Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސްގެ އއ. ދަތުރުފުޅު: ބޮޑުފޮޅުދޫ ގިރާ މައްސަލައަށް އަވަސް، ވަގުތީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ބިން ހިއްކުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 13:53
ރައީސް ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސް ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

އއ. ބޮޑުފޮޅުދޫގެ ގިރާ ސަރަހައްދުގެ މައްސަލައަށް އަވަސް, ވަގުތީ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅުގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް ވިދާޅުވީ ބޮޑުފޮޅުދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ރަށުގެ ގިރާ ސަރަހައްދު އެމަނިކުފާނު ބައްލަވާލައްވާފައިވާ ކަމަށާއި، ދާއިމީ ހައްލަކަށްވުރެ އަވަހަށް މިވަގުތުން ވަގުތަށް އަވަސް, ވަގުތީ ހައްލެއް އެކަމަށް ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެތަނަށް ގެނެވޭނެ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެމްޓީސީސީއާއި އެ މަސައްކަތް ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތާއެކު، އަވަށް މުސްތަގުބަލެއްގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ފެށޭނެ ތާރީހެއް އެނގިގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށްޓަކައި، ބިން ހިއްކައި ނިމުމުން ރޯ ހައުސް ނުވަތަ ފްލެޓް އިމާރާތް ކުރެވިގެންދާނެ ކަމަށެވެ.

މެންދުރުފަހު ބޮޑުފޮޅުދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބޮޑުފޮޅުދޫ ރައްޔިތުންގެ އުންމީދުތައް ރައީސާ ގުޅިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުންނާއި ރައްޔިތުން އެންމެ އިސްކަމެއްދީގެން އަލިއަޅުވާލާފައި ވަނީ ރަށުގެ ބިން ފުރުމުގެ ސަބަބުން ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތަކަށެވެ. މީގެ އިތުރުންވެސް ބިން ހިއްކުމުގެ މަޝްރޫޢު މިހާރުވެސް އެމްޓީސީސީއާ ހަވާލުކުރެވިފައިވީ ނަމަވެސް, ޢަމަލީ މަސައްކަތް ނުފެށޭތީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ބިން ހިއްކުމަށްފަހު ބޮޑުފުޅުދޫގައި ހައުސިންގ ޕްރޮޖެކްޓް ހިންގަވައިދެެއްވުމަށް ރަށު ރައްޔިތުން އެދޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

މީގެ އިތުރުން ވެސް ބޮޑުފޮޅުދޫ ރައްޔިތުންނާއި ކައުންސިލުން ވަނީ ރަށް ގިރުމުގެ ކަންބޮޑުވުންތަކާއި، ބަނދަރު ބޮޑުކުރާނެ ޖާގަ ނެތުމުން ދެފަށް ތޮއްޓެއް ލާން ބޭނުންވާކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި, ޔޫތު ސެންޓަރެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ހޭންޑް ބޯލް އަދި އައުޓް ޑޯރ ޖިމެއް ނެތުމުން ދިމާވާދަތިތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ރަށު ރައްޔިތުންނާ ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއްކުރަމުންދާކަން ފާހަގަކުރައްވައި, އަންނަ އަހަރުގެ ފަހުކޮޅުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށާއި، ސްކޫލަށް ބޭނުންވާ 6 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިހާރުން މިހާރަށް ވަގުތީ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށާއި، މަޑުޖެހިފައިވާ, ބޮޑުފޮޅުދޫ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފެށޭނެކަމަށް ވިދާޅުވެފައެވެ. ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ކަންކަމުގެ ތެރެއިން ހޭންޑް ބޯލް ކޯޓެއް އެޅުމަށް، ގޮތްތަކެއް ބައްލަވާނެކަމަށާއި، އައުޓްޑޯރ ޖިމް، އަދި ކުޑަކުދިންގެ ޕާކެއް ހެދުމަަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލް ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ބިނާކުރި މިސްކިތް ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި މިސްކިތަކީ 4.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ 300 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރަށުގެ ގިރާ ސަރަޙައްދު ބައްލަވާލައްވައި ރަށުގެ ހެލްތު ސެންޓަރާއި މެޖިސްޓްރޭޓް ކޯޓުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވައިފި

17 މާރިޗު 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު