Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަން ކުރިއެރުވުން

ރާއްޖޭގައި ދަނޑުވެރިކަން މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ: ރައީސް ސާލިހު

16 އޮކްޓޯބަރު 2021 | ހޮނިހިރު 09:07

ދަނޑުވެރިކަން ފުޅާކުރުމަކީ ލާމަރުކަޒު ކުރަމުންދާއިރު ވަރަށް ބޭނުންތެރިކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޮކްޓޯބަރު 2021 | ހޮނިހިރު 09:07
ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ދަނޑުވެރިކަން މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށާއި، މާކެޓް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމަށް ބަލާއިރުގައި، ދަނޑުވެރިކަން މިހާރު ހިއްސާކުރަނީ ޖީޑީޕީގެ ގާތްގަނޑަކަށް 1.7 އިންސައްތަ ކަމަށެވެ. މިއީ މިކަން އޮވެގެންވާނެ ގޮތެއް ނޫން ކަމަށާއި، ދަނޑުވެރިކަން މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖީޑީޕީގެ މިއަށްވުރެ ބޮޑުބައެއް ދަނޑުވެރިކަމުގައި ހިއްސާ ކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ ދަނޑުވެރިކަން ފުޅާކުރުމަކީ، ލާމަރުކަޒު ކުރަމުންދާއިރުގައި، ވަރަށް މުހިންމު ބޭނުންތެރިކަމެއް ކަމަށެވެ. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގްތިސާދު ފުޅާކުރުމަށް ކުރެވިދާނެ އެއް ސިނާއަތް ކަމަށާއި، މީގެ ސަބަބުން އިތުރު ވަޒީފާތައް، ރާއްޖޭގެ އެކި ރަށްރަށުގައި އުފެދިގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އާއިލާތަކަށް އޭގެ ސަބަބުން ލިބޭ ނަފާ ބޮޑުވެގެންދާނެ ކަމަށާއި، ރަށުގައި ތިބެ ކުރާނެ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި މާކެޓް އެބައޮތް ކަމަށާއި، ހައި އެންޑް ރިޒޯޓުތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ އިންތިހާއަށް ގިނަ ކަމަށެވެ. މި ހުރިހާ ތަކެއްޗެއް މިހާރުވެސް ރާއްޖެއަށް ގެންނަނީ ބޭރުގެ ގައުމުތަކުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމަށް ވަރަށް މުހިންމު ކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކާބޯތަކެތީގެ ސަލާމަތާއި ސެކިއުރިޓީ ރައްކާތެރިކުރަން ޖެހޭ ކަަމަށެވެ.

ދަނޑުވެރިކަމާއިގެން ކުރިއަށްދާއިރުގައި، އޯގަނިކް ފަރމިންއަށް ބޮޑަށް ސަމާލުކަންދީގެން ކުރިއަށް ދިޔުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ މާކެޓް އެބައޮތް ކަމަށާއި، އުފައްދާ ތަކެތީގެ އަގު ތަންކޮޅެއް ބޮޑުވެދާނެ ކަމަށެވެ. ނަމަވެސް، އޯގަނިކް ފަރމިންއަށް ރާއްޖޭގައި އޮތް ބާޒާރު ކުޑަ ނޫން ކަމަށާއި، ބާޒާރަށް ނެރޭއިރުގައި މިއީ އެގޮތަށް އުފައްދާފައި ހުރި ތަކެތިކަން ޔަގީންކޮށްދޭ ކަމަށްވާނަމަ ބޮޑުއަގުގައި ވިކިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް