Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެނެރަލް ކޮލިން ޕަވަލް އަވަހާރަވުން

އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ޖެނެރަލް ކޮލިން ޕަވަލް އަވަހާރަވެއްޖެ

18 އޮކްޓޯބަރު 2021 | ހޯމަ 13:03

ޖެނެރަލް ކޮލިން ޕަވަލް އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރު

| 18 އޮކްޓޯބަރު 2021 | ހޯމަ 13:03
އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު އަދި ގުޅިފައިވާ ލަޝްކަރުތަކުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ކޮލިން ޕަވަލް

އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު އަދި ގުޅިފައިވާ ލަޝްކަރުތަކުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް ކޮލިން ޕަވަލް

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޖެނެރަލް ކޮލިން ޕަވަލް ކޮވިޑުގެ އާލާސްކަންފުޅުގައި ހޯމަ ދުވަހު އަވަހާރަވެއްޖެއެވެ. އެމަނިކުފާނުގެ އުމުރުފުޅަކީ 84 އަހަރެވެ.

ޖެނެރަލް ކޮލިން ޕަވަލް އަވަހާރަވިކަން އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޔަގީންކޮށްދީފައެވެ. އާއިލާއިން ބުނެފައިވަނީ އެމަނިކުފާނު ހުންނެވީ ކޮވިޑު ބަލިން ދިފާއުވުމަށްޓައި ވެކްސިން ޑޯޒްތައްވެސް ފުރިހަމަ ކުރައްވައިގެން ކަމުގައެވެ. ޖެނެރަލް ޕަވަލް އަވަހާރަވީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ވޯލްޓަރ ރީޑް މެޑިކަލް ސެންޓަރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ ސެންޓަރަކީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ޝަރަފުވެރި އެންމެ އިތުބާރު މެޑިކަލް ސެންޓަރެވެ.

ޖެނެރަލް ކޮލިން ޕަވަލް އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވީ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައި 2001ން 2005 ގެ ނިޔަލަށެވެ. ރައީސް ބުޝްގެ ރިޔާސަތުގެ ދެވަނަ ދައުރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވީ ކޮންޑޮލީޒާ ރައިސްއެވެ.

ޖެނެރަލް ކޮލިން ޕަވަލްއަކީ އަސްކަރިއްޔާއިން 1993 ވަނަ އަހަރު ރިޓަޔަރ ކުރެއްވުމުގެ ކުރިން ހަތަރު ތަރީގެ ޖެނެރަލެކެވެ. އެމެރިކާގެ އެއްގަމާއި ވަޔާއި ކަނޑުގެ ގުޅިފައިވާ ލަޝްކަރުތަކުގެ އެންމެ އިސްކޮމާންޑަރުންގެ ކޮމިޓީގެ ވެރިޔާއެވެ. ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފެވެ. އެމެރިކާ އިސްވެ އޮވެގެން ކުވޭތުގެ މައްސަލައިގައި 1991 ވަނަ އަހަރު އޮޕަރޭޝަން ޑެސަރޓް ސްޓޯމްގެ ނަމުގައި އިރާގާ ދެކޮޅަށް ހަނގުރާމަކުރީ ޖެނެރަލް ކޮލިން ޕަވަލްގެ ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ދައުރުގައެވެ. އަދި ޕެނަމާގެ ވެރިޔާ އެންޓޯނިއޯ ނޮރިއޭގާ މަގާމުން ދުރުކޮށް ހައްޔަރު ކުރުމަށް އެމެރިކާއިން އޮޕަރޭޝަނެއް ހިންގީ ވެސް ޖެނެރަލް ޕަވަލްގެ އަސްކަރީ ޗެއަރމަންޝިޕްގެ ދައުރުގައެވެ.

ޖެނެރަލް ކޮލިން ޕަވަލްއަކީ އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ފުރަތަމަ ކަޅު ލީޑަރެވެ. އަދި އެމަނިކުފާނަކީ އެމެރިކާގެ އަސްކަރިއްޔާގެ ތާރީޚުގައި ވެސް ކޮމާންޑަރުންގެ ކޮމާންޑަރުކަން ކުރެއްވި ނުވަތަ ޑިފެންސް ހައިރާކީގެ އެންމެ މަތީ މަގާމު ފުރުއްވި ފުރަތަމަ ކަޅު ކޮމާންޑަރެވެ. އެމަނިކުފާނު ވަނީ އެމެރިކާގެ ރައީސްކަމުގައި ރޮނަލްޑް ރޭގަން ހުންނެވި ޒަމާނުގައި ނެޝަނަލް ސިކިއުރިޓީ އެޑްވައިޒަރުކަން ވެސް ކުރައްވައިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް