Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްމައުމޫން

ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތުވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފަމާ؟

9 ޖެނުއަރީ 2017 | ހޯމަ 18:55
ޑރ. އާއިޝަތު އަލީ ނާޒު
ޑރ. އާއިޝަތު އަލީ ނާޒު | 9 ޖެނުއަރީ 2017 | ހޯމަ 18:55
މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ ޢައިޝަތު ޝިހާމް

މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ ޢައިޝަތު ޝިހާމް

އެންމެންގެ ދުލުންނާއި ޤަލަމުންވެސް މިދެކެވެނީ އެއް ވާހަކައެކެވެ. ތަޢުލީމީ އާ އަހަރު ފެށުނީއެވެ.

އާ ޔުނީފޯމުގައި، ރީތި ނަންކޮޅުތަކުން ޒީނަތްތެރިކޮށްފައިވާ ފޮތްތައް ރީތި ދަބަހުގައި ހިފައިގެން ގޮސް ތިޔަ ހުޅުވާލީ ސްކޫލްގެ މައި ދޮރޯއްޓެވެ. ދަރިވަރަށް ޚާއްޞަކުރެވިފައިވާ މޭޒުދޮށުގައި ތިޔަ އިށީނީ އަޅުގަނޑުމެން މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ތިޔައީ މި ޤައުމުގެ މުސްތަޤުބަލެވެ.  މާދަމާ ތިޔަކުދީންގެ ކާމިޔާބީތައް މައިންބަފައިން އުފާކުރުވާނެއެވެ. ތިޔަ ކުދީންނަކީ ހިތްހެޔޮ، ރަގަޅު، ހެޔޮލަފާ، ޤައުމަށާއި އިންސާނިއްޔަތަށް ފައިދާކޮށްދޭނެ ބަޔަކަށްވުމަށް އެދެވޭ ސަބަބުތަކެއް ވެއެވެ.

ޖަލުތަކުގައި އެތިބަ ގިނަ ކުށްވެރިން މަގުން ކަސިޔާރުވެގެން ގޮސް، އެ ގޮޅިތަކަށް ޙުކުމްކުރަން ޖެހުނީ، މިދުވަހުގެ މުހިންމުކަން އެކުދީންގެ މިދުވަސްވަރުގައި ވިސްނައިނުދެވުނީމަބާވައެވެ؟ 'ރީހެބް' ގައި އެތިބަ ކުދިން މަސްތުވުމުގެ ތެރެޔަށް ވަނީކީ އެއްގޮތަކަށްވެސް މަސްތުވުމުގައި ތިމާ ކަސްތޮޅުއެޅިގެން ހިގައިދާނޭކަމަށް ޤަބޫލުކުރާތީކީ ނޫނެވެ. ގޯޅިގޯޅި ކަންމަތީ ކޯޅިކޯޅިއަށް ތިބެގެން އެކަކު އަނެކަކުގެ މޫނަށް ދުންބުރުއްސަމުން 'ނ، ގ، ބ، ޅ، ތ، ޅ، އ، ޅ' ފަދަ އަކުރުތަކުގައި ގޮތްގޮތަށް އެކިފިލިޖަހައި، ދުނިޔޭގެ މަލާމާތް ހޯދާ އާވާރާ ޒުވާނުން އެހެން އެ އުޅެނީ، އެހެން އުޅުމުން ތިމާމެންނަށް މާކަ ބޮޑު މޮޅުތަކެއް ލިބޭނޭކަމަށް ހީކުރެވޭތީކީ ނޫނެވެ. އެކުދީންނަށް އެހެން ވެގެން ދިޔައީ ތަޢުލީމު ލިބިގަތުމުގެ ތެރެއިން ތަރުބިއްޔަތު ވުމަށް ލިބުނު ފުރުޞަތުތައް ނަގައިލެވުނީމަ އެވެ.

މިއަދު ކޮންމެ ކުއްޖަކުވެސް ކިޔަވާމޭޒުދޮށުގައި އިށީނދެ ތިޔަ ހުޅުވާލަނީ މުޅިން އާ ފޮތެއްގެ އާ ޞަފްޙާ އެކެވެ. ވިސްނާށެވެ. ތިމާގެ ޙަޔާތުގެ މި ޞަފްޙާތައް ފުރާލުމަށް އޮތް ގަލަން އޮތީ ހަމަ ތިޔަ ދަރިވަރުގެ އަތުގައެވެ. ބިސްމި ކިޔާ ނިޔަތްގަންނާށެވެ. މިއީ ތިމާ ލިބިގަންނާނޭ ފުރުޞަތެއް ކަމުގައި ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. ތިމާއަށް ޓަކައެވެ. ތިމާގެ ދިރިއުޅުން ބިނާކުރުމަށްޓަކައެވެ.

ތިމާގެ ޙަޔާތުގެ އަންނަންއޮތް ޞަފްޙާތައް، ތަޢުލީމީގޮތުން ލިބޭ ރަން ކާމިޔާބީތަކުން ފުރާލުމުގެ އިތުރަށް ތިމާގެ ޚިޔާލާއި ފިކުރުތައް އުންމީދުން ފުރާލައި، އިޙްސާސްތައް އުފާވެރިކަމާއި ގުޅުވާލައި، ތިމާގެ އުޅުމާއި އަޚްލާޤު ބިނާކުރަމާހިނގާށެވެ.

ސްކޫލްދައުރުގައި މިދަސްވާ ދަސްވުންތައް ޢުމުރުގެ އަންނަންއޮތް އަހަރުތަކަށް އެތަކެއް ހުނަރު ހަދިޔާކުރެއެވެ. ސްކޫލްގެ ގަޑިތައް ރާވާލައި، ޓައިމްޓޭބަލް އިން ޢިބްރަތްތަކެއް ޙާޞިލްކުރަމާ ހިނގާށެވެ. އާއަހަރުގެ ފެށުމާއި އެކު މޭޒުދޮށުގައި އިށީނދެ، ކުރިޔަށްއޮތް ދުވަސްތަކުގެ އިރުއެރީއްސުރެ ނިދާވަގުތު ޖެހެންދެން ދުވަސް ގެންދާނެގޮތް ތަރުތީބުކޮށް ރާވާލާށެވެ. ފަތިހު ތެދުވާނެ ގަޑިއެވެ. ނަމާދުގަޑިތަކެވެ. ހޯމްވަރކް ހަދާނެ ގަޑިއެވެ. ޓިއުޝަން ގަޑިއާއި އެކަނިއިނދެ ފިލާވަޅު ދަސްކުރާނެ ގަޑިއެވެ. ކުޅުމާއި ކަސްރަތުކުރާނެ ގަޑިއެވެ. ޢާއިލާއާއި އެކު ހޭދަކުރާނެ ގަޑިތަކާއި، އެވަގުތުތަކުގައި ތިމާގެ މަންމަ، ބައްޕަ، މާމަ، ކާފަ، ކޮއްކޮ، ދައްތަ އަދި ބޭބެމެންނަށް އުފާވެރިކަން ގެނެސްދިނުމަށް ތިމާކުރާނެ ކަންތައްތަކަކީ ކޮބައިތޯ ވިސްނާލާށެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް އެކަނި ހޭދަކޮށްލާށެވެ. ނިދުމުގެ ކުރިންވިޔަސް ރަނގަޅުވާނެއެވެ. އެކަނި އިނދެ ވިސްނާލާށެވެ. މިއަދު ސްކޫލްތެރެއިން ތިމާއާއި ދިމާވި ގޮންޖެހުންތަކަކީ ކޮބައިހެއްޔެވެ؟ ތިމާއަށް އެކަންތައްތައް ރަނގަޅަށް ޙައްލުކުރެވުނުހެއްޔެވެ؟ ގޭތެރެއިން ދިމާވި އުނދަގޫތަކަކީ ކޮބައިހެއްޔެވެ؟ އެކަންތައްތައް ޙައްލުކުރެވުނުހެއްޔެވެ؟ ދުވަސް ރާވާލި ގޮތަށް ޢަމަލުކުރެވުނުހެއްޔެވެ؟ ސީދާ ޓައިމްޓެބަލް އަށް ނޫޅެވުނަސް ނަފްސަށް މަޢާފްކުރާށެވެ. އަދަށްވުރެ މާދަމާ އަމިއްލަ ނަފްސަށް އޯގާތެރިވާން ޢަޒުމް ކަނޑައަޅާށެވެ. އެދުވަހަކު ތިމާއަށް ކުރެވުނު ރަނގަޅު ކަންތައްތައް ހިތަށްގެނެސް އުފާކުރާށެވެ. ގޯޅިކަންމަތިންނާއި މޭޒުތަންދޮށުން، ސޯޝަލް މީޑީއާއިންނާއި ނުރަނގަޅު ރައްޓެހިންގެ ނުފޫޒުތަކުން ދިރިއުޅުން ޚަރާބު ނުކުރާށެވެ. ތަޢުލީމީ ޙަޔާތުގެ ތެރެއިން ތިމާއަށް މިލިބެނީ ތިމާގެ މުޅި ދިރިއުޅުން ބިނާކުރުމަށް އެތަކެއް ފުރުޞަތުތަކެކެވެ. ތިމާގެ ދިރިއުޅުން ބިނާކުރާނޭ މޭސްތިރިއަކީ ޚުދު ތިމާއެވެ.

ކެތްތެރިކަމާއިއެކު ތަޢުލީމީ ޙަޔާތުގެ ގޮންޖެހުންތަކާއި ހާސްވުންތަކާއި ކުރިމަތިލާށެވެ. ތިމާގެ ނަފްސު ނިކަމެތިވާފަދަ ޚިޔާލްތަކާއި، ޢަމަލްތަކާއި، އިޙްސާސްތަކާއި އެކަހެރިވެ، ތަޢުލީމު އުނގެނެމުންދާ މޮޅު ތިޔަ

ދަރިވަރަކީ އަޚްލާޤީގޮތުންވެސް ލާމަސީލު މިސާލަކަށް ވުމަށް މަސައްކަތްކުރުމުގައި ދެމިހުންނާށެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2022

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު
09 ޖުލައި 2022

ގޯތިގެދޮރުގެ ވާހަކައިގެ ތެރެއިން

09 ޖުލައި 2022
ގޯތިގެދޮރުގެ ވާހަކައިގެ ތެރެއިން
28 އެޕްރީލު 2022

އުފާވެރި އީދެއް އަންނަނީ! ފާއިތުވި 895 އަހަރުގެ ތެރެއިން ސާޅީހަކަށް އަހަރުގެ އީދުތައް ހިތާމަވެރިކަމުގައި…

28 އެޕްރީލު 2022
އުފާވެރި އީދެއް އަންނަނީ! ފާއިތުވި 895 އަހަރުގެ ތެރެއިން ސާޅީހަކަށް އަހަރުގެ އީދުތައް ހިތާމަވެރިކަމުގައި…
03 އެޕްރީލު 2022

ދިވެހި ސަގާފަތުގެ ތެރެއިން ރޯދަޔާއި ރޯދަމަހަށް ތައްޔާރުވުން

03 އެޕްރީލު 2022
ދިވެހި ސަގާފަތުގެ ތެރެއިން ރޯދަޔާއި ރޯދަމަހަށް ތައްޔާރުވުން
21 އޮކްޓޯބަރު 2021

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް
05 އޮކްޓޯބަރު 2021

އަދީބާއި ޒިޔަތާއި އެސްއޯއެފްގެ ބަހެއްނެތި ޔާމީނަށް އިންސާފެއް ނުލިބޭނެ

05 އޮކްޓޯބަރު 2021
އަދީބާއި ޒިޔަތާއި އެސްއޯއެފްގެ ބަހެއްނެތި ޔާމީނަށް އިންސާފެއް ނުލިބޭނެ
01 ސެޕްޓެމްބަރު 2021

ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!

01 ސެޕްޓެމްބަރު 2021
ރައްޔިތުންނަށް ނޫނީ ގެނެވެން ނެތް ބަދަލެކެވެ. ބަދަލު ގެންނަނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް