Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާބޯތަކެތީގެ މައުރަޒު

ތ. ކަނޑޫދޫ ކާބޯތަކެތީގެ މައުރަޒުން ރައީސް ބައްލަވައިގަތް އެކައްޗަކީ ގަބުޅި މެޓާ!

15 އޮކްޓޯބަރު 2021 | ހުކުރު 19:57

ރައީސް ސާލިހު ވަނީ މި މައުރަޒު ހުކުރު ދުވަހު ރަސްމީކޮށް ހުޅުވައިދެއްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2021 | ހުކުރު 19:57
ތ. ކަނޑޫދޫ ކާބޯތަކެތީގެ މައުރަޒުން ރައީސް ބައްލަވައިގަތް ބައެއް ތަކެތި

ތ. ކަނޑޫދޫ ކާބޯތަކެތީގެ މައުރަޒުން ރައީސް ބައްލަވައިގަތް ބައެއް ތަކެތި

ރާއްޖޭގައި ތަފާތު އެކި ކަންކަމަށް މައުރަޒުތައް ބާއްވަމުން އަންނައިރު މިފަދަ މައުރަޒުތަކުން ބޭނުންވާ ސާމާނެއް އިޝްތިހާރު ކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. އަޅުގަނޑުމެން މާލެސިޓީއަށް ބަލައިލިކަމުގައިވީނަމަވެސް އެކި ދުވަސްވަރު ތަފާތު އެކި މައުރަޒުތައް އަންނަނީ ބާއްވަމުންނެވެ. އެހެންނަމަވެސް އަތޮޅުތެރޭގައި ބާއްވާ މައުރަޒުތައް މަދުކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑާއި ގުޅިގެން މިކަންތައްތަކަށް މަޑުޖެހުމެއް އައި ނަމަވެސް މިހާރު އަނެއްކާވެސް މިފަދަ ހަރަކާތްތައް ވަނީ ފަށައިގަނެވިފައެވެ. ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނައިރު ބާއްވާ ފިޒިކަލް އިވެންޓްތަކުގެ އަދަދު ވެސް މިއަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ކަނޑޫދޫ ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރާއި ގުޅިގެން މިމަހުގެ 15ން 16ށް ކަނޑޫދޫގައި ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ފާހަގަކޮށްލެވުނު މައުރަޒެކެވެ. މި މައުރަޒުގެ ބޭނުމަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމާއި އެއްތަނަކުން ފެންނަގޮތް ހެދުމާއި އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމެވެ. މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ވެސް ހުއްޓެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މި މައުރަޒު ހުކުރު ދުވަހު ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މި މައުރަޒުން ތަފާތު އެކި ދިވެހި އުފެއްދުންތައް ފެންނަން ހުރިއިރު ރައީސް ވަނީ ކޮންމެ ސްޓޯލަކަށް ވަޑައިގެން އެ ސްޓޯލަކުން ލިބެން ހުރި ތަކެތީގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

އެގޮތުން މި ސްޓޯލްތަކަށް ނަންދެވިފައިވަނީ ކަނޑޫދޫ ދަނޑުވެރިންގެ އުފެއްދުމާއި ކަނޑޫދޫ ގޮވާންކުރި އުފެއްދުންތަކާއި ހިރިލަންދޫ ސްޓޯލާއި ކިނބިދޫ މޭޒާއި ވޭމަންޑޫ ސްޓޯލްގެ ނަމުންނެވެ. ރައީސް ވަނީ ކޮންމެ ސްޓޯލަކުން ވެސް ކޮންމެވެސް އެެއްޗެއް ބައްލަވައިގެންފައެވެ. އެގޮތުން ރައީސް ބައްލަވައިގަތް ބައެއް ތަކެއްޗަށް ބަލާއިރު ކުޅިރޮށި، ގަބުޅި މެޓާ، ހިލި ބޭސް، އުޅާލި، މަދު ހަކުރު އަދި ހުނި ހަކުރު ހިމެނެއެވެ. މިތަކެތި ރައީސް ބައްލަވައިގެންނެވީ ސްޓޯލްގައި ތިބި މީހުންނާއި ސުވާލުކުރެއްވުމަށްފަހުއެވެ. އަދި ރައީސް ބައްލަވައިގެންނެވީ ރައީސަށް އެންމެ ކަމުދިޔަ އެއްޗިއްސެވެ.

މި މައުރަޒަށް ބަލާލުމުން ވެސް ތަފާތު އެކި އުފެދުންތައް އަޅުގަނޑުމެންނަށް ފެނިގެންދިޔައެވެ. އެގޮތުން ބިލިމަގުން އަސާރަ ވައްތަރަށް ހަދާފައި ހުރި އެއްޗަކާއި ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުރި ކަނޑޫދޫ ސޯސް ވެސް ވިއްކަން ހުއްޓެވެ. އަދި ކަނަމަދު މެޓައިން ހަދާފައި ހުރި ފައްޓަރު ބައެއް ވެސް ފެނިގެން ދިޔައެވެ.

ހަގީގަތުގައި ވެސް މިފަދަ މައުރަޒުތަކުން ދިވެހިންގެ ހުނަރުވެރިކަން އިތުރަށް ފެނިގެންދެއެވެ. ހުނަރުވެރިކަން އިތުރަށް ކުރިއެރުވުމުގެ ހިތްވަރު ލިބިގެންދަނީ މިފަދަ މައުރަޒުތަކުންނެވެ. ރައީސް ހުރިހާ ސްޓޯލަކުން ތަކެތި ބައްލަވައިގަތުމުން ހައިގައިމުވެސް އެ މަސައްކަތްތުގައި ހަރަކާތްތެރިވާ މީހުންނަށް ލިބިގެންދިޔަ މިއީ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް