Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވެކްސިން ޖެހުން

ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އޮކްޓޯބަރ 16ން 18ށް ބަންދުވާނެ

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް، ދަމަނަވެށި ،ސެނަހިޔާ އަދި ވިލިމާލެ އާއި ހުޅުމާލެ ހޮސްޕިޓަލުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އޮކްޓޯބަރު 2021 | ހުކުރު 22:39
ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން

ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ އޮކްޓޯބަރ މަހުގެ 16ން 18ށް ބަންދުވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ހުޅުމާލޭގައި ވެކްސިން ޖަހައިދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. މާލެ ސަރަހައްދުގައި ދެން ވެކްސިން ޖަހައިދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް، ދަމަނަވެށި، ސެނަހިޔާ އަދި ވިލިމާލެއިންނެވެ.

Advertisement - newsAdvertisement

މިތަންތަނުގެ ތެރެއިން ސިނޯފަރމް ވެކްސިން ޖަހައިދެނީ ހަމައެކަނި ސެނަހިޔާއިންނެވެ. ސިނޯފަރމް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ނަގާކަށް ނުޖެހޭނެއެވެ. ރާއްޖޭގައި މިވަގުތު ދެން ޖަހަމުން އަންނަ ފައިޒަރ ވެކްސިނާއި އެސްޓްރަޒެނިކާ ވެކްސިން ޖަހައިދެނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެތެރެއިން ފައިޒަރ ވެކްސިން ޖަހައިދެމުން އަންނަނީ އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުންނެވެ. އައިޖީއެމްއެޗުން ފައިޒަރ ވެކްސިން ޖަހައިދެނީ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހުއެވެ.

އެސްޓްރަޒެނިކާ ވެކްސިން ޖަހައިދެމުން އަންނަނީ ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، ސެނަހިޔާ އަދި ވިލިމާލެއިންނެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު މިހާތަނަށް ވެކްސިންގެ ދެ ޑޯޒް 350،739 މީހުން ވަނީ ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް 393،611 މީހުން ވަނީ ޖަހާފައެވެ. އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށް ބަލިން ދިފާއުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ނަމަވެސް އަދިވެސް ވެކްސިން ޖަހަންޖެހޭ އާބާދީގެ 30 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި އޭޑީކޭ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި ހެނދުނު 9:00ން މެންދުރުފަހު 2:00ށް އަދި ވިލިމާލެ ހޮސްޕިޓަލްގައި 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބި ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތް ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު