއެކު މިނިސްޓަރ އަބްދުﷲ ޝާހިދު

ބައިނަލްއަޤްވާމީ ދުނިޔެއާއި ގުޅުން ކަނޑާލައި، އެކަހެރިވުމަކީ އެކަމުގެ ނަތީޖާ ކިހާ ގޯސްވާނެކަމެއް ކަން ނިމިދިޔަ ސަރުކާރަށް އެނގުނުހެނެއް ހިއެއް ނުވެއެވެ. އެކަން އެނގިގެންދަނީ އެއްވެސް ތާކުންތާކު ނުޖެހޭ ޚާރިޖީ ސިޔާސަތެއް ޔާމީން ގެންގުޅުއްވި ގޮތުންނާއި، އޭގެ ސަބަބުން އެނިކުތް ނަތީޖާއިންނެވެ.

ޚާރިޖީ ގުޅުމަކީ ހަމައެކަނި ސިޔާސީ ގުޅުމެއް ނޫނެވެ. އޭގެ ސަބަބުން ކުޅިވަރުގެ ދާއިރާގެ ގުޅުންތަކަށްވެސް ބޮޑެތި ބުރޫތަކެއް އަރައެވެ. ނިމިދިޔަ ސަރުކާރުން ޚާރިޖީ ދާއިރާގައި ހެދި އެންމެ ބޮޑު އެއް ގޯހަކީ ކޮމަންވެލްތުން ވަކިވުންކަމާއިމެދު ޝައްކެއް ނެތެވެ. އިންސާނީ ހައްޤުތަކުގެ ޙާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވުމުން އެކަން ރަނގަޅުކުރަން ގޮވާލުމުން ލަހެއް ފަހެއް ނެތި ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެކަމުގެ ނޭދެވޭ އަސަރުކުރިއެވެ.

ކޮމަންވެލްތުން ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ލިބެމުން ދިޔަ ފުރުސަތުތައް ބަންދުވުމުގެ އިތުރުން ކޮމަންވެލްތު ގޭމްސްއިން ރާއްޖެއަށް ފުރުސަތު ގެއްލިގެން ދިޔައެވެ. 1986 ވަނަ އަހަރުން ފެށިގެން ކޮމަންވެލްތު ގޭމްސްގައި ކޮންމެ އަހަރަކު ރާއްޖެއިން ވާދަކުރަމުން އައިސް، 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވުމުން 2018 ގެ ގޭމްސް ގޯލްޑް ކޯސްޓްގައި ބޭއްވިއިރު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނެވެ. އޭގެ ކުރިން 2014 ވަނަ އަހަރުގެ ގޭމްސްގައި 5 ކުޅިވަރަކުން ރާއްޖޭގެ 23 އެތުލީޓުން ގްލެސްގޯގައި ބޭއްވި ގޭމްސްގައި ބައިވެރިވިއެވެ. ފުޓުބޯޅައަށްކުރާ ޚަރަދު ބޮޑު މި ޤައުމުގައި އެހެން ކުޅިވަރުތަކަށް ދާން ލިބޭ ފުރުސަތުތަކުގެ ތެރެއިން އެނަގާލެވުނީ ރަނުގެ ފުރުސަތެކެވެ.

އެހެންނަމަވެސް މިއަދު މިވަނީ މަންޒަރު ބަދަލުވެފައެވެ. ޚާރިޖިއްޔާއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކަށް ވެފައިވަނީ ކޮމަންވެލްތާއި އަލުން ގުޅުމެވެ. އެކަމާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކުގައި މިހާރުވެސް ކޮމަންވެލްތާއި ގުޅިގެން މަސައްކަތްކުރުމަށް ޚާރިޖީ ވަޒީރު މަސައްކަތްކުރައްވާކަމަށް މައުލޫމާތު ލިބެއެވެ. ކޮމަންވެލްތާއި ގުޅުން އަނެއްކާވެސް ވެގެންދާނީ ދިވެހި ކުޅިވަރު އާއިލާއަށް ލިބޭ ފަޚުރަކަށެވެ.

އަނެއްކާވެސް މިއޮތީ ރާއްޖެއަށް އައި ބަދަލުތައް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ޓެސްޓްކޮށްލުމަށް ފުރުސަތެކެވެ. އިންޑިއަން ކަނޑުގެ ސަރަހައްދުގައި ހިމެނޭ ޤައުމުތަކުގެ ކުޅިވަރު މުބާރާތް 2023 ވަނަ އަހަރު ބާއްވަން ސަރުކާރުން އެވަނީ ފޫގަޅާފައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބިޑްކުރުމަށް މީގެ ކުރިންވެސް އޮލިމްޕިކް ކޮމިޓީއިން ބޭނުންވިއެވެ. އެހެންނަނަވެސް ޔާމީންގެ ސަރުކާރުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބިގެން އެކަން ނުވީއެވެ. އެހެންނަމަވެސް މިފަހަރު އެކަން ކުރަން ސަރުކާރުން މަސައްކަތްކުރަމުންދަނީ އެންމެ މަތީ ފަންތީގައެވެ.

ސީދާ ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބިޑް ކެމްޕޭނަށް ފޮނުއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ސްޕޯޓްސް މިނިސްޓަރ މަހުލޫފާއިއެކު ސީޝެލްސްއަށް ވަޑައިގެން، މިނިސްޓަރ ޝާހިދު ސީޝެލްސްގެ ރައީސަށް ހުށަހެޅުއްވީ 2018 ވަނަ އަހަރު ދިވެހި ރައްޔިތުންނަށްވެސް ހުށަހެޅުއްވި ތަސައްވަރެވެ. އާދެ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންގައިވާ ގޮތަށް ކަންތައްގޮސް، 2023 ވަނަ އަހަރު އަންނަންވާއިރަށް، ގޭމްސް ބާއްވާނެ ވަޞީލަތްތައް ރާއްޖޭގައި ފުރިހަމަވެފައިވާނެކަމެވެ.

ޚާރިޖީ ވަޒީރުގެ ދަތުރުފުޅުތަކުގެ ނަތީޖާ އެދަނީ ފެންނަމުންނެވެ. ގޭމްސް ބާއްވަން ސީޝެލްސްއިން ރާއްޖެއަށް ތާޢީދުދޭނެކަމުގެ ޔަޤީންކަން އެރުވީ ސީދާ އެޤައުމުގެ ރައީސެވެ. މިއީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއްގެ ފައިދާއެވެ. ވަޒީރު ކުރައްވާ ދަތުރުތަކުގެ ނަތީޖާއެވެ.

ސްޕޯޓްސް ޑިޕްލޮމަސީ އަކީ ރާއްޖެއަށްވެސް މުހިއްމު ކަންކަމެވެ. އިންޑިއާ، ސަރބިއާ އަދި އެހެން ޤައުމުތަކުންވެސް ކުޅިވަރުގެ ދާއިރާއިން އެކިއެކި އެހީތެރިކަން އެފޯރުކޮށްދެނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެޤައުމުތަކުން ބަލައިގަންނާތީއެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2018

ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!

14 ޑިސެމްބަރު 2018
ރައީސް ސޯލިހުގެ އިންޑިއާ ދަތުރުފުޅު: ވިސާގެ މައްސަލައަށް ބޮޑު އުއްމީދެއް!
01 ޑިސެމްބަރު 2018

ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!

01 ޑިސެމްބަރު 2018
ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!
23 އޯގަސްޓު 2018

އުއްމީދެއް ނެތި މަރުފަލި ޖެހުމުގެ ބޭނުމެއް ނެތް!

23 އޯގަސްޓު 2018
އުއްމީދެއް ނެތި މަރުފަލި ޖެހުމުގެ ބޭނުމެއް ނެތް!
06 ޖުލައި 2018

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟
14 ޖޫން 2018

ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟

14 ޖޫން 2018
ޚާރިޖީ ސިޔާސަތު މުރާޖަޢާކުރާކަށް ނުވޭތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު