Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީން ސްޓާލިން ވިއްކުން

ސިޓީން ސްޓާލިން ވިއްކާނީ 80 މިލިޔަން ޔޫރޯއަށް

19 އޮކްޓޯބަރު 2021 | އަންގާރަ 15:18

ސްޓާލިން ގަންނަން ބާސާއިން ބޭނުންވަނީ ކުޑަ އަގެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 19 އޮކްޓޯބަރު 2021 | އަންގާރަ 15:18
ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން

ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް ރަހީމް ސްޓާލިން ވިއްކާނީ 80 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއިން އަންނަނީ ސްޓާލިންގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި މަޝްހޫރު ކުޅުންތެރިއެއްގެ ސޮއި ހޯދަން ބާސާއިން ބޭނުންވާތީ، އެ ކުލަބުން ސްޓާލިން ހޯދުމަށް ބިޑް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަން ފެށުނު ފަހުން ސިޓީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން ސްޓާލިންއަށް އުނދަގޫވެފައިވީ ނަމަވެސް، މީގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސްޓާލިންއަކީ އެ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އަދި ސްޓާލިންގް ވިއްކުމުގެ އެއްވެސް ވިސްނުމެއް ސިޓީގައި ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސިޓީން ބާސާއަށް ސްޓާލިން ވިއްކާނީ 80 މިލިޔަން ޔޫރޯއަށެވެ. އެކަމަކު ބާސާއަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ސްޓާލިންގެ ސޮއި ހޯދަން އެ ކުލަބުން ބޭނުންވަނީ ކުޑަ އަގެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސިޓީއާއެކު ސްޓާލިން ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާއިރު، މިހާތަނަށް އެއްބަސްވުން އާކުރަން ސިޓީން މަސައްކަތް ކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން މި އަހަރުގެ ހޫނު މޫސުމުގައި ސްޓާލިން ވިއްކާލަން ސިޓީއަށް މަޖުބޫރުވާއިރު، ސްޓާލިންއަށް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ، އޭނާ ވިއްކާލަން ސިޓީ އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލް ދޫކޮށް 2015 ވަނަ އަހަރު ސިޓީއަށް ބަދަލުވި ސްޓާލިން އެ ޓީމުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ސިޓީއަށް ކުޅެދިން 203 މެޗުގައި 79 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އިނގިރޭސި ޕްރިމިއާ ލީގު: ފަހު ވަގުތު ސްޓާލިން ކާމިޔާބު ކޮށްދިން ލަނޑުން ސިޓީ މޮޅުވެއްޖެ

27 އޯގަސްޓު 2017
އިނގިރޭސި ޕްރިމިއާ ލީގު: ފަހު ވަގުތު ސްޓާލިން ކާމިޔާބު ކޮށްދިން ލަނޑުން ސިޓީ މޮޅުވެއްޖެ
22 އޯގަސްޓު 2017

ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ

22 އޯގަސްޓު 2017
ރަހީމް ސްޓާލިން ފަހު ވަގުތު ކާމިޔާބުކޮށްދިން ގޯލުން ސިޓީ ބަލިނުވެ ސަލާމަތްވެއްޖެ
20 އޯގަސްޓު 2017

ސްޓޯކް ސިޓީން ވަރުގަދަ އާސެނަލް ބަލިކޮށްފި

20 އޯގަސްޓު 2017
ސްޓޯކް ސިޓީން ވަރުގަދަ އާސެނަލް ބަލިކޮށްފި
13 އޯގަސްޓު 2017

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި

13 އޯގަސްޓު 2017
އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިންޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސިޓީން ލީގުގެ ފެށުން ރަނގަޅުކޮށްފި
16 ޖުލައި 2017

ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ

16 ޖުލައި 2017
ނޮލީޓޯ ސެވިއްޔާ އަށް ވިއްކާލުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ
04 ޖުލައި 2017

ވެރާޓީ އަށް 80 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރަން ބާސާ ބޭނުމެއްނުވޭ

04 ޖުލައި 2017
ވެރާޓީ އަށް 80 މިލިއަން ޔޫރޯއަށްވުރެ ގިނައިން ހަރަދުކުރަން ބާސާ ބޭނުމެއްނުވޭ
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް