Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްދޫއަށް ރައީސް ވަޑައިގަތުން

ރައީސްގެ އއ. އަތޮޅު ދަތުރުފުޅު: ވައުދުވި މަޝްރޫއުތަކުގެ 90 އިންސައްތަ ފެށިއްޖެ، އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި ނިންމުން - ރައީސް

20 އޮކްޓޯބަރު 2021 | ބުދަ 17:44

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޮކްޓޯބަރު 2021 | ބުދަ 17:44
ރައީސުލްޖުމްހޫރިއްޔާ ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ރަސްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން

އެކި އިންތިޚާބުތަކުގައި ސަރުކާރުން ވެފައިވާ ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުގެ ހަވީރު ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށު އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ޝުއޫރުުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި އިންތިޚާބުތަކުގައި އެމަނިކުފާނުގެ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުހަލާގައި މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެެ. ރައީސް ވިދާޅުވީ އަމާޒަކީ މިހާރު ފަށާފައިވާ ކަންކަން އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލުން ކަމަށެވެ. އަދި، ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު މިކުރައްވާ ޒިޔާރަތުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުންކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށާއި، ރާއްޖޭގެ އިގްތިސާދު އަމާޒުވެފައި ހުރީ ރަނގަޅު މިސްރާބަށްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްދޫ ސްކޫލްގެ ޖާގައިގެ ދަތކަން ފިލުވުމަށް އިތުރު ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލްގެ މަޝްރޫއު ޓެންޑަރ ކުރުމަށް ހުޅުވާލާފައިވާކަމަށާއި، ބަނދަރުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި، ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ޓެންޑަރ މަރުހަލާގައި ކަމަށާއި، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިން ޕްރޮޖެކްޓް ވަރަށް ބޮޑު އެހީއަކަށް ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަ ކުރެެއްވި ގޮތުގައި މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރަސްދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އަދިވެސް އިތުރު މަސަައްކަތް ކުރަން އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑިވަރު ފިނޮޅުގެ މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުންތައް ހުރިކަމަށް ގަބޫލު ކުރައްވާކަމަށާއި އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރަސްދޫ ރައްޔިތުން ވަނީ ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް