Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

19 އޮކްޓޯބަރު 2021 | އަންގާރަ 04:29

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ކޯޓުތަކުން ދޫވާ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޮކްޓޯބަރު 2021 | އަންގާރަ 04:29
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ރާއްޖޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

Advertisement - newsAdvertisement

މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ކޯޓުތަކުން ދޫވާ ކަމަށާއި، އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ބޭރުގެ ނެޓްވޯރކްތަކާ ގުޅިގެން އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިޔަފާރި ފުޅާކުރާކަން ވެސް މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި އިތުރުވެ، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ މިންވަރަށް ޑްރަގްގެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ "ސްޓޭޓް ސްޕޮންސަރޑް" ވިޔަފާރިއެއްގެ ގޮތުގައި ސިފަ ކުރެއްވޭކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓަށް ބަލާއިރު، މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް 23 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ހާޒިރުވެވަޑައިގެން ތިއްބެވި 32 މެމްބަރުންގެ ތެރެއިން 27 މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މެމްބަރު އާދަމް ޝަރީފް އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން 100ށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައިގައި އިސްކޮށް ހިމެނޭ 2 މީހަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ. އެ މައްސަލައިގައި ދެން ތިބި 8 މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އޭގެ ފަހުން 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލައަކާ ގުޅިގެން ވެސް 2 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ ދެމީހުންނަށް ވެސް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް