Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިކެޓް ކޯޗުގެ މައްސަލަ

ކްރިކެޓް ކޯޗުގެ މައްޗަށް އުފުލާފައިވާ 9 ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު

އަޑުއެހުން ތާވަލު ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 13:30އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2021 | ހޯމަ 11:07
 ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް އަމީން ޚާން

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް އަމީން ޚާން

ކޯޗުކަން ކޮށްދިން ކުދިންތަކަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ, ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް އަމީން ޚާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 13:30އަށެވެ. އޭނާގެ މައްޗަށް 9 ދައުވާއެއް ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އާސިފް އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި, ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާއަކާއި، ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއަކާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ 3 ދައުވާއަކާއި، ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ކުށުގެ 2 ދައުވާއެއް ހިމެނެއެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އާސިފް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައެވެ. އޭނާ ހައްޔަރުކުރީ ފުރަން އެއަރޕޯޓުގައި ހުއްޓައެވެ. ނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން 24 ގަޑިއިރު ފާއިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭގެ ފަހުން ހައިކޯޓުން އަމުރެއް ނެރެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރު ނުފުރޭ ކުޅުންތެރިންވެސް ހިމެނޭ ކަމަށްވެއެވެ.

މީގެއިތުރުން އާސިފްގެ މައްސަލަ ފެންމަތިވެފައި އޮއްވައި، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރި ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު