Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވުން ނޮވެމްބަރު 15 ގައި

އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 11:01
ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މަފާޒް ހުސައިން

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މަފާޒް ހުސައިން

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް (ނަޑޭ, 23އ)އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގެ ޚުލާސާއެއް:

Advertisement - newsAdvertisement

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. 

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް އެތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރުމަށް ވަނީ ހެކިން ހުށައަޅާފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުން:

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި އޮތީ ދިފާއުން ހެކިބަހާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ބަންދު މުރާޖައާ ބައެވެ. އެގޮތުން ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުވާލިބޭ ފަރާތްތަކުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މި ޙާދިސާ ހިނގި ސީންއަށް އެންމެ ފުރަތަމަ ހާޒިރުވި 2 ފުލުހުން ދީފައިވާ ހެކިބަހަށް ބަލާއިރު ގިނަ އަދަދެއްގެ މޭޒެއްގައި މީހުން ތިބިކަމަށް ބުނެފައިވާ ކަމަށާއި، ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މީހަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދުކުރިއިރު ރެސްޓޯރަންޓު މަތީގައި ޚިދުމަތް ލިބިގަންނަން ތިބި ފަރާތްތަކަށް ނުކުމެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އޭރު އެތަނުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ އެ ޙާދިސާ ލޮލަށް ފެނުނު މީހުންނަށް ވުމުގެ އިހުތިމާލު އޮތް ކަމަށާއި، އެކަމުގައި ބައިވެރިވި ފަރާތެއް ހުރުމުގެ އިހުތިމާލުވެސް އޮތް ކަމަށެވެ. މި އެންމެން ފޮނުވާލިއިރު އެމީހުންގެ ނަން ނޯޓުކޮށްފައިނުވާކަން ވަކީލު ނޫރުއްސަލާމް ފާހަގަ ކުރެއްވިއެވެ.

ނޫރުއްސަލާމް ވިދާޅުވީ، މި ފިޔަވަޅު ދޫކޮށްލުމުގެ ސަބަބުން ތަހުގީގުގެ ވަރަށް ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން މައްސަލައިގައި މަންޒަރު ދުއްކަމަށް ބުނާ މީހުންގެ ހެކިބަހާއި ގުޅޭގޮތުން ވަކީލު ވިދާޅުވީ، 6 ސިއްރު ހެއްކެއް ޝަރީއަތުގެ މަޖިލީހަށް އައިސް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ނަދީމްއަށް ޙަމަލާދިން މީހުން މާސްކް އަޅައިގެން ތިބުމުން މޫނު ސާފުނުވާކަމަށް ސިއްރު ހެކި 3 އަދި 9 ގެ ހެކިބަހުން އެނގޭކަމަށް ވަކީލު ވިދާޅުވިއެވެ. ސިއްރުހެކި 7 ބުނެފައިވާ ގޮތުގައި ކެފޭ ތެރެއިން ބަޔަކު ނުކުމެގެން ދިޔަތަން ފެނުނު ކަމަށާއި، ދައުވާލިބޭ މީހުންގެ ތެރޭގައި އެ ދުވަހު ތިބި މީހުން ތިބިކަން ފާހަގަނުވާކަމަށް ހެކިބަސް ދީފައިވާކަން ފާހަގަ ކުރައްވައި ނޫރުއްސަލާމް ވިދާޅުވީ، އެމީހުން ވެސް ޙާދިސާ ހިނގި ކަމަށް ހެކިބަސް ދީފައިވާ ކަމަށެވެ. ސިއްރު ހެކި 6 ވެސް ފާހަގަކޮށްފައިވަނީ ނަދީމް މަރުވި މަންޒަރު ދުށް ކަމަށެވެ.

އޭގެ އިތުރުން، ޝަފަހީ ހެކިންގެ ހެކިބަހާއި ގުޅޭގޮތުން ވެސް ވަކީލު ނޫރުއްސަލާމް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޓަރމިނަލް ކެފޭ ތެރޭގައި އެވަގުތު ތިބި ބައެއް މީހުންގެ ހެކިބަސްތަކުން ނަދީމްއަށް ޙަމަލާދިނީ މަފާޒް ނޫންކަމަށް ޔަޤީންކޮށްދީ ހެކިބަސް ދީފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުވާލިބޭ މީހުން އެތަނުން ނުފެންނަކަމަށް ބުނެ އެތަނުގައި އެވަގުތު ތިބި މީހުން ހެކިބަސް ދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، ޙާދިސާ ހިނގި ތަނުގައި ތިބި ކަމަށް 9 ހެކިވެރިއަކު ބުނެފައިވާ ކަމަށާއި، އޭގެ ތެރެއިން 2 މީހަކު ފިޔަވަައި އެންމެންގެ ހެކި ބަހުންވެސް އެނގެނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިކަމުގައި ހިމެނޭކަން ކަމަށާއި، ދައުވާލިބޭ އެއްވެސް މީހެއް އެތަނުން ފެނުނު ކަމަށް ބުނެފައިނުވާ ކަމަށެވެ. ނަމަވެސް އެންމެން ވެސް އެ ޙާދިސާގެ މަންޒަރު ދުށްކަމަށް ހެކިބަހުން އެނގޭކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

މި މައްސަަލައާ ގުޅިގެން އުފެދިފައިވާ ބައެއް ޝައްކުތައް ދައުލަތަށް ވެސް ޤަބޫލު ކުރެވޭކަން އެނގޭ ކަންކަން މި މައްސަލައިގައި ވެސް ފެންނަން އޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

ވީޑިއޯ ފުޓޭޖުތަކާ ގުޅޭގޮތުން ވަކީލު ވިދާޅުވީ، އޭގެ ޗެއިން ގުޅިގެން އަންނަ ގޮތް ދައުލަތުގެ ލިއެކިއުންތަކުން އެނގެން ނެތް ކަމަށެވެ. އެއީ ކޮން ޒަމާނެއްގެ ފުޓޭޖުތަކެއްކަން އެނގޭނެ ގޮތެއް ވެސް ނެތްކަން ވަކީލު ފާހަގަކުރެއްވިއެވެ.

އެކަންކަމާ ގުޅިގެން ދައުލަތުން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ދައުލަތުން ވަނީ ޚުލާސާ ބަޔާނުގައި ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކަވާނެކަން ފާހަގަކުރައްވާފައެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާލިބޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުންވެސް އަންގާރަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ޝަރީއަތުން ވަނީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމި ނިންމުން ދަމަހައްޓަވާފައެވެ. އަދި ޚުލާސާ ބަޔާނަށްފަހު ބަންދު އަލުން ރިވިއު ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު