Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް މައްސަލަ: 8 ދިވެހިންނާއި 2 ބިދޭސީއަކު ހިމެނޭ، ދެމީހަކު ދޫކޮށްލައިފި

15 އޮކްޓޯބަރު 2021 | ހުކުރު 10:07

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2021 | ހުކުރު 10:07
 އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން

އަތުލައިގަތް 100 އެއްހާ ކިލޯގެ ހެރޮއިން

100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފިއެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގެންފައިވާއިރު، މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހެރޮއިން އަތުލައިގަތީ ތަފާތު 10 ސަރަހައްދުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު އޭރު ވިދާޅުވީ 10 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ. އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާއިރު، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުންވަނީ ހޯދާފައެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެއް ކަމަށެވެ. އެގޮތުން މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންކަން ފާހަގަކޮށް ފުލުހުން ބުނީ މި އެންމެންނަކީވެސް ފިރިހެނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުންވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި މިހާރުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
06 ޖޫން 2024

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

06 ޖޫން 2024
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 މެއި 2024

4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި

18 މެއި 2024
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
17 މެއި 2024

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް