Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރޫސް މަގާމުން ވަކިވުން

ނިއުކާސަލުގެ ކޯޗުގެ މަގާމުން ބްރޫސް އިސްތިއުފާދީފި

20 އޮކްޓޯބަރު 2021 | ބުދަ 14:44

ނިއުކާސަލުން ގެންނަން ބޭނުންވަނީ ލަމްޕާޑް ނުވަތަ ޖެރާޑް

އަތޫފް އާތިފް
އަތޫފް އާތިފް | 20 އޮކްޓޯބަރު 2021 | ބުދަ 14:44
ނިއުކާސަލުގެ ކޯޗުގެ މަގާމުން ވަކިވި ސްޓީވް ބްރޫސް

ނިއުކާސަލުގެ ކޯޗުގެ މަގާމުން ވަކިވި ސްޓީވް ބްރޫސް

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުގެ ކޯޗުގެ މަގާމުން ސްޓީވް ބްރޫސް ވަކިވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗަކީ ކޯޗެއްގެ ގޮތުގައި ބްރޫސް 1،000 ވަނަ މެޗެވެ. އެކަމަކު ނިއުކާސަލުގެ އައު ވެރިންގެ ކުރިމަތީގައި ކުޅުނު އެ މެޗުން އެ ޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗަށްފަހު ބްރޫސް ވަނީ އަޑިގަނޑުތަކާއި އުސްގަނޑުތަކުގައިވެސް އައު ވެރިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

އެކަމަކު ބުދަ ދުވަހުގެ ވަގުތެއްގައި ނިއުކާސަލުގެ ކޯޗުގެ މަގާމުން ބްރޫސް އިސްތިއުފާދިންއިރު، މަގާމުން ވަކިވުމަށްފަހު ދިން އިންޓަވިއުއެއްގައި ބްރޫސް ބުނީ ނިއުކާސަލުގައި ހޭދަކުރި މުއްދަތުގައި އޭނާއަށް ތަފާތު ތަޖުރިބާއެއް ކުރެވުނު ކަމަށާއި، އެގޮތުން މި މުއްދަތުގައި އެ ޓީމުގެ މެނޭޖުމަންޓާއި ކުޅުންތެރިން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ކޯޗުގެ މަގާމުން ބްރޫސް އިސްތިއުފާދިނުމާ ގުޅިގެން ނިއުކާސަލުން ވަނީ ވަރަށް އަވަހަށް އައު ކޯޗެއް އިއުލާންކުރާނެ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލުން ގެންނަން ބޭނުންވަނީ ކުރިން ޗެލްސީއަށް ކުޅެ އަދި އެ ޓީމުގެ ކޯޗުގެ މަގާމު އަދާކުރި ފްރޭންކް ލަމްޕާޑް ނުވަތަ ލިވަޕޫލުގެ ކުރީގެ ތަރި އަދި މިހާރު ރޭންޖާސްގެ ކޯޗު ސްޓީވެން ޖެރާޑެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދުގެ ހިއްސާއާއެކު ޕީއައިއެފްއިން ނިއުކާސަލް ގަނެފައިވާއިރު، އެ ޓީމު ގަންނަން ޕީއައިއެފްއިން ވަނީ ޖުމްލަ 408 މިލިޔަން ޑޮލަރު ހޭދަކޮށްފައެވެ. ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިޔަން ޑޮލަރު ހުރިއިރު، މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ.

މި މަހުގެ ތެރޭގައި ނިއުކާސަލް ގަތްއިރު، ޕީއައިއެފްއިން މިދިޔަ އަހަރުވެސް ވަނީ ނިއުކާސަލް ގަންނަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެ ފަހަރު ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް، ތަފާތު ގިނަ ޕްރެޝަރުތަކަކާ ހެދި ޕްރިމިއާ ލީގުން އެ ފަހަރު ނިއުކާސަލުގެ އައު ބޯޑު ރަޖިސްޓްރީ ކޮށްދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
16 އޯގަސްޓު 2017

ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި

16 އޯގަސްޓު 2017
ވީއޭއެމް އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީފި
23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް