Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު

މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ޝަމާއު

20 އޮކްޓޯބަރު 2021 | ބުދަ 02:11

ވޭތުވެދިޔަ 10 އަހަރު މަސްތުވާތަކެތީގެ ހާލަތާ ގުޅޭ އެސެސްމެންޓެއް ހަދާފައެއް ނުވެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 އޮކްޓޯބަރު 2021 | ބުދަ 02:11
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް

މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ގުޅޭގޮތުން ރަނގަޅު އެސެސްމެންޓެއް ހެދިފައިނުވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މި މަސައްކަތް ކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އޮތް ހިސާބު ބަޔާންކޮށްދޭ ތަފްސީލީ އެސެސްމެންޓެއް ހަދައި ނިމިފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ. މީގެ 10 އަހަރު ކުރީގެ ހާލަތާއި މި ހަލާތާ އަޅާ ކިޔާއިރު، ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން ބަދަލު އައި ކަންކަމުގެ ތެރޭގައި ބޭނުންކުރާ ބާވަތްތައް ބަދަލުވުމާއި، އުމުރުފުރާ ބަދަލުވުމުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރާ ގޮތްވެސް ބަދަލުވެ މިފަދަ އެތައް ކަމަކަށް ބަދަލު އައިސްފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

ރާއްޖޭގައި މިކަމުގެ ފަރުވާ ދޭން ފެށީއްސުރެ ވެސް ދެމުން އަންނަނީ އިން ހައުސް ފަރުވާއާއި، މުޖުތަމައަށް ނެރެގެން ދޭ ފަރުވާގެ އިތުރުން މެތަޑޯން ފަރުވާކަން ޝަމާއު ފާހަގަކުރެއްވިއެވެ. ފަރުވާ ދިނުމުގައި އަމަލުކުރާ ގޮތަށް އެއްވެސް ބަދަލެއް ނައިސް މިކަން ކުރިއަށްދިއުމަކީ މިކަމުން އެއްވެސް ރަނގަޅު ނަތީޖާއެއް ފެންނަ ކަމެއް ނޫން ކަމަށް ޝަމާއު ވިދާޅުވިއެވެ. ފަރުވާދީފައި ތިބޭ މީހުންނަށް ވެސް މާ ގިނަ ދުވަހު މުޖުތަމައުގެ ތެރޭގައި ހިފަހައްޓާ ނުލެވޭކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މިފަދަ ކަންކަން މެދުވެރިވާ ސަބަބު ރިވިއު މަސައްކަތްތަކުގެ ތެރެއިން މިހާރު ދެނެގަނެވިފައިވާކަމަށާއިި، ފަރުވާގެ ނިޒާމު ވެސް ޒަމާނާ އެކަށޭނަ ގޮތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ. މި މަސައްކަތް މި އަހަރުތެރޭގައި ކުރެވިގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު އިތުރަށް ވިދާޅުވީ ފަރުވާއަށްފަހު އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ރީ-އިންޓެގްރޭޝަނަށް ޚާއްސަކޮށްގެން ބައިވަރު މަސައްކަތްތަކެއް ކުރާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން އާއިލާތައް މިކަމަށް ތައްޔާރުކުރުމަށާއި، މުޖުތަމައު އެކަމަށް ތައްޔާރުކުރުމަށް ގިނަ ކަންކަން ކުރެވިގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. މި ފެށޭ ނޮވެމްބަރު މަހުގެ މެދުތެރެއަށް އަންނަން ވާއިރަށް މިކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

މިކަންކަމަކީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ކުރެވިދާނެ ކަންކަން ކަމަށާއި، އަންނަ 2022 ވަނަ އަހަރު މުޅި މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް