Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންސާފު ހޯދުމަށް ހުރި ގޮންޖެހުންތައް

މިއީ އަދި އެފަހަރެއް ނޫން

ފާއިތުވި ހަފުތާތެރޭގައި ވަނީ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2021 | ބުދަ 14:37
ފާއިތުވި ހަފްތާގެ ތެރޭގައި ހިތާމަވެރި ހާދިސާތަކެއް ރާއްޖޭގައި ވަނީ ހިނގާފައި

ފާއިތުވި ހަފްތާގެ ތެރޭގައި ހިތާމަވެރި ހާދިސާތަކެއް ރާއްޖޭގައި ވަނީ ހިނގާފައި

"މިއީ އެފަހަރު" މިއީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ދިވެހިންނަށް ވަރަށް ގިނައިން ކިޔުނު އަދި އަޑުއިވުނު ބަސްތަކެކެވެ. ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޝިއާރެއްގެ ގޮތުގައި ބޭނުންކުރަމުން އައީ މިޝިއާރެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕް ދިވެހިންނަށް ނިންމާލަންޖެހުނީ މިއީ އަދި އެފަހަރު ނޫންކަމަށް ވެގެންނެވެ. އެހެންކަމުން މުބާރާތާއި ވަކިވުމުން ދިވެހިން ބުނަމުންދިޔައީ މިއީ އަދި އެފަހަރު ނޫންކަމަށާއި ދެން އަންނަ ފަހަރަކު ކާމިޔާބު ހޯދާނީ ކަމުގައެވެ. ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު މިހާރު ތިބީ ދެން އަންނަ ފަހަރަށް އުންމީދުކޮށްގެންނެވެ.

އިންސާނުން އާންމުގޮތެއްގައިވެސް ބޭނުންވާ ކަމެއް ނުވުމުން ދެން އަންނަ ފަހަރަކުން އެކަން ކާމިޔާބުވާނެކަމަށް ބުނެ ހިތްހަމަޖައްސާލައެވެ. އެއީ އެފަހަރު ނާކާމިޔާބުވުމުން ލިބުނު ހިތްދަތިކަމާއެކު ކުރިޔަށް ދިޔުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންވެސްމެއެވެ. އެހެންނަމަވެސް ދައްކަން މިއުޅެނީ ފުޓްބޯޅަ މުބާރާތެއް ނުވަތަ ދިރިއުޅުމުގައި ކުރަން އުޅުނުކަމެއް ނާކާމިޔާބުވި ކަމެއްގެ ވާހަކައެއް ނޫނެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހިން ތަޖުރިބާކުރި ހިތްދަތި ހާދިސާތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ކަމަކަށް އދ ދަނގެތީގައި އަނިޔާވެރިގޮތަކަށް މީހަކު މަރާލުމެވެ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު އަނިޔާވެރިގޮތަކަށް މަރާލުމާއެކު އެތައް ބަޔަކަށް ސިހުން ގެނުވިއިރު އެންމެންވެސް ބުނަމުން ދިޔައީ އިންސާފުގެ ވާހަކައެވެ. އެއަނިޔާވެރި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް މަހުމޫދަށް އިންސާފު ލިބެންޖެހޭނެ ކަމުގެ ވާހަކައެވެ. އެންމެންގެވެސް އުންމީދަކީ އެއީއެވެ. ނަމަވެސް އެއާއެކު ދެން އުފައްދާ ސުވާލަކީ މާޒީގައި ކަން ހިނގާފައިވާ ގޮތެވެ. މާޒީން ބުނެދޭ ވާހަކައަކީ މިފަދަ ގޮތަކަށް މަރާލާފައިވާ އަނިޔާވެރި މަރުތަކަށް އިންސާފު ލިބިފައި ނުވާކަމުގެ ވާހަކައެވެ. އެހެންކަމުން މަހުމޫދުގެ އާއިލާއިންވެސް އިންސާފު ލިބޭނެކަމަށް ގަބޫލެއް ނުކުރެއެވެ. މީގެކުރިން ކަން ހިނގާފައިވާ ގޮތުންނެވެ. މިއީ އަދި އެމަރަށް އިންސާފު ލިބޭނެ ފަހަރު ނޫންކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް މިފަދަ އެހެން އާއިލާތަކުންވެސް އުންމީދުކުރަމުންދާ ގޮތަށް ކޮންމެސް ދުވަހަކުން އިންސާފު ލިބޭނެއެވެ.

ދެން އައީ އޭގެފަހުން މާލެއިން ފުރައިގެން ވ.ފުލިދުއަށް ދަތުރުކުރި ލޯންޗަކުން ދަތުރުކުރި ތިން މީހުން ކަނޑަށްވެއްޓި އެތަނުން އެކަކު ނިޔާވެ ކުޑަކުއްޖަކު ގެއްލުނު ހާދިސާއެވެ. އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު ހިނގި މިހާދިސާގައި އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ ނިޔާވިއިރު ގެއްލިގެން ހޯދަމުން އަންނަނީ އޭނާގެ ކުޑަ ދަރިފުޅު އުމުރުން 4 އަހަރުގެ ޖުއެލް ނަޖާހުއެވެ. ހާދިސާ ހިނގިތާ ހަތަރު ދުވަސްވީއިރުވެސް އަދިވެސް ކުޑަކުއްޖާ ފެންނަ ގޮތެއްނުވެއެވެ. މިހާދިސާ ހިނގި ގޮތަށް ބަލާއިރު ލޯންޗަށް އެރި ރާޅާއެކު ނާހިދާ އާއި އޭނާގެ ދަރިފުޅު ކަނޑަށް ވިއްސައިގެން ދިޔައީއެވެ. މިއާއެކު ދެން އެންމެންގެ ހަނދާނަށް އައީ 2019 ވަނަ އަހަރު ހިނގި މިފަދަ ހިތާމަވެރި ހާދިސާއެވެ. 2019 ވަނަ އަހަރު ހދ ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި 5 މީހެއްގެ ފުރާނަ ގެއްލުނެވެ. އެހާދިސާއާއެކު އެންމެންވެސް ދައްކަން ފެށި ވާހަކައަކީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރުމުގެ ވާހަކައެވެ.

އެހާދިސާއާ ގުޅިގެން "ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީ"ން ވަނީ ކަނޑުދަތުރުކުރާއިރު މޫސުމީ އެލާޓްތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅައި، ކަނޑު ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލަފާ ދީފައެވެ. އެ ކަންކަމުގެ ތެރޭގައި، ވަކި ސައިޒެއްގެ އަދި ވަކި ބާވަތްތަކެއްގެ އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރު ކުރުމާއި ބައެއް ހާލަތުތަކުގައި ބައެއް އުޅަނދުތައް ދަތުރުކުރުން މަނާވުންވެސް ހިމެނެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން ހިނގާދިޔަ މިހާދިސާގައި މީހެއްގެ ފުރާނަ ގެއްލުމާއި ހަމައަށްވެސް އެއިސްލާހު ގެނެސްފައެއްނުވެއެވެ. ނަތީޖާއަކަށްވީ އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިނގާ އާއިލާއަކަށް ނިމުމެއްނެތް ހިތާމަތަކެއް ކުރިމަތިވުމެވެ. ލައިފް ޖެކެޓް އަޅަން މަޖުބޫރު ކުރަންވީ ފަހަރުކަމުގައި 2019 ވަނަ އަހަރުގެ ހާދިސާ ނުފުދުނެވެ. އެހެންކަމުން 2021 ގައި އަނެއްކާވެސް އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގީއެވެ. ނަމަވެސް މިފަހަރު މިއީ ލައިފް ޖެކެޓް އެޅުން މަޖުބޫރުކުރަންވީ ފަހަރުކަމުގައި ވާން އެބަޖެހެއެވެ. ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާ ގައުމެކެވެ. އެހެންކަމަށްވާއިރު ކަނޑު ދަތުރުފަތުރު ކުރުމުގައި ހަރުދަނާ ގަވާއިދުތަކެއް އޮންނަން ޖެހެއެވެ. ހަމައެހެންމެ ފަރުދީ ޒިންމާގެ ގޮތުން އެކަންކަން އަމިއްލައަށްވެސް ކުރަންޖެހެއެވެ.

ދެން ކުރިމަތިވީ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ހޮސްޕިޓަލްގެ އިހުމާލުން އުމުރުން އެންމެ ތިން މަހުގެ ކުއްޖެއްގެ ފުރާނަ ގެއްލުމުގެ ހާދިސާއާއެވެ. ކޮވިޑަށް ޕޮޒިޓިވްވެ 15 ދުވަހަށްވުރެ ގިނަދުވަސްވެފައިވާ އެއާއިލާ އަށް އެންމެ ބޭނުންވި ވަގުތު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްނުދިނީ އެއީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އާއިލާއެއްކަމަށް ބުނެއެވެ. އާއިލާއިން ސޯޝަލް މީޑިޔާގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޮސްޕިޓަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އާއިލާއަކަށް ވުމުން ދަރިފުޅު ގޮވައިގެން ދާން އެދުމުންވެސް ފަރުވާދޭން ދެކޮޅު ހެދީއެވެ. އޭގެ ނަތީޖާއަކަށްވީ ކުއްޖާގެ ފުރާނަ ގެއްލިގެންދިޔުމެވެ. ހޮސްޕިޓަލަށް މިވީ ކިހާވަރެއްގެ ކަމެއްކަމުގެ ހޭވެރިކަންވެގެން އެކަމާ އުޅުނުއިރު އޮތީ މާބޮޑަށްވެސް ލަސްވެފައެވެ.

މިހާދިސާއާއެކު ހަނދާނަށް އައީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު މާލޭގައި ކޮވިޑް ޖެހިގެން ނިޔާވި މިޝްކާ މުހައްމަދެވެ. އެހާދިސާއަށް ބަލާލާއިރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ފަރުވާދިނުން ލަސްވެ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ނުގެންދެވި ލަސްތައް ކުރިމަތިވެގެން ފުރާނަ ގެއްލިފައިވާކަން ވަނީ އެނގިފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންނަށް އެމަރޖެންސީ ހާލަތުގައި އެމްބިޔުލަންސް ހޯދަން ދިމާވި ދަތިތަކާއި އެކަމަށް ކުރިމަތިވާ ހުރަސްތައް ވަނީ އެނގިގެންގޮސްފައެވެ. އެހެންނަމަވެސް އޭގެ ހަތަރު މަސްފަހުން ތިނަދޫގައި ހިނގާދިޔަ ހާދިސާގައިވެސް އަނެއްކާވެސް މިވަނީ މިޒާތުގެ ކަމެއް ތަކުރާރުވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވެގެން ގޭގައި ތިބޭ މީހުން ބަލިވެގެން ހޮސްޕިޓަލަށް ދާންޖެހިއްޖެނަމަ އެކަން ފަސޭހައިންވާނެ ގޮތެއް ކަނޑައަޅަންޖެހެއެވެ. އެމީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ކޮވިޑް ފެސިލިޓީގައި ނޫނަސް ހުންނަން އެބަޖެހެއެވެ. އެހެން ނޫންކަމަށްވާނަމަ އަނެއްކާވެސް މިފަދަ ހާދިސާތައް ތަކުރާރުވާނެއެވެ. މިއީ އެކަން ރަނގަޅުކުރާ ފަހަރު ކަމުގައި ނުވެއްޖެނަމައެވެ. އޭރުން އަނެއްކާވެސް ބުނަންޖެހޭނީ މިއީ އަދި އެކަން ރަނގަޅުވެފައިވާ ފަހަރު ނޫންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު