Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިހު މަތިވެރީގައި

ރައީސްގެ އއ. ދަތުރުފުޅު: މަތިވެރީ ބިން ހިއްކުމާއި ސިއްހީ މަރުކަޒު 24 ގަޑި އިރަށް ބަދަލުކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ދެއްވައިފި

ބިން ހިއްކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 06:24
ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރެއްވުން

މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތާއި ސިއްހީ މަރުކަޒު ބޮޑުކޮށް 24 ގަޑިއިރަށް ޚިދުމަތް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅުގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ހެނދުނު މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަތިވެރިއަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު ވަޑައިގެންނެވި ކަމަށާއި، ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. ރައީސް ވިދާޅުވީ މަތިވެރީގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ބިން ހިއްކުމާއި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހަމަޖައްސައި ދެއްވުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މަތިވެރިއަށް ވަޑައިގެން ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ވެސް އެކަންކަން ހުށަހެޅުއްވި ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ބިން ހިއްކުމުގެ މަސައްކަތް ހިމަނައިދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވިގެން ކުރިއަށްދާނެ ކަމަށާއި، އެމްޓީސީސީން މި މަސައްކަތް ފެށޭވަރުވާނީ މިހާރު އެމްޓީސީސީއާއި ހަވާލުކޮށްފައި ހުރި ބިން ހިއްކުމުގެ މަސައްކަތްތައް ނިމުމުން ކަމަށެވެ. ރައީސް ވިދާޅުވީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށާއި، މިކަމުގައި އެމްޓީސީސީގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ކެޕޭސިޓީ އިތުރުކުރެވިގެން ދިއުމާއެކު ބިން ހިއްކުމުގެ މަސައްކަތްތައް އެއްފަހަރާ ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް އެއްކޮށް ނިންމަން ބޭނުންފުޅުވާ ކަމަށެވެ.

މަތިވެރީގެ ސިއްހީ މަރުކަޒުން ޚިދުމަތް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކައުންސިލާއި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ރަށުގެ ސިއްހީ މަރުކަޒު 24 ގަޑި އިރަށް ބަދަލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ގެންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރެވޭނަމަ ހެލްތް މިނިސްޓަރަށް ހުށަހަޅުއްވައިގެން އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާއިރު، މިވަގުތު ތިބި މުވައްޒަފުންނާއި އެކު އެކަން ކުރެއްވޭނަމަ އެކަން ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ 24 ގަޑިއިރަށް ސިއްހީ މަރުކަޒުގެ ޚިދުމަތް ބަދަލުުކުރެވިގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމްކުރެއްވުމަށް ކަމަށެވެ.

މަތިވެރީގެ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ކުރީ ސަރުކާރުން ބަޔަކާއި ހަވާލުކުރިނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، އެންމެ ފަހުން އެ މަސައްކަތް އެހެން ބަޔަކާއި ހަވާލުކޮށް، މިހާރު މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ސާފު ބޯފެނުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލު ކުރެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ މެދު ތެރޭގައި ގޭގެޔަށް ފެންހޮޅި ގުޅައިދެވޭނެ ކަމަށެވެ. އަދި ސްކޫލުގެ ކްލާސްރޫމް އިތުރުކުރުން އެއީ މިއަހަރުގެ ބަޖެޓުގައި އޮތް ކަމެއް ކަން ފާހަގަކުރައްވާ އެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އަންނަ އަހަރު ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އޭލެވެލް ފެށޭނެ ގޮތަކާއި މެދު މަޝްވަރާ ކުރެވި އަލިމަގެއް ފެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު