Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޭވިޑް އެމެސް އަވަހާރަކޮށްލުން

އެމްޕީ ޑޭވިޑް އަވަހާރަކޮށްލި ހާދިސާ: ފުލުހުން ބުނަނީ އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް

މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޮކްޓޯބަރު 2021 | ހޮނިހިރު 07:50
ސަރ ޑޭވިޑް އޭމެސް- އޭނާ އަވަހާރަވީއިރު އުމުރުފުޅުން 69 އަހަރު

ސަރ ޑޭވިޑް އޭމެސް- އޭނާ އަވަހާރަވީއިރު އުމުރުފުޅުން 69 އަހަރު

އަނިޔާވެރިގޮތަކަށް ޔޫކެގެ މަޖިލިސް މެމްބަރު ޑޭވިޑް އެމެސް އަވަހާރަ ކޮށްލި އަމަލަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

އުމުރުފުޅުން 69 އަހަރުގެ ޑޭވިޑް އެމެސް އަވަހާރަކޮށްލާފައިވަނީ ކްރިސްޓިއަނުންގެ ފައްޅިއެއްގެ ތެރޭގައި ބައްދަލުވުމެއްގައި ހުންނަވަނިކޮށް އެތައް ފަހަރެއްގެ މަތިން ވަޅި ހަރައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭނާއަށް އެމަރޖެންސީކޮށް ފަރުވާ ދެމުންދަނިކޮށް އަވަހާރަވެފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

އެމެސް އަވަހާރަވުމާއި ގުޅިގެން ޔޫކޭގެ މަޖިލިސް މެމްބަރުން ގެންދަވަނީ ތައުޒިޔާ ވިދާޅުމުންނެވެ. އަދި އެމެސްގެ ހަނދާނުގައި އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި ހުރި ދިދަ ވެސް ވަނީ ތިރިކޮށްފައެވެ.

އެމެސްއަކީ އެ ގައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ޕާޓީގެ ބޭފުޅެކެވެ.

އޭނާ އަވަހާރަކޮށްލި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުންކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އަދި އެ ޔުނިޓުން މިހާރު ވަނީ މި ހަމަލާއަކީ ޓެރަރިސްޓު ޙަމަލާއެއްކަމަށް ކަނޑައަޅާފައެވެ. އަދި މި ހަމަލާ ގޮސް ގުޅެނީ ދީނީގޮތުން ހަރުކަށި ފިކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ސިޔާސީ އެކި ފަރާތްތަކުންވެސް ގެންދަނީ މި ޙަމަލާއަކީ އެ ގައުމުގެ ޑިމޮކްރަސީ ފުނޑާލުމުގެ އަމާޒުގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަަމުންނެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
10 މާރިޗު 2017

މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި

10 މާރިޗު 2017
މަރުވީ ކިމް ޖޮން ނަމް ކަން މެލޭޝިއާ ފުލުހުން ކަށަވަރުކޮށްދީފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު