Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަހުމޫދުގެ މަރުގެ މައްސަލަ

"މަހުމޫދުގެ ފޯނު ރިންގުވި، ފޯނަށް ގުޅުނު" : މަހުމޫދުގެ އަންހެނުން

މަހުމޫދަކީ އަބަދުވެސް އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 08:01
މަހުމޫދުގެ ޖަނާޒާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް- އޭނާ ވަޅުލާފައިވަނީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު

މަހުމޫދުގެ ޖަނާޒާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް- އޭނާ ވަޅުލާފައިވަނީ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު

އަނިޔާވެރި ބައެއްގެ ވަކިތަކުގެ ޝިކާރައަކަށްވެ މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާ މަހުމޫދު އަބޫބަކުރުގެ މަރުގެ ހަގީގަތްތައް ހާމަވާނެ އިރެއްގެ އިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ. މަހުމޫދުގެ މަރުން މުޅި ގައުމު ސިހުމަކަށް ގެނެސްފައިވާއިރު، ސުވާލު އުފެދޭ އެތައް ކަމެއް މި މަރާއި ގުޅިގެން ދަނީ ފެންމަތިވަމުންނެވެ. މި އަނިޔާވެރި މަރާއި ގުޅިގެން މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މަހުމޫދު އެރޭ ސާފް ޗެމްޕިއަންޝިޕް މެޗު ބެލުމަށްފަހު ގެއިން ނުކުތީ ފޯނެއް އައިސްގެންކަން އެނގެއެވެ.

ހެޔޮ ހާލުގައި ގެއިން ނުކުތް މަހުމޫދުގެ ފުރާނަ ނެތް މަސްގަނޑު އާއިލާއަށް ފެނުމާއި ދޭތެރޭގައި ހިނގާ ދިޔަ ކަންކަން އަދިވެސް އޮތީ ބޮޑު ސުވާލުމާކެއްގައެވެ. އޭގެ ފަހުން އެންމެ ބޮޑު އެއް ސުވާލަަކަށްވީ މި މަރުގެ ފަހަތުގައިވާ މަގްސަދަކީ ކޮބައިބާއެވެ. އެއް ބަޔަކު މި މަރާއި ގުޅުވަނީ ފައިސާއާއި މުދަލެވެ. އަނެއް ބަޔަކު ގުޅުވަނީ ގޭންގުތަކެއްގެ ނުބައި ނުލަފާކަމާއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ ޚިޔާލެއް އާންމުކުރަމުންދަނީއެވެ. ނަމަވެސް އެއްކަމެއް ފެންނަން އެބައޮތެވެ. އެއީ ހާދިސާއަށްފަހު މަހުމޫދުގެ ބައެއް ތަކެތި ގެއްލިފައިވާކަމެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރަށުގެ ގަދަރުވެރި ވިޔަފާރިވެރިޔާ މަހުމޫދަކީ އަބަދުވެސް އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެކެވެ. ނަމަވެސް އާއިލާއިން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ކިޔާދިން ގޮތުގައި ހާދިސާއަށްފަހު މަހުމޫދުގެ ފޯނު މިހާތަނަށް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ހާދިސާ ހިނގައިގެން އުޅުނު ވަގުތުގައިވެސް ގާތްގަނޑަކަށް 300 މީޓަރުގެ ސަރަހައްދަކުން މަހުމޫދުގެ ފޯނު ވަނީ ޓްރޭސް ކުރެވިފައެވެ. އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުގެ އެހީގައި އެކަން ކަށަވަރު ކުރެވުނުކަން އާއިލާއިން ރާއްޖެއެމްވީއާ ވާހަކަދެއްކި މީހާ ކިޔާދިނެވެ.

އޭގެ އިތުރުން، ފަހުން ފޯނަށް ނުގުޅުނު ނަމަވެސް، ހާދިސާ ހިނގައިގެން އުޅުނުއިރު މަހުމޫދުގެ ފޯނަށް ގުޅޭކަމަށް އޭނާގެ އަންހެނުން މުއުމިނާ އުމަރު ވަނީ މުއުމިނާގެ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގާތުގައިވެސް ބުނެފައެވެ.

"ތިއްތިބޭ، ފޯނު ރިންގުވޭ، މަހުމޫދުގެ ފޯނަށް ގުޅޭ"(މުއުމިނާ އޭނަގެ ބޭބެ ގާތުގައި ވަނީ ބުނެފައި)

މަހުމޫދަކީ ވިޔަފާރިވެރިއަކަށްވެފައި، ވިޔަފާރިއާއި ގުޅޭ އެކި ކަންކަމުގައި އެކި ފޯނުތައް އޭނާއަށް އަންނާނެތީއާއި، ވަގުތުގެ ނާޒުކުކަމުން އާއިލާއާއި ގާތް މީހުންގެ އިތުރުން، ރަށުގެ މީހުންވެސް ނިންމީ އޭނާގެ ފޯނަށް ނުގުޅާށެވެ. އެއީ ފޯނު ނިވި ނުވަތަ އެފަދަ ކަމެއް ވެއްޖެނަމަ އަނެއްކާވެސް ފޯނު ޓްރޭސްކޮށް، މި މަރުގެ ހަގީގަތާ ގާތްވުމަށް އޮތް ކުޑަވެސް ދޮރެއް ބަންދުވާން އާއިލާއިން ނޭދޭތީއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ފަހުން އޭނާގެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ.

ފޯނުގެ އިތުރުން، އޭނާގެ އަތުކުރީގައި އޮތް ރަން ޕްލޭޓު ގަޑިއާއި، ވޮލެޓާއި، ފައިވާން އަދި ފިހާރައިގެ ކާޑުގެ ބާވަތްތައް ރައްކާކުރާ ގުދަނުގެ ތަޅުދަނޑިވެސް ފެނިފައެއް ނުވެއެވެ. މިއީ މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައޭ ބުނާ މީހުންގެ ކޮޅަށް ތިލަފަތް ބުރަވެގެންދާ ސަބަބެެއް ނަމަވެސް، އަދި އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަހުމޫދުގެ ތަކެތި ގެއްލިފައިވުމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ، އެކަން މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ އިތުރު އަޕްޑޭޓޭއް މިވަގުތަށް ނެތްކަން ފާހަގަ ކުރެއްވިއެވެ.

މަހމޫދުގެ މަރުގެ މައްސަލައިގެ ތުހުމަތު ތިން މީހަކަށް ކުރެވެއެވެ. އެއީ އެރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ ދެ މީހުންނާއި، އެ ދެމީހުންނާ އެއްކޮށް އުޅޭ އިތުރު މީހެކެވެ.

މި ތިން މީހުންވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އެމީހުންނާ ސުވާލުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައު އައިފޯނުތަކާއެކު އިތުރުވާ ދިވެހިންގެ ދަރަނި!

އައު އައިފޯނުތަކާއެކު އިތުރުވާ ދިވެހިންގެ ދަރަނި!

17 ސެޕްޓެމްބަރު 2022
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

13 ސެޕްޓެމްބަރު 2022
ޔާމީން ހިންގެވި އާރަށު ޚިޔާނާތް - 3 އައިފޯނުން ހޯދި ފޮރެންސިކް ހެކީގެ ވާހަކަ

ޔާމީން ހިންގެވި އާރަށު ޚިޔާނާތް - 3 އައިފޯނުން ހޯދި ފޮރެންސިކް ހެކީގެ ވާހަކަ

18 ޖޫން 2022
މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

23 މެއި 2022
މަހުމޫދުގެ މަރު: ޓައިމްލައިން

މަހުމޫދުގެ މަރު: ޓައިމްލައިން

01 މާރިޗު 2022

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު