Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަޓީ އެއްބަސްވުން އާކުރުން

އައު އެއްބަސްވުމާއެކު ބާސާއިން ފަޓީ ވިއްކާނީ އެއް ބިލިޔަން ޔޫރޯއަށް

ޕެޑްރީވެސް ވަނީ އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 12:34
ބާސާގެ އެއްބަސްވުންް އާކުރި ސްޕެއިނުގެ ޒުވާން ތަރި އަންސޫ

ބާސާގެ އެއްބަސްވުންް އާކުރި ސްޕެއިނުގެ ޒުވާން ތަރި އަންސޫ

އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއެއް ކަނޑައަޅައި، ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ޒުވާން ތަރި އަންސޫ ފަޓީ އެއްބަސްވުން އާކޮށްފިއެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ފަޓީ ވަނީ ބާސާގެ އެއްބަސްވުން އިތުރު ހަ އަހަރަށް އާކޮށްފައެވެ. އެހެންކަމުން ފަޓީގެ އެއްބަސްވުން ދެން ހަމަވާނީ 2027 ވަނަ އަހަރުގައެވެ.

ބާސާއާއެކު ފަޓީ ހެދި އެއްބަސްވުން އުވާލަން އެއް ބިލިޔަން ޔޫރޯ ކަނޑައެޅިއިރު، ދާދި ފަހުން އެ ކުލަބުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީވެސް ވަނީ އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން އެއް ބިލިޔަން ޔޫރޯގެ ރިލީޒް ފީއަކާއެކު އެއްބަސްވުން އާކޮށްފައިވާ ސްޕެނިޝް ލީގުގެ ހަމައެކަނި ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.

ބާސާގެ އެއްބަސްވުން ދިގު މުއްދަތަކަށް ފަޓީ އާކުރިއިރު، މި ސީޒަނުގައި ބާސާއިން ވަނީ ޕީއެސްޖީއަށް ބަދަލުވި އެ ޓީމުގެ ލެޖެންޑް ލިއޮނެލް މެސީގެ 10 ނަންބަރު ޖާޒީ ފަޓީއަށް ދީފައެވެ.

ގިނީ ބިސާއުއަށް އުފަން ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ 2019 ވަނަ އަހަރުގެ އޯގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރައި ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.

އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.

ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ އުއްމީދީ ފޯވާޑް ފަޓީ ބާސާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 48 މެޗުގައި 15 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2017

ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި

18 އޯގަސްޓު 2017
ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި
14 އޯގަސްޓު 2017

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017
ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!
10 އޯގަސްޓު 2017

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު