Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ވައްޓާލުން

ސަރުކާރު ވައްޓާލަން ގެންގުޅުނު ކަޅު ފޮށި!

ރައީސް މައުމޫންގެ ގެކޮޅުން ކަޅު ފޮއްޓެއް ނެރުނު،، ފެނުނީ ނަޖުމާގެ ގެއިން: ފުލުހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2018 | ހޯމަ 08:45
ކަޅު ފޮށި

ކަޅު ފޮށި

ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށާ އިތުރު ބައެއްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަމުންދާއިރު، ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން ދަނީ ފެންމަތި ވަމުންނެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ހިއްސާ ކޮށްލާނަ މެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅޭ ކަމަށްބުނެ ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ އާއިލާގެ ދެ ބޭފުޅަކު ހައްޔަރު ކޮށްފައިވާއިރު، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އެއާއިލާގެ ޑްރައިވަރު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. ދެން ހައްޔަރު ކޮށްފައިވަނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު އެވެ. އަދި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހީމް ވެސް ހައްޔަރު ކޮށްފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާނުގެ އާއިލީ އެއްވެސް ބޭފުޅަކު ހައްޔްރުކޮށްފައިވާ ކަމަށް އެނގިފައެއް ނެތެވެ. ނަމަވެސް އަބްދުﷲ ސައީދު ހައްޔަރު ކޮށްފަައިވަނީ ގަދަ ކަމުން ސުޕްރީމް ކޯޓަށް ވަދެ އަބްދުﷲ ސައީދު ބިންމައްޗަށް ވައްޓާލައި ދަމާ ކޫއްތާފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާއިރު، އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. މީގެއިތުރުން ވެސް އަލީ ހަމީދުގެ އާއިލީ ބައެއް ބޭފުޅުން ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ.

ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރު ކޮށްފައިވާއިރު، ޑީޖޭއޭގެ އައީޓީ ކަންކަމުގެ އެންމެ އިސްކޮށް ހުންނަވާ ފަރާތާއި އެ އޮފީހުގެ ތަރުޖަމާނު ވެސް ވަނީ ހައްޔަރު ކުރިއެވެ. އެކަމަކު އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ.

މިހުރިހާ މައްސަލައެއް ފެންމަތިވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުނު ހިސާބުންނެވެ. މަޖިލީހުގެ ރައީސް ކަމަށް ބުނާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ނިންމުމާ ގުޅިގެންނެވެ.

އެ ހިސާބުން ސިފައިން މެދުވެރިކޮށް މަޖިލިސް ތަޅުއަޅުވާ "ހިސޯރު" ކޮށް މަޖިލިސް އެއްގޮތަކަށް ވެސް ހިނގައިގަންނަ ގޮތެއް ނުވި އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދަން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑިގެއްލިއްޖެ ކަމަށް މަޖިލީހުން ކަނޑައެޅުމުން އެމެމްބަރުންނަށް ޖެހުނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެމައްސަލައަށް ހައްލެއް ހޯދާށެވެ.

ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ގާނޫނު ހަދާ މަޖިލިސް ސިފައިން މެދުވެރިކޮށް ހުއްޓުމަކަށް ގެނެސްފައިވަނިކޮށް، މަޖިލީހުގެ 12 މެމްބަރުންނަކީ މަޖިލީހުގެ މެމްބަރުން ކަމަށް ދައުލަތުގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ކަމަށްވާ ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ސިފައިން ވައްދައި ފަނޑިޔާރުން ހައްޔަރު ކޮށްފިއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު ސިފައިން މެދުވެރިކޮށް ހުއްޓުމަކަށް ގެނެސް، ދެން މިކިޔަނީ ސަރުކާރު ވައްޓާލަން ބަޔަކު އުޅުނިއްޔޯލަ އެވެ.

ހިންގާދިޔަ ކަންކަންމަށް ބަލާއިރު، ސަރުކާރުން އެންމެ ޖެހިލުންވީ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންކަން އެނގެ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވަނީ މަޖިލީހުން ވަކިކޮށްފައިވާ ކަމަށް ބުނާ 12 މެމްބަރުންނަކީ މަޖިލީހުގެ މެމްބަރުން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕާޓީތަކުގެ އަތްމަތީގައި ކަމަށް ވިދާޅުވެފައެވެ. އެއީ ރާއްޖޭގެ ގިނަ ރައްޔިތުންވެސް ދައްކަމުން ދިޔަ ވާހަކައެވެ. ނަމަވެސް މިޖަލްސާގައި ރައީސް މައުމޫން ވަނީ މި ސަރުކާރު ވަރަށް ބޮޑަށް ޕްރެޝަރަށް ވައްޓާލައްވައިފަ އެވެ. އެއީ ރިޔާސީ އިންތިހާބު އަންނަންދެން ކޮންމެހެން މަޑު ކުރާނެ ކަމެއް ނެތްކަމަށާއި އިތުރަށް ޖަރީމާތައް ހިންގަން އަދި ރިޔާސީ އިންތިހާބު އޮޅުވާލަން މި ސަރުކާރަށް އިތުރަށް ފުރުސަތު ދީގެން ތިބެވެން ނެތް ކަމަށެވެ. މިހާރުން މިހާރަށް ވެސް މިސަރުކާރުން ގާނޫނީ އިމުގެ ތެރެއިން ބަދަލު ކުރެވެން އޮތްނަމަ ބަދަލު ކުރުން މުހިއްމު ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ 57 މެމްބަރުންގެ ތާއީދު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން އެގޮތަށް ވިދާޅުވި ކަމަށްޓަކައި އެމަނިކުފާނުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުނިއްޔޭ ކިޔައިގެން ފުލުހުން ތަހުގީގު ހިންގަމުންދާއިރު، މިހާތަނަށް އެކަމާ ގުޅުންހުރި އެއްވެސް ހެއްކެއްގެ ވާހަކައެއް ފުލުހުން ވިދާޅެއް ނުވެއެވެ. ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލު ކުރުމަކީ އެއީ މައްސަލައެއް ވެސް ނޫނެވެ. ރައީސް މައުމޫނަށް ކުރާ ތުހުމަތުގައި މިހާތަނަށް ފުލުހުން ބުނެފައި ވަނީ މައުމޫން ދިރިއުޅުއްވާ ގެކޮޅުން ކަޅު ފޮއްޓެއް ނެރެ ވަރަށް ސިއްރު ސިއްރުން ރައީސް މައުމޫން އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާގެ ގެއަށް ވެއްދި ކަމަށެވެ. އެ ފޮށި ތެރެއިން ޑޮކިއުމަންޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާއިރު، ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އިއްޒަތްތެރި ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރިއިރު، އެކަށީގެންވާ ހެކިވެސް ނުދެއްކުނު ކަމީ، ތިޔަ ތަހުގީގުގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެކެވެ.

ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ތުހުމަތުގައި މިހާތަނަށް ފުލުހުން އެއްވެސް ހެއްކެއް ހާމަކޮށްފައި ނުވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ގ. ރެހެންދި ފްލެޓުން އަލީ ހަމީދު މުހައްމަދުއަށް ނިސްބަތްވާ ދަބަހަކުން ގިނަ އަދަދެއްގެ ފައިސާއާއި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފެނުނުކަމަށް މިއަދު ފުލުހުން ބުނާއިރު، މީގެ ކުރިން އަލީ ހަމީދުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގައި ވީޑިއޯއަކުން ވިޔަސް އެއީ އަލީ ހަމީދު ކަމަށް ފުލުހުންނަށް ޔަގީން ނުކުރެވުނެވެ. ނަމަވެސް އޭރުއެއީ އަލީ ހަމީދު ކަަމަށް ޔާގީން ނުކުރެވުނު ފުލުހުން މިއަދު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ގިނަ އަދަދެއްގައި ފައިސާ ފެނުނު ކަމަށް ބުނުމަކީ ދިވެހި ރައްޔިތުން އެހާ ހައިރާންވާ ކަމެއް ވެސް ނޫނެވެ. ސަބަބަކީ މީގެކުރިން ފުލުހުން ހިންގާފައިވާ ބައެއް ތަހުގީގުތަކުން އެކަންކަން ފެންނަން ހުރީތީ އެވެ. އޭގެ އެއް މިސާލަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް ފުލުހުން ކުރި ތުހުމަތާއި މާލޭގައި ހުރި ފެން ފޯއްރުއްތައް ކެނޑި މައްސަލަ އެވެ.

މީގެއިތުރުން ވެސް ހުދު ރައީސް ޔާމީން ވެސް ވަނީ ފުލުހުންގެ މުއައްސަސާއަށް ބަޔަކު ނުފޫޒު ފޯރުވާ ކަމަށް ބުނެފަ އެވެ. އެއީޯ ކޮރަޕްޓް މުއައްސަސާއެއް ކަމަށް ވެސް ހުދު ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންވީމާ ފުލުހުންގެ މަސައްކަތް އެކިގޮތްގޮތަށް އަނބުރާ ލުމަކީ ކުރެވިދާނެ ކަމެއް ނޫންތޯ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު