Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ހުށަހެޅި ގަރާރު

އިހަވަންދިއްޕޮޅުގައި އާގުބޯޓަށް ޚިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި މަޖިލީހަށް ގަރާރެއް

ގަރާރުގައި ސަލީމް ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 12:04
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

އިހަވަންދިއްޕޮޅުގައި އާގުބޯޓަށް ޚިދުމަތް ފަހިކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ގަރާރުގެ ފުރަތަމަ ކިޔުން ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. ގަރާރުގައި ސަލީމް ވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، ދުނިޔޭގެ އިގުތިސާދަށް އައި ބަދަލުގެ އަސަރުކޮށް, ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދަށްވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް ބަރޯސާވާ ފަތުރުވެރިކަމަކީ މިފަދަ ކަންކަމުގެ އަސަރުވަރަށް ބޮޑަށް ކުރާ ސިނާއަތަކަށް ވުމާއެކު, ދިވެހިރާއްޖޭގެ އިގުތިސާދީ ރޭވުންތެރިކަން އައު ވިސްނުންތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަން ބޮޑުކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ އިތުރުން ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް، އަދި 9/11ގެ ތެރޭގައިވެސް ރާއްޖެވަނީ އެކަން ތަޖުރިބާކޮށްފައިކަން ފާހަގަކުރައްވައި ސަލީމް ވަނީ, ފަތުރުވެރިކަމަށް އެކަނި ރާއްޖޭގެ އިގުތިސާދު ބަރޯސާވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ގަރާރުގައި ވާގޮތުގައި; ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާހިފައިގެން ދަތުރުކުރާ އާގުބޯޓުފަހަރު ނުވަތަ އިޔަސަންޓް ޕެކޭޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ރާއްޖެ ހުރަސްކޮށް ދަތުރުކުރާ މަޝްހޫރު މަގުކަށް ވެފައި އޮތުމުން, މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދިދާނެކަމަށެވެ. އަދި ބޭރުގެ އާގުބޯޓު ފަހަރަށް މިފަދަ ޚިދުމަތް ދެވޭނެ ނިޒާމެއް މިގައުމުގައި މިހިނދުން މިހިނދަށްވެސް ގާއިމު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ މުދަލުގެ އަގު ވަނީ އެތައް ތަނަކުން އުފުލިގެން ގޮސްފައި ކަމަށާއި, ދިވެހިރާއްޖޭގެ ކައިރިން ދަތުރުކުރާ އާގުބޯޓު ފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ގުނައިލެވޭ ކަމަށް ގަރާރުގައި ވެއެވެ. އަދި އެ ބޯޓުފަހަރުން ގެންދެވޭ މުދަލުގެ އަގު ބިލިޔަނުން ބިލިޔަނުން ހިސާބުކުރެވޭއިރު، އެ ސިނާއަތުގެ މަންފާ ހޯދަން މަސައްކަތް ނުކުރެވޭކަން ފާހަގަކޮށްފައިވެއެވެ.

އެއާޚިލާފަށް އަވަށްޓެރި ގައުމުތަކުގައި އެކި ފެންވަރުގެ ޓްރާންސްޝިޕްމަންޓް ބަނދަރުތައް ތަރައްގީ ކުރަމުން ފުޅާކުރަމުންދާކަމަށްވެސް ސަލީމް ހުށަހެޅުއްވި ގަރާރުގައިވެއެވެ. އެ ކަމުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތައް ކަމަށްވާ ޕާކިސްތާނާއި އީރާނާއި އިންޑިޔާއާއި ސްރީލަންކާގެ އިގުތިސާދަށް ރަނގަޅު ކުރިއެރުމެއްއައި ކަމަށާއި ދިވެހިރާއްޖެއަށް، މިގައުމުތަކަށްވުރެ ބޮޑަށް އެ ސިނާއަތުން މަންފާ ހޯދަން ފަސޭހަވާނެ ކަމަށް ސަލީމް ވަނީ ގަރާރުގައި ފާހަގަކުރައްވާފައެވެ. ޓްރާންސްޝިޕްމަންޓެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެދުމަށް ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ބޭނުންވާ ކަމަށާއި މާލީ ގޮތުން އެކަން ނުވި ނަމަވެސް މިހިނދުން މިހިނދަށްވެސް ކުރެވިދާނެ ކަންކަން އެބަހުރިކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ބޯޓުފަހަރު މަޑުކޮށް, ކޮންޓޭނަރުތައް ބާލައި ގުދަންކުރުމާއި ބޯޓުފަހަރު ޑޮކްކުރުމުގެ ހުރިހައި ކަމެއް ނުކުރިޔަސް, އިހަވަންދިއްޕޮޅަކީ ފަޅުވެރިން ބަދަލުކުރެވޭ ޕޮއިންޓަކަށް ހެދިދާނެ ކަމަށާއި, ބޯޓުފަހަރަށް ތެލާއި އެފަދަ އެނޫންވެސް ޕްރޮވިޝަން ސަޕްލައިކޮށް ލޯޑްކުރެވޭ ޕޮއިންޓަކަށް ހެދިދާނެ ކަމަށް އެ ގަރާރުގައި ވެއެވެ. އަދި އާގުބޯޓުފަހަރުގައި ފަޅުވެރިން ބަދަލުކުރުމާއި ސަޕްލައި ލޯޑްކުރުމާއި، ސެކިއުރިޓީ ޚިދުމަތާއި ބަންކަރިންގ ޕޮއިންޓަކަށް އިހަވަންދިއްޕޮޅު ހަދައިފިނަމަ އެ ޚިދުމަތް ގިނަ ބަޔަކަށް ލިބޭނެ ކަމަށް ގަރާރުގައިވެއެވެ. މިކަމަށް ބިލިޔަން ޑޮލަރުގެ ބަނދަރަކާއި ބޮޑެތި ކެރޭނުތަކާއި ބޮޑެތި ބޮޑެތި ތެޔޮ ތާނގީތަކާއި ގުދަންތަކެއް ބޭނުމެއް ނުވާ ކަމަށާއި މިއީ ނިސްބަތުން ވަރަށް ކުޑަ އިންވެސްޓްމަންޓަކާއި އާދައިގެ ކުޑަ އޮނިގަނޑަކުން ފެށިދާނެ ކަމެއް ކަމަށް އެ ގަރާރުގައި ވެއެވެ.

މިހާރުވެސް ކަސްޓަމާއި އިމިގްރޭޝަނާއި ސިފައިންގެ ޚިދުމަތް ދެވޭނޭ ވަސީލަތް އުލިގަމުގައި ގާއިމްކޮށްފައި އޮތުމާއި، އެ ސަރަހައްދުގައި ތިން އެއާޕޯޓް އޮތުމާއި، އެ ސަރަހައްދުގެ ރަށްރަށުގައި ގެސްޓްހައުސް ހުރުން ފަދަ ކަންކަމުގެ ސަބަބުން އެ މަސައްކަތަށް ފަސޭހަ ވާނެ ކަމަށް ވެސް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ފަޅުވެރިން ބަދަލުކޮށް, އެމީހުން ފުރުވާލުމާއި ގެނައުމާއި ސަޕްލައި ފޯރުކޮށްދިނުމާއި ސެކިއުރިޓީ ޚިދުމަތާއި، ބަންކަރިންގއަކީ ދިވެހިންނަށް އަމިއްލަ މަސައްކަތަކުން ފެށިދާނޭ ކަމެއްގެ ގޮތުގައި ސަލީމް ފާހަގަކުރައްވައެވެ. އެހެންކަމުން އެ ކަންކަމަށް މަޖިލީހުން ސަރުކާރުގައި ދަންނަވައި ބާރުއަޅައިގެން ކުރިއަށް ގެންގޮސްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ދެން ކުރިޔަށްދާނީ މިގަރާރަށް ބަހުސްކުރުމެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
06 އެޕްރީލު 2017

ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް

06 އެޕްރީލު 2017
ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭނީ މަގުމައްޗަށް ނިކުމެ: އަލީ އާޒިމް
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
23 މާރިޗު 2017

ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި

23 މާރިޗު 2017
ތައްޔިބު ކުރަނީ ތެދުމަގު ދެއްކެވި މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ބުނެ ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު