Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލައިން ސްކޫލްގެ މައްސަލަ

ފްލައިން ސްކޫލްގެ ކަންކަން ބޮއްސުންލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަނުގެ އިހުމާލު އެބައޮތް

21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:46

ޕަރފޯމަންސް އޮޑިޓުގައި 4 ކަމަކަށް ބަލާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:46
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް

އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް

ފްލައިން ސްކޫލްގެ ކަންކަން ބޮއްސުންލައިގެން ދިއުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލު އޮތްކަމަށް ދައްކައިފިއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ރެގިއުލޭޓްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ޕަރފޯމަންސް އޮޑިޓް ރިޕޯޓުގައި މިފަދައިން ފާހަގަކޮށްފައިވާއިރު، މި އޮޑިޓުގައި މައިގަނޑު 4 ކަމެއް ބަލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

Advertisement - newsAdvertisement

މި 4 ކަމަށް ބެލުމަށްފަހު އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާގޮތުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ހިންގުމުގެ ގާބިލުކަން ބަލާނެ އިންތިޒާމުތައް ހަމަޖެހިފައި ވީނަމަވެސް، މި އިންތިޒާމުތަކުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ހާސިލުވަމުން ނުދާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން، ފްލައިން ސްކޫލް ހިންގުމުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވިފައި ނުވާކަމާއި، މިހެންދިމާވާ ސަބަބުތަކުގެ ތެރޭގައި ހިންގުމުގެ ގާބިލުކަން ބެލުމުގައި އޮތޯރިޓީން ހަދާފައިވާ އޮޑިޓްތަކުގައި ފާހަގަވި މައްސަލަތައް އިސްލާހުކުރުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމާއި އޮޑިޓްކުރުމުގައި ގެންގުޅެފައިވާ އުސޫލުތައް ހަރުދަނާ ނުވުން ހިމެނޭ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

އަދި މިހާރުގެ އޭވިއޭޝަން ދާއިރާގެ ހާލަތަށް އެކަށީގެންވާ ގޮތަށް އޭވިއޭޝަން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައި ނުވުމުންނާއި، ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާ އިތުރު ފަރާތެއް ނެތްއިރު، ފްލައިން ސްކޫލުގެ ފްލައިޓްތައް ގްރައުންޑްކޮށް، އޮޕަރޭޝަންތައް ސަސްޕެންޑްކޮށްފިނަމަ، ދަރިވަރުންނަށް ލިބިދާނެ ގެއްލުން ފެންނާތީ ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމަށް އޮތޯރިޓީއަށް ދަތިވެފައި ވުމުގެ ސަބަބުންވެސް މި މައްސަލަތަކަށް ހައްލު ލިބިފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން، ޝަކުވާ އަދި މައްސަލަ ހުށަހެޅުމުން ދަރިވަރުންނާއި ގުޅޭކަންކަން ބަލަމުން ގޮސްފައިވާކަމާއި، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ ދަރިވަރުންގެ ހައްގުތަކާއި، ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ޕްރޯއެކްޓިވްކޮށް ބަލަމުން ގޮސްފައިނުވުމުން، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރިވަރުންގެ ހައްގުތަކާއި، ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން އެންމެ މުހިންމު ވަގުތުގައި ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ދަރިވަރުންގެ ހައްގުތަކާއި، ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ އުސޫލަކުން ބެލިފައިނުވަނީ ދަރިވަރުންގެ ހައްގުތައް ކަށަވަރުކޮށް، އެ ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އެކަން މޮނިޓަރ ކުރުމުގެ ޒިންމާ ސީދާ ވަކި އިދާރާއަކާއި ސާފުކޮށް ގާނޫނުން ނުވަތަ ގަވާއިދަކުންވެސް މަތިކޮށްފައި ނުވާތީކަމުގައި ދެކޭ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން އޮޑިޓުން ފާހަގަކުރެވުނު ކަންކަން އިސްލާހުކުރަން އަމަލުކުރެވިދާނެ ގޮތުގެ 17 ލަފާއެއް ދީފައިވާއިރު، މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އެއަރވޯދިނެސް ރިވިއުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނެގޮތުގެ ޕްލޭން ހުށަނާޅާނަމަ އެކަމަށް އުސޫލެއް ކަނޑައަޅައި އުސޫލާ އެއްގޮތަށް އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށެވެ. އޭވިއޭޝަން ގަވައިދުތަކާ ތަކުރާރުކޮށް ޚިލާފުވާ ފަރާތްތަކުގެ ކަންކަން އިތުރަށް ބަލައި، އެމީހުންނާމެދު އަލމަލުކުރާނެ ވަކި ސްޓްރެޓެޖީއެއް އެކުލަވާލުން ހިމެނެއެވެ.

އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަންތަކުގައި އެކަށީގެންވާ އަދަދަށް މަތިންދާބޯޓު ހުރިތޯ ބަލާނެ ގޮތުގެ ތަފްސީލު އޮޑިޓް ޕްރޮސީޖަރއެއް ކަނޑައަޅައި، ވަކި އުސޫލެއްގެ ދަށުން ކޮންމެ އަހަރަކުވެސް މިކަމުގެ ލިޔެކިޔުންތައް ބަލަހައްޓަމުން ގެންދިއުން ހިމެނެއެވެ. އަދި އެކށީގެންވާ މަތިންދާބޯޓު ހުރިތޯ ބަލަން އޮޑިޓް ޕްރޮސީޖަރ ކަނޑައަޅާއިރު، އެ އަހަރު އަލަށް ގުޅޭ ދަރިވަރުންގެ އަދަދަށާއި، އެ ދަރިވަރުން ހަދާ ކޯސްތަކަށް ބޭނުންވާ މަތިންދާބޯޓު އޯގަނައިޒޭޝަންގައި ހުރިވަރަށް ރިއާޔަތްކުރެވޭނެ ގޮތަށް އޮޑިޓް ޕްރޮސީޖަރ ކަނޑައެޅުމަށް ވަނީ ލަފާ ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް